އެއީ ދިވެހިންގެ މެދުގައި މަގުބޫލު އެއް ކުޅިވަރެވެ. ގޭގައި ތިބެގެން ހަމަޖެހިލައިގެން ކުޅެން ފަސޭހަ ކުޅިވަރެކެވެ. ބިން ގަނެގެން އެމީހެއްގެ ބިމެއްގައި ގެ އާއި ހޮޓާ ފަދަ ތަންތަން އަޅައިގެން ކުޅެންވީއެވެ. އެހެން މީހަކު އެތަނަކަށް އަރައިފި ނަމަ، ބޮޑު އަދަދަކުން ޖޫރިމަނާ ކުރެއެވެ. މި ކުޅިވަރުން މޮޅު ވާނީ އެންމެ މުއްސަނދި މީހާއެވެ. ބަނގުރޫޓުވެ، ތަންތަން ވިއްކާލާ ހިސާބަށް ގޮސް، "އިނދަ" ޖެހޭ މީހާ މި ކުޅިވަރުން ބަލިވީއެވެ.

މިއީ ދިވެހިންނާއި ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލު ކުޅިވަރެއް ކަމަށްވާ މޮނޮޕަލީ ކުޅޭ ގޮތުގެ ކުރު ތައާރަފެކެވެ.

އެކަމަކު، ނ. ވެލިދު އަށް އުފަން ޒުވާނަކު ވަނީ މޮނޮޕަލީގެ ދިވެހި ބޯޑެއް ތައްޔާރުކޮށްފައެވެ. އެއީ މާލްދީޕޮލީ ބޯޑުގެ ނަމުގައެވެ.

އެ ބޯޑުގައި މުޅިން ހުރީ ދިވެހި ބަހުން ލިޔެފައިވާ އެކިއެކި ބަސްތަކެވެ. ކަރުދާހުން ތައްޔާރުކޮށްފައިވާ ދިވެހި ރުފިޔާގެ ނޫޓުތަކެވެ. ފަސް މީހުންނަށް ކުޅުމުގެ ފުރުސަތު އޮންނަ މި ކުޅިވަރުގައި ބޭނުން ކުރާނީ ފަސް އުޅަނދެވެ. އެއީ ދޯނި، ބޮއްކުރާ، ނަވާ، ބައްތެލި އަދި ރިޔާ ދޯންޏެވެ. މޮނޮޕަލީއެކޭ އެއްގޮތަށް މާލްދީޕޮލީގައި ވެސް ދެ ޑައިސް ކޮޅު ބޭނުން ކުރެއެވެ.

މި ބޯޑު ތައްޔާރު ކުރުމުގެ މޭސްތިރިޔާ އަހުމަދު ޝާޒިން މުހައްމަދު "ވަގުތަށް" ބުނީ މާލްދީޕޮލީ ބޯޑު ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު، ގިނަ ބަޔަކު އެ ބޯޑު ގަންނަން ބޭނުންވެފައިވާ ކަމަށެވެ. އެހެންވެ، އޯޑަރުތައް ލިބޭ ވަރަކުން ބޯޑުތައް ތައްޔާރުކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މާލްދީޕޮލީ

އޭނާ ބުނި ގޮތުގައި މިހާތަނަށް އައި އިރު، 30 އަށް ވުރެ ގިނަ އޯޑަރު ވަނީ އައިސްފައެވެ. އަދި 13 މާލްދީޕޮލީ ބޯޑު ހަދާފައި ފޮނުވާފައިވާނެ ކަމަށް އޭނާ ބުންޏެވެ. ޝާޒިން ބުނީ މި ބޯޑުގެ އިތުރުން ކުޅިވަރު ކުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ލިބޭނެ ކަމަށެވެ.

"ވެލިދޫގައި ހުންނަ ކޯޓެސް ފިހާރަ އިން ގަންނަން ލިބޭނެ މި ބޯޑު. ދެން އޯޑަރު އަންނަ ވަރަކަށް މާލެއަށް ފޮނުވަމުން މިދަނީ. އަސްލުގައި ކޮއްކޮ އާއި އަޅުގަނޑު ކުޅެލަން ވެގެން ހަދާލި އެއްޗެއް އެއީ. އޭތި ހަދާފައި ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރި ތަނުން ގިނަ ބަޔަކަށް ކަމުގޮސްފި،" ޝާޒިން ބުންޏެވެ.

