އިންޑިޔާގެ މުނިފޫހިފިލުވުމުގެ އެއްވަނަ ކޮންޓެންޓް ޕްރޮވައިޑަރ ކަމަށްވާ ޝެމަރޫ އިންޓަޓެއިންމެންޓް ލިމިޓެޑް އާ ގުޅިގެން "ޝެމަރޫމީ" ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް (ވީ.އޯ.ޑީ) ޕްލެޓްފޯމަށް ގެނެސްފިއެވެ.

ދިރާގުން ބުނެފައިވަނީ މިހާރު އިންޑިޔާގެ މަޝްހޫރު ފިލްމް ދިރާގު ޓީވީ ވީއޯޑީ ޕްލެޓްފޯމުން ބަލާލެވޭނެ ކަމަށާއި އިހުގެ ބޮލީވުޑްގެ ސުޕަރ ހިޓް ފިލްމުތަކާއި ބެންގާލީ ފިލްމްތައްވެސް ބަލާލެވޭނެ ކަމަށެވެ.

މި ދުވަސްވަރަކީ މުނިފޫހިފިލުވުމުގެ ކަންތައްތައްވެސް ގޭގައި ތިބެގެން ކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، އިހުގެ އަދި މިހާރުގެ ބޮލީވުޑް ފިލްމްތައް އެއް ތަނަކުން ބަލާލަން މިއީ ރަނުގެ ފުރުސަތެކަށް ވެގެން ދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގު ޓީވީއަށް އަލަށް އިތުރުކުރި ޝެމަރޫގެ ކޮންޓެންޓް މެއި މަހުގެ ނިޔަލަށް 50 ޕަސެންޓުގެ ޑިސްކައުންޓާއެކު މަހަކު 30 ރުފިޔާއަށް ބަލައިލެވޭނެއެވެ.

މި ޕާރޓްނާޝިޕާ ގުޅިގެން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހުމޫދް ދަސަރް ވިދާޅުވީ "ޝެމަރޫމީ" ފަދަ ބޮޑު ކޮންޓެންޓް ޕްރޮވައިޑަރ އެއް ދިރާގު ޓީވީ އާ ގުޅުމުން ވަރަށް އުފާވާކަމަށާއި ކަސްޓަމަރުން ގަޔާވާކަހަލަ ހިންދީ ފިލްމުތައް ދިރާގު ޓީވީ ވީއޯޑީ މެދުވެރިކޮށް މިހާރު ބަލާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑްގެ ސީ. އީ. އޯ ހިރެން ގަޑާ ވިދާޅުވި ގޮތުގައި، ދިރާގު ފަދަ ބޮޑު ކަސްޓަމަރ ބޭސް އެއް އޮންނަ ކުންފުންޏަކާއި ގުޅިގެން ޝެމަރޫ ރާއްޖެއަށް ގެނެއުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި އެކި އުމުރު ފުރާތަކަށް އެކަށީގެންވާ ކަހަލަ ކޮންޓެންޓް ޝެމަރޫމީގައި އެކުލެވިގެންވާނެ ކަމަށެވެ.

ވީޑިއޯ އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. އެކުންފުނިން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއި ހެޔޮ އަގުގައި ބެލުންތެރިންނާއި ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައި.ޕީ.ޓީވީގެ ޚިދުމަތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބޭން ދިރާގު ޓީވީ

  ދިރާގު ޓީވީ ގެ ކޮންޓްރޯލް އޮތީ އިންޑިޔާ ގެ ހަރުކަށި ފިކުރުގެ ބީޖޭޕީ އަށް ތާއީދު ކުރާ ކުންފުންޏެއްގެ އަތުގައި، އެއަށް ލާފައިހުންނަ ޗެނަލް ތަކަށް ބަލާލީމައި އެނގޭނެ.
  އިންޑިޔާ ގެ ބީޖޭޕީ އަދި ރާއްޖޭގެ އެމްޑީޕީ ޕްރޮމޯޓު ކުރާ އެންޓި އިސްލާމިކް އިންޑިޔާ ކައްޕަޅި ޗެނަލެއް ލާފައި އަބަދު ޒުވާބު ކުރުން އޭގެ ކަމަކަށް އޮންނަނީ.

  ދެން ޢަރަބި އަދި ސައުދީ ޤުރުއާން ޗެނަލް އައި ޖެހިގެން އިންނާނީ ކާފަރު ފިލްމު ދައްކާ ޗެނަލް އަކާއި ހިންދީ ލަވަ ޗެނަލް އެއް ލާފައި.

 2. ހުސައިން

  ތިއީ ފަސާދައިގެ ޢަމަލެއް

  15
  2
 3. އެޑަމްބެ

  ޔޫޓިއުބްގަ ވާނެ ޝެމަރޫގެ ޗެނަލެއް. ޢޭގަ ބައިވަރު ފުލް ފިލްމު ހުންނާނެ! ޙެޔޮކޮންވިއްޔާ އެ ފިލްމުތައް ކަންނޭންގެ އެ ގެނެސްދެނީ އަގަކަށް! ޗެކު ކޮއްލާ އެންމެން ޔޫޓިއުބްގެ އެ ޗެނަލް!

  2
  1
 4. ޖަހާންގީރު

  ޔާ ﷲ ޝިރްކް އިންޑިއާގެ ބަލާވެރިކަމުން އިސްލާމީ ދިވެހި ރާއްޖެ ސަލާމަތް ކޮށްދެއްވާނދޭވެ އާމީން

 5. ސުރީދޫ

  ކެރެންޏާ ނެޓްފްލިކްސްއާ ގުޅިގެން ކަމެއް ކޮށްބަލަ، ކާކު ތި ޝެމަރޫއެއް ބަލަނީ ހުސް ތަމަޅަ ފިލްމު

  2
  1
 6. މަގޭ

  30 ރުފިޔާ ދައްކަންވީ މަހަކު 60 ޖީބީ ކާލާނެ