ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންގެ ހާލު ބައްލަވާލައްވައިފިއެވެ.

މިއަދު މެންދުރުފަހު އެކަމަނާ އެރަށަށް ވަޑައިގަތުމުން ރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ ބަނދަރު ސަރަހައްދަށް އެއްވެއް އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެކަމަނާގެ މި ދަތުރުފުޅުގެ ތެރެއިން ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް އެ ރައްޔިތުންގެ ހާލު ވަނީ ބައްލަވާލައްވާފައެވެ. އަދި ރަށުގައި ތިއްބެވި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ ހާލު ވަނީ އޮޅުން ފިލުވާލައްވާފައެވެ.

"އެންމެ ގާތުން" ކެމްޕޭންގެ ދަށުން މެޑަމް ފާތުން ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެ އަތޮޅު އަށް ރަށަކަށް އެކަމަނާ ވަޑައިގަންނަވާނެއެވެ.

އިއްޔެ މެޑަމް ފެއްޓެވި މި ދަތުރުފުޅުގައި ވިލިފުށި އާއި ތިމަރަފުށި މަޑިފުއްޓާއި، ގުރައިދޫ އަދި ގާދިއްފުއްޓަށްވެސް ވަޑައިގެންފައިވެއެވެ. މީގެ އިތުރުން މިރޭ ތ. ވޭމަންޑޫގައި މެޑަމް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއްވެސް އޮންނާނެއެވެ.