ޝާޒިން ބުނި ގޮތުގައި މާލްދީޕޮލީގެ ދިވެހި ކޮންސެޕްޓަކީ ދޯނިތަކެއްގައި ރަށްތަކަށް ދަތުރުކޮށްފައި ގެ އާއި ހޮޓާ އަޅައިގެން ކުޅޭ ކުޅިވަރެއް ކަމަށެވެ.

"ފުރުސަތު ކާޑާއި ހަޒާނާ ކާޑުގައި ހުންނާނީ މުޅިން މަޖާ އެއްޗެހި ލިޔެފައި. މިސާލަކަށް ގެއަކުން ކުރުނބާ ނެގީމަ، ޖަލަށް ދާށޭ ޖަހާފައި ހުންނާނެ. މާވަހަރެއް ލިބުނީމަ، ރުފިޔާ ބޭންކުން ލިބޭ ވާހަކަ އާއި ޖަލަށް ދާށޭ ކިއާފައި ތަފާތު އެއްޗެހި ހުންނާނެ،" ޝާޒިން ބުންޏެވެ.

ޝާޒިން ބުނީ މިއީ ކޮވިޑް-19 އާ ގުޅިގެން ގޭގައި ތިބެން ޖެހުމުން، މުނިފޫހިފިލުވުމަށް ކުޅެން އެންމެ ރަނގަޅު އެއް ކުޅިވަރު ކަމަށެވެ.

"ބޭރަށް ނުނިކުމެ އެންމެން ގޭގައި މަޑުކޮށްލާ. އާއިލާއާ އެކީގައި ވަގުތު ހޭދަކޮށްލާ،" ޝާޒިން ބުންޏެވެ.

ބޯޑާ އެއްކޮށް ލިބޭ ތަކެތީގެ ތެރޭގައި 500ރ. އާއި 100ރ. އާއި 50ރ. އާއި 20ރ. އާއި 10ރ. އާއި 5ރ. އާއި 1ރ. ގެ ނޫޓުތަކާއި 28 މިލްކިއްޔާތު ކާޑާއި 12 ފުރުސަތު ކާޑާއި ހަޒާނާ ކާޑާއި ހޮޓާތަކާއި ގެތަކާއި ދެ ޑައިސް ކޮޅާއި ފަސް އުޅަނދު ހިމެނެއެވެ.

ބޯޑު ގަންނަން ބޭނުންވާ މީހުން ފޭސްބުކްގެ ޕޭޖް ކޯޓެސް އަށް މެސެޖް ކުރަން ޝާޒިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. AHLA

    ކޮސްވެއްޖެ ހަމަ ރީއްޗަށް ޝަހާދަތް

    18
    6
  2. ަަޖަމްޝީދާ

    ޟާޒިން ތީ ވިރަށް ގަދަމީހެއް. ތީވެލިދޫ އައް ލުރި ލާމަސީލު ނަމޫނާ އެއް. ތިކުރާ ހިއްވަރަށް ހަމަ ސާބަސްދެން.

    14
    6
  3. ކަސް

    ޕޮލީ ނުލައި ދިވެހި ނަމެއް ވައްޓާލިނަމަ ސަޅިވީސް

    19
    2
    • ސަލާހު

      މާލްދީވޮލީ.

  4. ޢަހްސަން

    ޢަޅެ މަވެސް ބޭނުން

    10
    4
  5. Anonymous

    ވަރަށް ހިތްގައިމު. ޗެސްޕީސްތައް ތަންކޮޅެއް ސައިޒުކުޑަކޮށްލީމަ ރީތިވާނެ

    11
    3
  6. ?

    ލޯބި.???❤️ ގަދަ އިނގޭ?? އަސްލުވެސް ވަރަށް ސަޅި. ???

