ކޮވިޑް-19 އާ ގުޅިގެން ވައްކަރުފަޅި ރިސޯޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ނޯ ޕޭއަށް ދިއުމަށާއި، ރޯދަ ބޯނަސް ނުދޭން ނިންމާފައި ވާތީކަމަށް ބުނެ މުޒާހަރާ ކޮށްފިއެވެ.

މިއަދު އެ ރިސޯޓުގައި ކުރި މުޒާހަރާގައި އެ ރިސޯޓުގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެ މުވައްޒަފުން މުޒާހަރާކޮށްފައި ވަނީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބެއެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ނޯ ޕޭ ލީވްއަށް ދާން އެމީހުންނަށް މަޖުބޫރު ކުރަމުންދާ ކަމަށެވެ. އަދި މިހާރު މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެެސްފައިވާ ކަމަށްވެސް އެ މުވައްޒަފުން ބުނެފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ރިސޯޓުގެ ބަހެއް އަދި ނުލިބެއެެވެ.

މިކަމާއި ގުޅިގެން ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ޓީމް) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތައް ބަންދުކުރުމާ އެކު އެތައް ހާސް މުވައްޒަފުން ނޯޕޭ ލީވް އަށް ފޮނުވާލާ މައްސަލާގައި ސަރުކާރުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެ ރިސޯޓުގެ މުވައްޒަފުން ނޯޕޭއަށް ފޮނުވާލަން މަޖުބޫރު ކުރާ ކަމަށް ބުނެ ވާހަކަތައް ދެކެވެމުން އަންނައިރު، ދިވެހި މުވައްޒަފުން ވަކިކުރާ ރިސޯޓްތަކަށް ސަރުކާރުގެ ސްޓެމިއުލަސް ޕެކޭޖުން އެހީއެއް ނުލިބޭނެ ކަން ސަރުކާރުން ވަނީ އަންގާފައެވެ.

ކޮވިޑް-19އާ ގުޅިގެންކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ ލޯންތައްވެސް މިފަދަ ރިސޯޓްތަކަށް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ށހސހހ

    ވަރަށް ރަގަޅު.

    11
  2. ބޭބެ

    ކުދީންނޭ.. ހައްގު ހޯދައިގެންނޫނީ ރަށުން ނުފައިބާތި.. މުސާރަ ނުދީފިއްޔާ ތަނުގަ ހުރި ތަކެތި ހިފައިގެން ރަށައް ދާންވާނީ.. މި ރިސޯޓު މަހުޖަނުން އެފާ ފަސޭހައިން ދޫނުކުރާތި.. އެވެރިންގެ ގެދޮރު ހޯދައިގެން ގެދޮރު ހުސްކުރަންވެސް ދާތި.. އެއީ ތިޔަ މަސައްކަތްތެރި މުއައްޒަފުންފެ ހައްގެއް. ރިސޯޓު އޯނަރުން ފިނި ކޮޓަރީގައި ބަނޑުފުރާ ކައިގެން ތިބޭއިރު ތިބާމެންގެ އާއިލާ ބަނޑުހައިކަންމަތީ ވޭންތައް ތަހައްމަލް ކުރަމުންދާނެ ކަމެއް އެމީހުންގެ ހިތައްވެސް ނަރާނެ. ދޫނުދޭތި މިބުނީ ބޭބެގެ ބަސް ގަބޫލްކުރޭ.

    10
  3. ޖަޒީރާއްޖެ

    ކަލޭމެން ކިތަމެވަރަކަ ށްމުޒާހަރާކުރިޔަސް އެމީހުން ބޭނުން ގޮތެއް ހަދާނީ އެއީ ހުރިހާ ބޮޑުން ރާވައިގެން ކުރާކަމެއް ތިހެންތިވަނީ އެމީހުން ކޮންމެގޮތަކަށް ކަންތައް ކުރިޔަސް ކަލޭމެން ކޯކޭ ވެފަތިބޭތީ!

    17
    1
    • ސަވީލް

      މިފަހަރަކު އެހެނެއް ނުތިބެވޭނެ.. މި ގައުމުދޫކޮއް އެމީހުން ޖެހޭނީ ދާން.

