ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައިވެސް، ސްޓެލްކޯ ހުޅުވާނެ ދުވަސްތައް އާއްމުކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ، އެ ކުންފުންޏާއި ގުޅުންހުރި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު، ލިބިދިނުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގެ އިންޖީނުގެ ތަކުގެ ޚިދުމަތްދޭ ކައުންޓަރުތައް، މާދަމާއިން ފެށިގެން ކޮންމެ ހަފުތާއަކުވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން 14:00 އަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ސްޓެލްކޯ ސޭލްސް ސެންޓަރުވެސް މި ގަޑިތަކުގައި ހުޅުވާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން، ގޭގައި ތިބެގެން ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުއްވުމާއި ފައިސާ ދެއްކެވުމުގެ އިންތިޒާމްތައް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ސްޓެލްކޯގެ އީމެއިލް އެޑްރެސް : [email protected] މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ. ސްޓެލްކޯ ސޭލްސް ސެންޓަރު މެދުވެރިކޮށް، ކަރަންޓާއި ގުޅުން ހުރި މުދާ ވިއްކުމާއި، ދޫކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންުފުނިން ބުނެއެވެ. އެ ހިދުމަތަށް ސޭލްސް ސެންޓަރުގެ ފޯން ނަންބަރު 9110888 އާ ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން ކުރިއަށްގެންދެވޭނެއެވެ.

ސްޓެލްކޯއިން ވަނީ މި ހާލަތުގައި ބިލަށް ފައިސާ ދެއްކެވުމަށް ސްޓެލްކޯއިން އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.