މިއަހަރު ރަމަޟާން މަހާއި ދިމާކޮށް ރ. އިންނަމާދޫ ތިން ނިރު ސްޓޯރއިން އެރަށު ކޮންމެ ގެއަކަށް 50 ކިލޯ ކާޑު ހަދިޔާކުރަން ނިންމައިފިއެވެ.
އެ ފިހާރައިގެ ފަރާތުން މައުލޫމާތު ދިން މުޙައްމަދު ނަސީރު ބުނެފައިވަނީ މިއީ މިގޮތަށް އެރަށު ކޮންމެ ގެއަކަށް ރަމަޟާން މަހާއި ދިމާކޮށް ކާޑު ހަދިޔާކުރަން ނިންމި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ވިޔަފާރި އިތުރަށް ކުރިއަރުވުމަށް ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.
މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބާޒާރުގެ އަގުތަށް ވަނީ އާދަޔާ ހިލާފަށް އުފުލިފައެވެ. މިކަމާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަސީރު ބުނެފައިވަނީ އެ ފިހާރައިގެ އެއްވެސް މުދަލެއްގެ އަގަކަށް ވަކި ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި ކުރިންވެސް ވިއްކާ އަގުގައި ހުރިހާ ބާވަތެއްގެ މުދާ އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.
މިގޮތަށް އެރަށު ކޮންމެ ގެއަކަށް 50 ކިލޯގެ ކާޑު ހަދިޔާ ކުރުމަށް ނިންމީ ހެޔޮހިތުން ރައްޔިތުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ބާޒާރުގައި ވިއްކާ އެކި ބާވަތްތަކުގެ އަގުތަކަށް އާންމުކޮށް ގިނަ ބަދަލުތަކެއް އާދެއެވެ. މިގޮތަށް އަގުތައް އާންމުކޮށް އުފުލިގެންދަނީ، ރޯދަމަހު އެންމެ ޑިމާންޑު ބޮޑުވާ، މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގައެވެ.
އިންނަމާދޫ ނަސީރު މިއީ ގަދަ މީހެކޭ ދޯ.
ތިންނިރު އިސްޓޯރ ގެ ވެރިޔާ މުހައްމަދު ނަސީރުގެ އުމުރު ދިގުކުރަށްވާ ވިޔަފާރީގައި ބަރަކާތްލައްވާށި އާމީން
އާމީން
ރަސް ރަށުގެ ކުދި ފިހާރަތަކުން މިހާ ދީލަތިކޮށް ކަންކުރަ އިރު މިގައުމުގެ މަހުޖަނުން ލަދު ވެސް ގަންނާން ނޭނގޭތޯ.
ފައިސާއަކީ ފާޑެއްގެއެއްޗެއް އެގިނައިން ލިބޭމީހާ ދަހިވެތިކަން ދަނީ އިތުރަށް މައްޗަށް.
ވަރަށް ދަރުމަހުރި ކަމެއް ތިޔައީ. މާލޭގައި ބޮޑަތި ފިހާރަތައް ހިންގާ މަހުޖަނުން އެތިބެނީ މާލޭގައި ދިރިއުޅޭ މީހުން އެވަގުތަށް އެންމެބޭނުންވާ އެއްޗެއް ބަލައި އެއެއްޗެއްގެ އަގު ބޮޑުކޮށްގެން ގިނަފައިސާ ނެގޭނެ ވަގުތަކަށް ބަލަބަލާ.
ސަރުކާރައްވެސް ކޮމްމެވެސް އެއްޗެއް ދެއްވަޗޭ ރައްޔިތުންނައް ވުރެން ހާލުގަ ސަރުކާރު އޮތީ
ރަގަލު
ވ. އުފާވެރި ހަބަރެއް ތިމުދަލުގާ ބަރަކާތް ލައްވާށި.
