ސާފުތާހިރުކަމުގެ ގޮތުންނާއި، ޖާގައިގެ ގޮތުން އަދި އެހެނިހެން ގޮތް ގޮތުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ދިރިއުޅެން އެކަށޭނެ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސިފައިންނާއި ފުލުހުންނާއި ސިޓީ ކައުންސިލާއި އިމިގްރޭޝަނުން ގުޅިގެން މިއަދު ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 200 ބިދޭސީން ހުޅުމާލޭގައި ހުންނަ ފެސިލިޓީއަކަށް ވަނީ ބަދަލުކޮށްފައެވެ.
I thank all the partner agencies for a smooth operation in facilitating the movement of migrant workers to Hulhumale’. Our health depends on the health of the communities we belong and we shall leave no one behind to shape the community wellbeing.#Gulhigen #BeatCOVID19 pic.twitter.com/nnC8LTd1rm
— Mohamed (Hanafy) 🇲🇻 (@hanafymv) April 12, 2020
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ، ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާ ބިދޭސީން އެބަތިބި ކަމަށެވެ.
އެފަދަ ބިދެސީންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހު، ބައެއް މީހުން ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ކުރިޔަށް ގެންދާނެ ކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
އެގޮތުން 2500 އެއްހާ ބިދޭސީން މިހާރަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
" މާލޭގައި ވަރަށް ހާލަތު ގޮސްކޮށް ހުރި ބައެއް މީހުންގެ އެކޮމޮޑޭޝަން ތަންތަން އެބަހުރި. އޭގެ ބައެއް ތަންތަން އެހެން ދިމަމާލަށް މޫވްކުރުމުގެ މަސައްކަތެއް އެބަ ފަށާ. ކުރިއަށް އޮތް ހަފްތާއެއް ތެރޭގައި އަޅުގަނޑުމެން މި އުންމީދުކުރަނީ ގާތްގަނޑަކަސް ދޮޅުހާސް މީހުންނާއި ގާތްކުރާ ވަރަކަށް، މާލޭގެ އެކަހަލަ ދިމަދިމާލުން ގެންދެވޭނެ ކަމަށް އެއަށް ވުރެ ރަނގަޅު ސާފުތާހިރު ހާލަތު ރަނގަޅު ދިމާތަކަށް." ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާލާއިރު އެ މީހުންނާ މެދު އަމަލު ކުރަން ޖެހޭ ވަކި އުސޫލުތަކެއް އޮންނަ ކަމަށެވެ. ބިދޭސީން ފޮނުވާލުމަށް މިހާ ހިސާބަށް ކުރެވުނު މަސައްކަތާއި މެދު ހިތްހަމަޖެހިވަަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އެ މީހުންގެ ގައުމަށް ފޮނުވައިދޭން ސަރުކާރުން ނިންމިކަން ސަރުކާރުން ވަނީ މާޗް މަހުގެ 21 ވަނަ ދުވަހު އިއުލާންކޮށްފައެވެ.
އިކޮނޮމިކް ނިސްޓްރީން ބުނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި، ޑޮކިއުމެންޓެއް ނެތް 40000 ބިދޭސީން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގައުމަށް ދާން ބޭނުން ވެގެން އަލުން ރަޖިސްޓްރީ ވެފައި ވަނީ އެންމެ 800 ބިދޭސީންނެވެ.
ކޮބާތޯ ހާލުގައި އުޅޭދިވެހިންނަށް އަޅާނުލަނޭތޯ
ބަގުލަދޭސް އެމްބަސީ އާއީ އިމިގްރޭޝަން އަދި ފޮރިންމިނިސްޓްރީ ގުޅިގެން ހިންގާ ޖަރީމާއެއް! ބަގުލަދޭސް މީހުން ގައުމަށް ފޮނުވާ ކޮންމެ 2000 ރުޕީސް އަކުން 1200 ރުޕީސް އެމްބަސީން ކާލާ! މީ ހަގީގަތަކީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ފައިސާގެ އިތުރުން 150ޑޮލަރު ކަމިޝަންގެ ގޮތުގަ ކާލާ! އަމިއްލަ ޤައުމުގެ މީހުނަށް އެމީހުންގެ އެމްބަސީން މިހާބޮޑު އަނިޔާއެއްދޭއިރުގަ މިކަން ހައްލުކުރެވޭނެ މަގެއް ދައްކާދިނުމަކީ ބަގުލަދޭސް އެމްބަސީން ކުރުމަށްވުރެ ނުކުރުން ގާތްކަމެށް!