  4. ވަކަރުގެކުދިން

    ވަ ކަރުފަޅި ރެސޯޓުގެ ބޮޑުންނަ ކީ އެއްވެސްވަރަ ކަށް އިންސާނިއްޔަތު ވަންތަ ކަންހުރި ބައެއްނޫން މިފަދަނާޒު ކު ދަނޑިވަޅުގައި މުއަށްޒަފުންނަށް ތި ކުރަންއުޅޭ އަނިޔާ ބަލައެއްނުގަނެވޭ މާދަމާވެސް ކޮވިޑު އައިސް ކަލޭމެން ގެންގޮސްފާނެ ﷲ ގެ ކިބަފުޅަށް ބިރުވެތިވޭ.

  5. ޢާސީ

    ށރިރިސޯޓުން ވަޒީފާ ދެނީ އުމުރައްތަ ނުވަތަ އޯނަރައް ބަލަދު އަރ ރާގޮތައްތަ ނުނީ އުމުރުދުވަހައް އާއިލާ ބަލާގޮތައްތަ ނޫނީ އޯނަރު ރޮއިއާދެސް ކޮއްގެންތަ ވިސްނާލަބަލަ ކު ރާ މަސައްކަތައް ދޯ މުސާ ރަދޭނީ ދެން ރިސޯޓް ބަންދުކުރިއަސް މި މުވައްޒިފުބްގެ ކާރިން ސަލާމަތް ނުވަނީތަ ތިޔައީ އަޖައބެއްކަހަލަ ކަމެއްނޫން ނިކަން ވިސްނަދީބަލަ..އެހެންވަޒީފާތައްކައްވެސް ދެވޭނެނުން..

    3
    4
  6. ޢާސީ

    ޢޯކޭވަނީ މުސާ ރައާއި އިނާޔަތް ލިބޭތީ ނޫނީ އެހެން އދުމެއް ފުދޭތީ ނޫނީ ކެންޑިގެން އެހެންވަޒީފާއަކައް ދާންވީނުން ..ކޮންހާމޮޅުވާހަކައެއް ކެނޑެން އުޅޭމީހަކު ކޯޓަކުން އަމުރު ނެރެގެން ނުހިފާއްޓާނެކަން ޔަގީން

    2
    3
  7. ރިވެތި

    ގިނަ އަދަދެއްގެ ރައްޔިތުން ވަޒީފާތަކުން ވަކިކޮށް ގޭގަމަޑުކުރުމަށް އަންގާފަ އަދި ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސްދީފަ ދެން ގޭގަ ތިބެ ބިލްތަށްބޮޑުވީމާ ނިކަމެތިން އިތުރުހާސްކަމަކާއި ނުތަނަވަސްކަމުގެތެރޭގައި އަޅާލާނެ މީހަކުނެތް.. މި ހާލަތުގަވެސް %40 ކުޑަކުރާނެ ކަމަށްބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލީ ހެދީ ދޮގު/މަކަރު މިމަހުގެ ބިލްތަށް އަތްނުފޯރާވަރަށް މައްޗަށްއަރައިފި ދުވަހަކުވެސް ބިލްތައް ބޮޑުނުވާހާވަރަށް ބޮޑުވެސްވެއްޖެ . އަދި މިމަހުގެ 19ރައިގެކުރިން ނުދައްކައިފިނަމަ %2 ޖޫރިމަނާ ކުރާނެކަމަށް އިންޒާރުވެސްދީފައިވޭ

  8. ނަައީމް

    އިބޫ އަށް ވޯޓްދިނުމުގެ ހިތިރަހަ ނުލާ ހަމަ އެއްމެ ދިވެހި ރައްޔިތަކުނެތް މީ ހަމަ އަމިއްލައަށް ބުއި ބޮނޑިއެއް ރައްޔިތުންނޭ ދެންވެސް ވިސްނާލަބަލް އަމިއްލަ އަށް ވިސްނާލަބަލަ ދެންވެސް މި ގައުމުގެ ދިފާއުގަ ހަމަނިކުންނާނީ ރައީސްޔާމީން

  9. ޖަޒާމި

    ތީ ލަންކާބައެއްގެ ހިއްސާ އޮންނަ ތަނެއް. ރާއްޖޭގެ ވިޔަފާރިވެރިންނަށް ގޮވާލަން ހަމަމިހާރު ލަންކާ ހުރިހާ މުއައްޒަފުން ނޯޕޭލީވް އަށް ފޮނުވަން. !!!!!!

  10. ލަލާމު

    ލަންކާ މައުންލެވިނިއާ ހޮޓަލުގެ ހިއްސާ އޮންނަތަނެއް. މާލޭގެ ހުރިހާ ކޮލެޖުތަކުގައި ތިބި ލަންކާ ޓީޗަރުން ނޯޕޭއަށް ލާދީ ބަލަ!