ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިފިޔަވަޅެއްގެ ގޮތުން ސަރުކާރު ބަންދު ކުރުމާއި ގުޅިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ބައެއް ހިދުމަތްތަކުގެ ތެރެއިން ވިސާ އާ ކޮށްދިނުމުގެ ހިދުމަތް އަންނަ އާދީއްތަ ދުވަހުން ފެށިގެން ދޭން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ، ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ ވިސާއާ ގުޅުންހުރި ކަންތައްތައް ފުރިހަމަ ކުރުމުގައި ދަތިވަމުން އަންނާތީ އާދީއްތަ ދުވަހުން ފެށިގެން ވާރކް ވިސާ އަދި އެހެނިހެން ވިސާ ދޫކޮށްފައިވާ ފަރާތްތަކުގެ ވިސާ އާ ކޮށްދިނުމުގެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަަމަށެވެ.

އެގޮތުން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާރކްވީސާ އާއި ގުޅުންހުރި ހިދުމަތް ތަކަށް ހެނދުނު 09:00 އިން 13:00 އަށް އެދެވޭނެ އެވެ. އަދި ވިސާ ޖެހުމަށްފަހު ޕާސްޕޯޓު ދޫކުރުން ހެނދުނު 09:10 އިން 12:00 އަށް ކުރިއަށް ދާނެއެވެ.

އިމިގްރޭޝަނުން ވިދާޅުވިގޮތުގައި، ވިސާ އަށް އެދި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓުމެންޓު ދޫކުރާނީ ހެނދުނު 09:10 އިން 12:00 އަށެވެ.

އަދި ޓޫރިސްޓު ވިސާ އާއި ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ގަވާއިދުން ފެށުމުން، ފުރައިގެންދިއުމަށް އެދޭ ފަރާތްތައް ވިސާ އާކުރުމަށް ހުށަހަޅަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި މި ފަރާތްތަކުން، އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ ފޯމް ފުރިހަމަ ކުރުމަށްފަހު، ފުރަން އެއާޕޯޓަށް ދިޔުމުން ފުރޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ނަމަވެސް ވިސާ ހަމަވެފައިވާ ފަރާތްތަކާއި، މިހާރު ދޫކުރެވިފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ވިސާ އާ ކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތަށް އިމިގްރޭޝަނަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. އަދި މިގޮތަށް މެއިލް ކުރާ ފަރާތްތަކަށް ވިސާ ޖެހުމަށް ޕާސްޕޯރޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށްފަހު، އެ މަޢުލޫމާތު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވަނީ، އެ މުވައްސަސާއިން ހިދުމަތް ދެމުންގެންދާނީ ފިޒިކަލް ޑިސްޓެންްސިން އަށް ސަމާލުކަން ދީގެން ކަމަށް ވިދާޅުވެފައެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުން މިކަމަށް ސަމާލުވެ، މަސައްކަތް ރޭވިފައިވާގޮތަށް ހުރުމަތްތެރިކޮށް ހިތުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނު

    އަދިވެސް ވިސާ އާކޮއްދޭންތަވީ ބޭރުކުރެވެން އޮތް ގޮތަކައް ބޭރުކޮއްބަލަ މުޅި ރާއްޖޭގައި ގިނައީ ބޭރުމީހުން

    • ޙައްގުބަސް

      އަސްލު މިކަން ހަމަ މަގަށް އަޅުވަން މުޒާހަރާ ކުރަން ނިކުންނަން ވެއްޖެ!! ސަރުކާރަކަށަ އަޑެއް ނީވޭ! މާލޭ މަގުތަކުގައި ހުސް ބަންގާޅީން!! އޮޑި ދޯނިފަހަރުގައި ހުސް ބަންގާޅީން!! ރަށްތަކުގައި ހުސް ބަންގާޅީން!! ފިހާރަތަކުގަޔާ ކަޑަތަކުގަޔާ މާރުކޭޓުގެ ގޮޅިތަކުގައި ހުސް ބަންގާޅީން!! މިރާއްޖެއަށް އެތެރެވެ ގަވާއިދާ ޚިލާފށް އުޅޭ ބަންގާޅީންގެ ޢަދަދު އެއްލައްކައަށްވުރެން ގިނަވާނެ! ބަންގާޅީން އެތެރެކުރަނީ މޯލްޑިވިއަން އިން! އެމީހުންގެ އެންމެ ރަގަނޅު މާކެޓް އެއީ! ވަރިހަމަ ގައުމަށް ކޮންމެ ގޮތެއްވިޔަސް! މިރާއްޖޭގައި ހުރި ބަންގާޅީންގެ އެންބަސީން މިމީހުން ފޮނުވާލުމުގަައި އެއްބާރުލުން ދިނުން ވަރަށް ދަށް! ހެޔޮނުވާނެ މިމީހުން ގެންގުޅޭ ދިވެހިންނާ މިމީހުން އތެރެކޮށް ވިޔަފާރި ކުރާ ކުންފުނިތަކާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާދީ!! ގަވާއިދުތައް ހަރުކަށިކުރޭ! ވިސާދިނިނުމާއި ބަންގާޅީން އެތެރެކުރުމާއި ގެންގުޅޭގޮތާއި ގުޅޭ ގާނޫނުތައް ހަރުކަށިކުރޭ! ގަވާޢިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތައް ޖޫރިމަނާއެކު ވަގުތުން ޖަލަށްލެވޭގޮތަށް ގާނޫނުހަދާ! މިރާއްޖެ ހަލާކުވުމުގެ ކުރިން!! މިރާއްޖެއަށް ވަންނަ ބޭރު މަދު ފައިސާކޮޅުވެސް މިހެންވުމުގެ ސަބަބުން ބޭރުވޭ ބައިވަރު! ގައުމު ސަލާމަތްކުރުމުގެ ޒިންމާ އޮތީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ އަތްމަތީ!

  2. ބަކުރުބެ

    ބޭރުމީހުންގެ ނުހުރުއްޕާ މިހާބޮޑުއިރުވެސް ވިސާއާނުކުރެވިގެންދޯ ތިޔަތެޅެނީ ! އާ އޭރުންތާ ހަނަފީއަށް ލިބޭ ބައިވަރުގަނޑު އަދިވެސް ލިބޭނީ!

  3. ނަައީމް

    ގިނަ އަދަދެއްގެ ރައްޔިތުން ވަޒީފާތަކުން ވަކިކޮށް ގޭގަމަޑުކުރުމަށް އަންގާފަ އަދި ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސްދީފަ ދެން ގޭގަ ތިބެ ބިލްތަށްބޮޑުވީމާ ނިކަމެތިން އިތުރުހާސްކަމަކާއި ނުތަނަވަސްކަމުގެތެރޭގައި އަޅާލާނެ މީހަކުނެތް.. މި ހާލަތުގަވެސް %40 ކުޑަކުރާނެ ކަމަށްބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލީ ހެދީ ދޮގު/މަކަރު މިމަހުގެ ބިލްތަށް އަތްނުފޯރާވަރަށް މައްޗަށްއަރައިފި ދުވަހަކުވެސް ބިލްތައް ބޮޑުނުވާހާވަރަށް ބޮޑުވެސްވެއްޖެ . އަދި މިމަހުގެ 19ރައިގެކުރިން ނުދައްކައިފިނަމަ %2 ޖޫރިމަނާ ކުރާނެކަމަށް އިންޒާރުވެސްދީފައިވޭ