ދ. ކުޑަހުވަދޫގައި ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލުން ނައްޓައިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ކުޑަހުވަދޫގައި މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ކެފޭއެއްގެ ކުރިމަތީގައި ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއްވެގެން މިއަދު ހެނދުނު 6:17 އެހާކަށްހާއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
ސައިކަލު ދުއްވަން އިނީ 18 އަހަރުގެ މީހެކެވެ. އަދި އެ މީހާގެ ފަހަތުގައިވެސް މީހަކު އިނެވެ. މި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އެގޮތުން ސައިކަލު ދުއްވަން އިން މީހާގެ ގައިގެ އެކިތަންތަނުން މަށައިގެން ގޮސްފައިވާއިރު ފަހަތުގައި އިން މީހާގެ ކަނާއަތު ފައިގެ ކުޑަހުޅުން ދުޅަވެ، ބޮލުގެ މަތިން ތަންކޮޅެއް ފަޅައިގެން ގޮސްފައިވާއިރު އެމީހާގެ ގައިން އެކި ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ދުއްވާފައިދިޔަ ސައިކަލަށާއި ޕާކުކޮށްފައި ހުރި ސައިކަލުތަކަށް ގެއްލުންވެފައިވާ ކަމަށެވެ. ފުލުހުން ބުނީ ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ވެސް ނެތް ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ތިމަރަފުށީގައި މިއަދު އެމްޕީ އަބުދުއްލޯ ރިޔާޒު ދުއްވި ކާރު އެ ކުސިޑެންޓު ވި ވާހަ ކަވެސް ލިޔެލަބަ
އެެހެންވީމަޔޭ މިބުނީ ލައިސަންސް ހިފައިގެންދުއްވާށޭ، އެހެންނޫނީ ސައިކަލު ބަސްނާހާނެޔޭ!