ބަލަ ވ ވ ވ ވ ހާލުގަ އުޅޭ ދިވެހިރައްޔިތުން އެބަ އުޅޭ ކީއްވެ ތާހިރު ދިރި އުޅުމެއް ދިވެހި ދަރީންނައް ހޯދައި ނުދެވެނީ...؟ ބަލަ ތިބުނާ އުސޫލެއްގެ ތެރެއިން ތިބަޔަކު ފޮނުވާ ލެވޭނެ މާފަސޭހައިން މިޒަމާނުގަ. ތިވެސް ލާރިގަނޑެއް ބަނޑު އެޅޭތޯތަ ތިތެޅެނީ ލާދީނީ ސަރުކާރު
ވަރަށް ދަތިހާލުގަ އި އަމި އްލަ ގަ އުމުގަ އި އުޅޭ ދިވެހިން އެބަ އުޅޭ އެމީހުންވެސް ތިޔަހެން ރަނގަޅު ފެސިލިޓީ ތަކަށް ސަރުކާރުން ބަދަލުކޮށް ދޭންވީ ނޫންތަ؟ ބަންގާޅުންގެ ކިބަ އިން މިގަ އުމު އއަދި ސަލާމަތްވާކަށް ނެތް. ހަމަ ވެރިންގެ އިޚްލާސްތެރިކަން ނެތީ
ތިޔަ ވަރަށް ރަގަނގަޅު ކަމެެއް
ތިޔަ ބަންގާޅީންތަ އް ފޮނުވާ ނުލެވިގެން މިސަރުކާރަ މި އުޅެނީ ކީ އްވެގެން ކަމެ އް ނޭންގެ. ސަރުކާރަށް ބަލަދު އަރާފަ އި ތިބި ބަ އެއ އްތަށް މި އީ ތިމީހުންނަށް ސަރުކާރުން ޚަރަދު ކުރަންޖެހެނީ..ދެން މުޅި ހުޅުމާލޭގަ އި ތިބާވަރު. ތިމީހުން ގެނާ ދިވެހިންތަ އް ކޮބާ އެމީހުން ޒިންމާ ކުރުވަންވީނުން
އަބަދުވިސް ބިދޭސީން ބިދޭސީން މި މުސީބާތެއްނޫންތަ ކޮން ބައެއް ޒިންމާވަނީ
އަޅެ މިއުޅެނީ މިރާއްޖެއަށް ބަންގުލަދޭޝްގެ ރައްޔިތުން ބަލަދު އަރައިގެންތަ؟ މިރާއްޖޭގެ އިނިގްރޭޝަންގެ ގާނޫނާ ޚިލާފަށް އުޅޭ ލައްކައެއްހާ ބަންގުލަދޭޝްގެ ރައްޔިތުންނަށް ފިޔަވަޅުއަޅާ އެމީހުން މިރާއްޖެއިން ޑީޕޯޓްކުރުމުގެ ބަދަލުގައި މިދޭތެރެއިން ކުރިކަމަކީ ގަލޮޅު ދަނޑު ފުރާލާ އެމީހުން ވައްދައިގެން ލީގަލައިޒް ކުރީއޯ! ގާނޫނާ ޚިލާފަށް އުޅޭ މީހުންނަށް ދައުލަތުން ކާޑެއް ހަދާދީ އިތުަރަށް މަގުފަހި ކޮށްދިނީ!! މިހާރު މިފެށީ މިމީސް މީހުން ތިބި ތަންތަނުން ނެރެގެން ގެންގިސް ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ކާން ބޯންދީ ނިންދަވަން!! ދިވެހި ރައްޔިތުން މިގޮވަނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ބޭކާރު ޚަރަދުނުކުރާށޭ!! ބަންގްލަދޭޝް މީހުން މޯލްޑިވިއަން ފްލައިޓްގައި ފުރާ ގެނަސް ހަމަ އަޅަނީ!! ދެރަކަމެއް!! ހަރުކަށި ފިޔަވަޅު އަޅަންޖެހޭ މިކަމުގައި އުޅޭ ހުރިހާ ދިވެހި ކުންފުނިތަކާ ދޭތެރޭވެސް!!
ބަންގާޅިން ނަށް ތިވީ ގޮތް މާލޮޅެއްނޫން ހިލޭ ހުރުމާއި ކެއުމާއި ދަތުރުކުރުންހިލޭ ރާއްޖޭގެ ރައްޔިތުން މިޖެހެނީ ރަަށަށްދާން
ބަގުލަދޭސް މީހުން މިހާރު މިރާޖެ ހިންގަނީ ކަންމިތީ ފިހާރައެއް ވިއްޔާ ހިންގާނީ ބަގުލަދޭސް މީހުން ހުރިޙާ އޮޑިދޯޏި ފަހަރުގަ އެމީހުން މާލޭ މަސް މާރުކޭޓުގަ އެމީހުން ލޯކަލް މާރުކޭޓުގަ އެމީހުން ބާޒާރު މަތީ ކާބޯތަކެތި ކޮންޓުރޯލް ކުރަނީވެސް އެމީހުން އަޅުގަޑު މެން ދުއްވާ ސައިކަލް ކާރު ވެސް ފުހެން ހަވާލް މިކުރަނީ އެމީހުންނާ އަޅުގަޑު މެން ދިވެހިން ވެއްޖެ ހޭއަރަން މިއޮތީ ވިސްނާލަން ޖެހޭވަގުތު އައިސްފަ ދިވެހިން ނަކީ ވަރައް ހީވާގި ބައެއް
ދިވެހިން ހާލުގައިޖެޙޭ ތަންބަލާކައް އަހަރުދިވެހިން މަޑެއްކޮއް ނުތިބޭނެ ރައްއިތުންގެ ޓެކްސްލާރި ދިވެހިންނައް ހަރަދުނުކޮއް ބޭރުމީހުންނައް ހަރަދުކުރުމަކީ ވަރައް ނާއިންސާފު ކަމެއް
ޤައުމުގެ ލޭނާރު ތީ......... ދުނިޔޭގެ އެހެން ޤައުމު ތަކުގަ އެތަންތަނުގެ އަހުލުވެރިނަށް ރަނގަޅު ގޮއި ހޯދަ ދެނީ މިޤައުމުގަ ބަންގާޅީން ނަށް ރަނގަޅު ގޮއިތަށް، ސާބަސް ސަރުކާރަށް.