    11
    5
  7. ނ

    މީގެ 40 އަހަރު ކުރިން ދިވެހި ބޯޑެއްގައި..
    އަހަރެންވެސް ކުޅުނިން.. އޭރު މާލޭގެ ހޮޓާތަކަށް
    އަދި ރަށް ރަށަށް ކިޔާނަން ..އަލީ ޒަނީން ކިޔާ ކުއްޖަކު
    ތައްޔާރު ކުރީ...
    އެއީ ގަލޮޅު ގެއެއްގެ ކުއްޖެއް

    20
    2
  8. ހަސަން

    ތީކީ އާކަމެއްނޫން

    23
    10
  9. ގަމު މީހާ

    ޢަހަރެމެން ކުޅޭ ހިތްވާ ނުވަތަ ބޭނުންވާ ކޮންމެ ކަމަކީ ކޮއްގެން ވާނެ ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ އަހަރެމެން މުސްލިމުން ވިސްނާލަން ޖެހޭ ކަމެއް....ޑައިސް ބޭނުން ކޮށްގެން ކުޅޭ އެއްވެސް ކުޅިވަރެއް ހުއްދަތޯ....؟

    33
    5
    • ޚިލާފު

      ރަނގަޅު ސުވާލެއް. ޑައިސް އޭގެ ޒާތުގަ ގޯހެއްނޫން. ގޯސްވަނީ އަސްލުފައިސާ ހިމަނައިގެން މިފަދަ ގޮތަކަށް ކުޅެފިނަމަ. އެހެންކަމުން "މޯލްދިޕޮލީ" ގައި އަސްލު ފައިސާ ބޭނުންނުކުރާތީ، މި ކުޅިވަރު ކުޅުން ހުއްދަ ކަމަށް ބެލިދާނެ. ﷲ އަޢުލަމް.

      3
      1
    • ޖަމީލާ ހަސަން

      އަހަރެން ދެކޭ ގޮތުގައި ކޮންމެ ކަމެއް ދީނާ ގުޅުވުމަކީ އެހާ ރަނގަޅު ކަމެއް ނޫން.

      3
      3
      • މ

        ކޮންމެ ކަމެއްވެސް ދީނުގައި އަންގަވާފައި ވާ ގޮތަކަށް ކުރަން ޖެހޭނީ، ކޮންމެ ކަމެއް ވެސް ދީނާ ގުޅިވަން ޖެހޭ މުސްލިމުން ކަމުގައި ވީތީވެ.

    • ހޯދިން

      ހުއްދަ އެއް ނުވާނެއެވެ
      - ސައުދީ އަރަބިއްޔާގެ ފަތުވާ ކޮމިޓީ

  10. ޢަނީ

    ކޮބާ ވިއްކާއަގު؟

    8
    2
  11. ކިޔުން ތެރިއެއް

    މިކަމާ ގުޅޭ މާ ބޮޑު އެއްޗެއް ނޭނގެ އެހެން ނަމަވެސް ހަދީޘް ތަކުން އެނގޭ ގޮތުގައި ޑައިސް ބޭނުން ކޮއްގެން ކުޅޭ ކުޅިވަރުތައް ވަނީ މުސްލިމުންގެ މައްޗަށް ހަރާމް ކުރައްވާފައި !

    36
    4
    • ވެދާނެ

      ތިކުޅިވަރުގަ އެއްވެސް މީހަކަށް މާލީ ޖިސްމާނީ ގެއްލުމެއް ނެތެއްނުނ. ޖުވާގޮތަށް އަސްލު ފައިސާ ޚަރަދުކުރަންޖެހުނީމަ މައްސަލައަކަށް ވާނެ

  12. ކަމާލް

    މާލްދިޕޮލީ އެއްނޫން. މޯލްޑިޕޮލީ

  13. މަނަދޫ

    ތިކަހަލަ ބޯޑެއް ކުރީގެ މަނަދޫ ދާއިރާގެ 2 މެންބަރުން ކަމުގާވާ މަނަދޫ އުމަރު ބެ އާއި މަނަދޫ ތޯރިގު އަދި އަތޮޅުކައުންސިލްގަ އުޅޭ ސައީދު އާއި އިތުރު ރައްޓެހިންތަކެއް 1978 ހިސާބުގަ ހަދައިގެން ކުޅެނިކޮށް ދެކުނިން.އޭރު ހުންނާނީ އަތޮޅުގެ ފަޅުރަށްރަށުގެނަން ދެން ހުންނާނީ ވޯޓަރ ސިޓީ،އިލެކްޓްރި ސިޓީ ކަހަލަ ނަންނަން. ހުރިހާއެއްޗެއް ހުރީ ދިވެހިބަހުން އަތުން ލިޔެފަ.

