ބައެއް ސަބަބުތަކަށްޓަކައި ހަށިގަނޑުގައި، ޚާއްސަކޮށް މޫނުގައި ލަކުނު ހުރުމަކީ އެކަމަށް ޙައްލު ހޯދުމުގައި ގިނަ ބަޔަކު ނާއުންމީދުވާ ކަމެކެވެ. އެގޮތުން ތަފާތު އެކި ބާރުގަދަ ކެމިކަލް ހިމެނޭ ބޭސްތަކާއި އެފަދަ އެހެނިހެންވެސް އުފެއްދުންތައް ބޭނުންކޮށްގެން ލަކުނުތައް ފިލުވުމަށް އެފަދަ ފަރާތްތަކުން ކުރާ މަސައްކަތް ގިނަ ފަހަރަށް ބޭކާރުވެގެންދާއިރު، އެކަމުގެ ނޭދެވޭ ނަތީޖާއާއި ކުރިމަތިލާންޖެހި ހިތާމަކުރަން ޖެހޭ ފަހަރުވެސް އާދެއެވެ.

ދާދިފަހުން ރާއްޖެއަށް ތަޢާރަފްކުރި ޖެނެޓް ބްރޭންޑުގެ މި "ފޭސް ވޮޝް"އަކީ މޫނުގައި ހުންނަ ލަކުނުތައް ފިލުވައިލުމަށް ޚާއްސަ ކުރެވިގެން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ.

ހަމައެކަނި ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ފޭސް ވޮޝްގެ އެންމެ ޚާއްސަ އެއް ކަމަކީ، އާދަކޮށް މި ފޭސް ވޮޝް ބޭނުންކޮށްގެން މޫނު ދޮންނާން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ފައިދާއާއި ބަދަލުތައް ފެންނާން ފެށުމެވެ. އެގޮތުން މޫނުގައި ހުންނަ "ބްލެކް ހެޑް" އާއި "ވައިޓް ހެޑް"ވެސް މި ފޭސް ވޮޝް އިން ސާފުކޮށްދޭއިރު، މޫނުގައި ހުދުވެފައި ހުންނަ ތަންތަން ނުވަތަ ހަންގަނޑުގެ ކުލައާއި ދިމާނުވާތަންތަނަށް ފަރުވާލިބި މޫނުގެ ރީތިކަން އަލުން އަނބުރާ ލިއްބައިދެއެވެ.

ގިނަ ޢަދަދަކަށް ވިޓަމިން އޭ އާއި ވިޓަމިން އީ އެކުލެވޭ މި ފޭސް ވޮޝްއަކީ، ސައިބޯނީގެ އެއްވެސް އަސަރެއް ނުހުންނަ ފައިދާކުރަނިވި އުފެއްދުމަކަށްވާއިރު، މޫނު ތެޔޮވާ ފަރާތްތަކަށްވެސް މި ފޭސް ވޮޝްއިން ރަނގަޅު ނަތީޖާ ފެނެއެވެ.

"ޖެނެޓް - ނޯ މާކްސް ފޭސް ވޮޝް" ބޭނުންކުރާ ފަރާތްތަކުން ބުނާގޮތުގައި، އާދަކޮށް ކޮންމެ ދުވަހަކު ހެނދުނާއި މެންދުރު އަދި ރޭގަނޑު މި ފޭސް ވޮޝް ބޭނުންކުރުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ފެންނަ ކަމަށެވެ. އަދި ޒުވާންކަމާއި ރީތިކަން އެކަމުގެ ސަބަބުން ދެމެހެއްޓުމަށް އެހީއަކަށްވާކަމަށާއި، މޫނުގެ ތާޒާކަން މި ފޭސް ވޮޝްއިން އިތުރުވެގެންދާ ކަމަށް އެފަރާތްތަކުން ތަޖުރިބާގެ އަލީގައި ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ މި ބްރޭންޑުގެ ފޭސް ވޮޝް، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފޭސް ވޮޝްގެ 150 އެމްއެލްގެ ފުޅިއެއް ވިއްކާ އަގަކީ 200 ރުފިޔާއެވެ. މި ޕްރޮޑަކްޓް ބައްލަވައި ގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ.

މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. މީގެތެރެއިން 24 ޕްރޮޑަކްޓު މިހާރު "ލިބޭ" އިން ލިބެން ހުންނާނެއެވެ.

ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.

ލިބޭ އިން މިވަގުތު ލިބެންހުރި ޖެނެޓްގެ ބައެއް އިތުރު ޕްރޮޑަކްޓުތައް:

ކޮހޮނބާ ޕެކް

 

އޮރެންޖް ޕީލް

 

ފެއަރ އެންޑް ނެޗުރަލް ކްރީމް

 

ސަންޑަލްވުޑް މަޑް ޕެކް

 

ޕިންޕަލްސް އައުޓް ރޯލާ ޕެން

ސްކިން ކްލިއަރ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަގުތު ކުދިންނަށް ލާރިކޮޅެއް ދިނީމަ ޚަބަރެއްގެ ގޮތުގައި އިޝްތިހާރުވެސް ކޮށްދެނީތަ މިހާރު؟؟؟ ތިގޮތަށް އިޝްތިހާރު ކޮށްލަން އެންމެންވެސް ބޭނުންވާނެ،،