މިވާގޮތް ގިނަމީހިނަށް ނޭނގިދާނެ .
ޢެއީ ބޮޑެތި ބޭބޭފުޅުން ގެނެސްގެން އުޅޭ މީހުން .
ޢެނމެފަހިން މިދަނޑިވަޅުގަ ސަރުކާރު ހަރަދުގަ މިމީހުން ބޯހިޔާވަހިކަމާ ކެއުމާ ކަންކަން ހަމަޖައްސާލީ ..
ވަޒީފާ ގެއްލިފަެިވާ ނިކަމެތި ދިވެހިންނަށް މަގުމަތި .
މާލޭގަ ކުއްޔައް އުޅޭ ދިވެހިންނަށް އެއްވެސް ލުޔެއް ހޯދާނުދީ ކޮން ސަކަރާތެއްހޭ ތި ޖަހަނީ . ކިތައް އާއިލާތަ ތިބީ ރިސޯޓް ވަޒީފާ ގެއްލި ހާލުގަ ޖެހިފަ . އަންނަ މަހުވެސް ކުލި ދެއްކޭކަޢް ނެއް . ރަށަށްގޮސް އުޅޭނެ ތަނެއް ނެއް . މި ސަރުކާރު މީ ބީރު ސަރުކާރެއް . އެންމެން މަގުމައްޗަށް ނިކުތީމަ އެއްޗެއް ވިސްނޭނީ
އެބަންގާޅު މީހުންނަށް އެގޮތްކުރިމަތި ކުރީވެސް ހުރިހާއިރެއްގެ ސަރުކާރުގެ ލޭބަރ އޮތޯރިޓީއާއި އިމިގްރޭޝަން ގުޅިވަޑައިގެން ކުދި މެދު ބޮޑު ގިންތީގެ ވިޔަފާރިވެރިންގެ އެދުމާއި އެކު އެތެރެވީ ކޮންމެ މީހަކު 10،000 އާއި 15،000 އެމެރިކާ ޑޮލަރު ދައްކައިގެން! އަދިކޮބާ ބަންގާޅު ކޮންސިއުލޭޓުގެ ވެސް ހިއްސާއާއިއެކު. އެފައިސާއިން މާލޭގެ އަގުބޮޑު ބިންގަނެ 10ބުރީގެ އިމާރަތްތައް ހަދައި ކޮޅަށްޖެހިފައި ދިރިޢުޅެން ކުއްޔަށް އެބަދޭ! ދެން ކިހިނެއް ސަަރުކާރުން އެމީހުން އެހާ އިހާނެތިކޮށް އުޅޭތަން ބަލަން ތިބެވޭނީ؟ ވަރަށް ސަލާމް
ސަރުކާރުން ރަ އއްޔަތުން ނާމެދު ނުވިސްނާ.
އަހަރެމެން މި ނިދަނީ 10 ފޫޓް 10 ފޫޓް ކޮޓަރި އެއއއ އއްގަ މުޅި އާ އިލާގެ 12 މީހުން
ބަގުލަދޭސް އެމްބަސީ އާއީ އިމިގްރޭޝަން އަދި ފޮރިންމިނިސްޓްރީ ގުޅިގެން ހިންގާ ޖަރީމާއެއް! ބަގުލަދޭސް މީހުން ގައުމަށް ފޮނުވާ ކޮންމެ 2000 ރުޕީސް އަކުން 1200 ރުޕީސް އެމްބަސީން ކާލާ! މީ ހަގީގަތަކީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ފައިސާގެ އިތުރުން 150ޑޮލަރު ކަމިޝަންގެ ގޮތުގަ ކާލާ! އަމިއްލަ ޤައުމުގެ މީހުނަށް އެމީހުންގެ އެމްބަސީން މިހާބޮޑު އަނިޔާއެއްދޭއިރުގަ މިކަން ހައްލުކުރެވޭނެ މަގެއް ދައްކާދިނުމަކީ ބަގުލަދޭސް އެމްބަސީން ކުރުމަށްވުރެ ނުކުރުން ގާތްކަމެށް!
ތިމީހުންލައްވާ ހުޅުމާލެ 2 ގައި ދަނޑު ހައްދުވަބަލަ ބަޑައްޖެހެން ވާއިރަށް