    1
    1
  14. ނައިފަރު މީހުން

    ނޫސްވެރިން އަޖައިބުވާނެ. ތީ އާއެއްޗެއްކަމުގައިވަޔަސް ބާއެއްޗެއް. ޅ. އަތުޅު ނައިފަރުގައި 1970 ގެ އަހަރުތަކުގެ ކުރީކޮޅު އަތޮޅު ޗާޓު ތިގޮތަށް ތައްޔާކޮށް މޮނަޕޮލީ ކުޅެފައިވޭ.

    1
    1
  15. Anonymous

    ޑައިސް ބޭނުންކޮށްގެން ކުޅވެ ގޭމުތަކާއި ބެހޭގޮތުން ކަންއޮތްގޮތް ނުދަންނަ ކުއްޖަކު ދޯ މި ލިޔެފަ މިއޮތީ..

    1
    1
  16. ފާތުމާ

    މީގެ ސާޅީހަކަށް އަހަރު ކުރިންވެސް ދިވެހި މޮނޮޕޮލީ ގެންގުޅޭ. ގަ އިމުވެސް ފާދި އްޕޮޅުގެ ރަށްތަށް ހި މެނޭ މޮނޮޕޮލީ އެ އއއ އޮވޭ.

    1
    1
  17. ނުރަބޯ

    ދިވެހިންގެ ތެރޭގައިވެސް އެކި ކަންކަމަށް ވަރަށް ހުނަރުވެރި ފަރާތް ތަށް ތިބޭ މިހެން ގެއްލިފަ.

  18. ކަތްދަ

    މީތި ވަރަށް ސަޅި.?

  19. އައްޓަމަސް

    ތީވަރަށް ކުރީގައި އަހަރެމެން ހަދައިގެން ކުޅުނު އެއްޗެއް! ދިވެހި ނަންތައް ކިޔަނީ ހަމަ 50 އިންމަތީގެ އަހަރުތައް ގުނާއެނެްމެންނަށް ތިޔައެތި ކުޅެވިފައި ހުންނާނީ ، އެކަމަކު އޭރު ހަދަނީ ބޯކަރުދާހުގައި ބުރިސްޓްލްބޯޑުކަހަލަ އެއްޗެހި ނުލިބޭތީ! ރުފިޔާ ހެދީ ކުރަހާފޮތުގެ ގަނޑުން

    1
    1
  20. އާމިނާފުޅު

    ހޫން... ދެން ނަހަދާ ރަށެއް ނޯންނާނެ

  21. ކަމަނަ

    ދެން ހުރިހާ ރަށެއްގަ ވެސް ހަދާފަ އޮންނާނީ ?

  22. ހައިރުއް ނިސާ

    މީ ދިވެހިންގެ މައްސަލައަކީ. ބޮޑުކަމަކަށް ނުވާ ކަމަކަށް ބޮޑުކަން ދިނުން. ފުޓުބޯޅަ މެޗެއް ބެލިޔަސް ދިވެހިންގެ މޮޅުކަމުގެ ވާހަކަ. އަސްލު ހަޤީޤަތް އޮންނަނީ އެހެން ތަނެއްޤާކަމެއް ނުދަނޭ.

    މޮނޮޕޮލީގެ (އަސްލު އެތީގެ ޕޮޓޯކޮޕީއެއް) ދިވެހި ކުރުމަކީ ދިވެހިންހެ ހުނަރުވެރިކަމެއް ނޫން އިނގޭތޯ. ހުނަރުވެރިކަމަކީ އައު މޮޅު އެއްޗެއް ގެނައުން. މޮނޮޕޮލީގެ ލޯކަލް ބޯޑު ހެދުމާ ކުޅުމަކީ ވަރަށް ކުރީން ފެށިގެން ހިނގަމުން އަންނަ ކަމެއް. ޚާއްސަ ގޮތެއްގައި އެގަނެވޭނެ ފައިސާ ނެތް ޒަމާނުގައި އޭގެ ބޯޑުތައް ދިވެހި ރައްތަކުގެ ނަމުން ނަންދީގެން ވަރަށް ގިނަ ބަޔަކު ހަދާ ކުޅެ އުނުޅު.

    1
    3