މާޝާﷲ .. ނަސީރުގެ މުދަލުގައި ބަރަކާތް ލައްވައި އެތައް ގުނައެއް އިތުރުކުރައްވައި މުއްސަނދިކަން ދަމަހައްޓަވައި މުއްސަނދިކަން އިތުރުކުރައްވާދޭވެ. އަދި އާޚިރަތް ދުވަހު އެއީ ނަސީރުގެ ހެޔޮކަމުގެ ތިލަފަތް ބަރުކުރައްވާނދޭވެ..އަދި ގިނަ ގުނަ ހެޔޮ ޖަޒާދެއްވާދޭވެ.
ޗަމްޕާމެންނޭ.. ބުރުމާމެންނޭ.. ކަލޭމެންނައް އެބަ ފެނޭތޭ..ފެނޭދޯ..ފެނޭތޭ. ފެނޭދޯ..ފެނޭތޭ..
މާލޭގަ ހާޑުވެޔާ މަހުޖަނުންވެސް އެބަތިބި ފައިސާ ހުރި އެކަމަކު އެފައިސާއިން ރިސޯޓު ހަދަން ބޭނުންވެގެން އެކަމައް ޚަރަދުކޮއް ހުސްވެގެންދާއިރުވެސް މިފަދަ ކަމެއްކޮއްލާނެވަރުގެ ހިތުގެ ތަނަވަސްކަމެއް ނުހުރޭ..
މިފަދަހާލަތެއްގައި ރާއްޖެތެރޭގެ އާދައިގެ ވިޔަފާރިވެރިޔަކު އެކޮށްލިވަރުވެސް މިހާރުމިއޮތް ނާޤާބިލް ސަރުކާރުގައި ބޮޑު މުސާރައިގެ ލާރިގަނޑު ބަރިބަރިޔަށް ޖައިގެން ތިބޭއިރު އެއްވެސް އެއްޗެކޭހިތަށްއަރާބާ އަހަރެއް ހަމަ އަންތަރީސްވެއްޖެ އަދިވެސް ލަދެއް ނުގަންނާނެ ރާއްޖެތެރެއަށް ވޯޓު ހޯދަންދާކަށް ހާލުގައި ޖެހުނުދުވަހު ލޯލާރިޔެއް ވެސް ދިއްކޮށްލަނުކެރު ނުބައެއް ވޯޓު ހޯދަން ވީމައެއް ނޫން ފައިސާހިފައިގެން ރާއްޖެތެރެއަށް ދުވާނީ މިއަދުކަލޭމެނަށް ތިބޮޑު މުސާރަތިކެވެނީ ރާއްޖެތެރޭމީހުން ދިނީމަކަންވެސް މިއަދަކު ކަލޭމެން ހިތަކަށް ނާރާދޯ ހަދާން ކުރާތި އަދިއަން ނަން ޖެހޭނެ އަހަރެމެން ކައިރިއަށް:
ހަރާމް ލާރިކައިގެން އޭގެ މަސްޖަހާފަ ތިބޭ ބަޔަކައް މިކަހަލަ ހެޔޮކަންކަން ކޮއްލުމުގެ ވިސްނުމެއް ނާންނާނެ.. އަބަދުވެސް އެމީހުންނައް އަންނާނީ ވަގައް ނުވަތަ އޮޅުވާލުމަކުން ތިމާގެ ހައްގެއްނެތް ފައިސާގަނޑެއް ކާލުމުގެ ވިސްނުން.
އިންނަމައްޓޭ ގަދައޭ
ކައުންސިލްތަކަށް އިމްރާން ސޮއި ކޮށް އެންގި ލިޔުމުގައި އޮތީ ރައްޔިތުންނަށް ތަކެތި ބަހާ ނުހެދޭނެކަމަށް..
ކިހާދެރަކަމެއް މި މީހުން ވެރިކަމަށް އައިމާ މިވާގޮތެއްދޯ
ވޯޓު ހޯދަން އުޅުން އިރު، އައިޑީ ކާޑަށް 20 ހާސް ރުފިޔާވެސް ބެހިޔޯ މީހުން ކިޔާ އަޑު އިވޭ..
މީ ތެދެއްކަމަށް ވާނަމަ މިދަނޑިވަޅުގައި ފައިސާ ބޮނޑިތައް ބަހަންވީ ނޫންތޯ، ރައްޔިތުންނަށް ހެޔޮ އެދެންޏާ..