ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ބައެއް މުވައްޒަފުންގެ އެންޒައިޓީ، ޑިޕްރެޝަން އަދި އަމިއްލަ އަށް މަރުވާން އުޅުމުގެ 14 އަށް ވުރެ ގިނަ މައްސަލަ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ކުރާ މީހުންނާ މެދު އެޗްޕީއޭ އިން އަމަލުކުރަމުންދާ ގޮތް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ ހާޒިރުކޮށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ރިސޯޓުތަކުގައި ތިބި މުވައްޒަފުންގެ ފަރާތުން ސިއްހީ މައްސަލަތައް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ފާހަގަވެފައިވާ ކަމަށެވެ.

"ޓްރެވަލް ރެސްޓްރިކްޝަންސްގައި ތިބޭއިރު ދިމާވާ ބައިވަރު ނަފްސާނީ މައްސަލަތައް ހުރޭ. އެންއީއޯސީގެ މެޑިކަލް ޓީމުން މިހާރު ވެސް އެޓެންޑްވެއްޖެ 14 ކޭސްއަށްވުރެ ގިނައިން. އޭގެ ތެރޭގައި ހިމެނޭ އަމިއްލަ އަށް މަރުވާން ހިޔާލު އައުން، ޑިޕްރެޝަން، އެންޒައިޓީ،" ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ އެންއޯއީސީ އިން ދެމުން އަންނަ ސައިކޯ ސޯޝަލް ހިދުމަތްތައް ވަރަށް އެކްޓިވް ކަމާ އެކު ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ މީހުންނަށް ވެސް އަދި ރިސޯޓުތަކުގެ މުވައްޒަފުންނަށްވެސް އެފަދަ ހިދުމަތެއް ބޭނުން ޖެހިދާނެ ކަމަށް ބަލައި، ގުޅައިގެން ކަންކަން އޮޅުން ފިލުވަމުން ދާކަމަށް ޝަހީދު ވިދާޅުވިއެެވެ.

ޝަހީދު ވަނީ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ކަމެއް ދިމާވެއްޖެ ކަމުގައި ވިޔަސް އެހީތެރިކަމެއް ފޯރުކޮށްދޭނެ ނަރުހެއް ނުވަތަ ޑޮކްޓަރެއްވެސް ނުހުންނަ ކަމަށް ވިދާޅުވެފައެވެ.

އަދި އެންޒައިޓީ އާއި ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ މީހުންގެ ތެރޭގައި ހައި ރިސްކު މީހުންވެސް ތިބޭ ކަމަށާއި، އެފަދަ މީހުންނަށް ވަގުތުން ފަރުވާ ދެވޭނެ އިންތިޒާމެއް އޮތުމަކީ ވަރަށް މުހިންމު ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ބައިވަރު ރިސޯޓުތައް ހުރޭ ޑޮކްޓަރެއް ނުވަތަ ނަރުހެއްވެސް ނެތް ތަންތަން. އެގޮތަށް އެކަންތައް އޮއްވާ ކޮވިޑް 19 ގެ ހާލަތު މި ދިމާވީ. އެހެންވީމަ މިއާ ގުޅިގެން ވަރަށް ބޮޑެތި އުނދަގޫތަކެއް ހެލްތް ސިސްޓަމަށް އިހުސާސް ކުރެވުނު." ޝަހީދު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓުތަކުގެ ހިންގުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވިއްސަށް އެރި އިރު، އޭގެތެރޭގައި ފަސް ދިވެހިން ހިމެނެއެވެ. ބާކީ ތިބި މީހުންނަކީ ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

މިވަގުތު ބަލި ޖެހިގެން ފަރުވާދެނީ ފަސް ދިވެހިންނަށެވެ. އެއީ އިނގިރޭސި ވިލާތުން އައި ހަތަރު ދިވެހިންނާއި ފިލިޕީންސުން ރާއްޖެ އައި މީހަކަށެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު ބިދޭސީން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙހދހެ

    މަގިނަ ދުވަހު އެއްތަނަކު ކަމެއް ނުކޮށް ތިބެންޔަ ވަނި މިހެން އެވެސް ނުފެބެގޮތަށް

    18
    7
    • ޜަނާ

      ޓީވީހުރޭ އިންޓަރނެޓް ލިބޭ އާއ އިލާ މީހުނާ ވާހަކަދެ ްއއކޭ ދެން އޮންނާނީ ހެ އްދެވި ފަރާތް ހަދާން ކުރުން ތިމާ ހެހެއްދެވި ފަރާތް ހަނދާން ކުރާ ނަމަ އެފަދަ ޚިޔާއލެ އް ނާންނާނެ

      86
      6
      • ޙަމްރު

        ބޭފުޅާ ރިސޯޓެއްގަ ވޯކް ކޮށްލާނަމަ އިނގޭނެ ވައިފައި އާ ޓީވީ ހުރެގެން ކިހާވަރެއތޯ ވަނީ.

        3
        3
  2. ނަފުސު

    ހާދަ އީމާންތެރިކަންކުޑަ ބައެކޭ މިރިސޯޓްތަކުގަމިއުޅެނީ ކޮންމެވެސް ޢިލްމްވެރިޔަކު މިމީހުންނައް އަމިއްލަނަފުސައް އަނިޔާދޭމީހުންނައްލިބޭ އަޒާބުއޮޅުންފިލުވާދީބަލަ

    70
    18
    • ޢަލީ

      ރިސޯޓޭ ނުކިޔާ! ރިސޯޓުގަ ވެސް ތިބޭ ބަރާބަރަށް ނަމާދު ކޮށްގެން އުޅޭ ކުދިން ވެސް. ގޭގަ އޮވެގެން ތަނަކުން އެއްޗެއް ފެންނަ އިރަށް މީހުން ބަދުނާމު ނުކުރޭ!

      11
      1
    • ފަސް އިނގިލި

      ބުރޯ! ވަކި ބަޔަކު ކަމެއް ކުރަން އުޅުމަކީ ރިސޯޓު ހުރިހާ މުވައްޒަފުން އެކަމެއް ކުރަން އުޅެނީ އަކީ އެއް ނޫން! ކޮންމެހެން ރިސޯޓު އެންމެންނަށް ނިސްބަތް ނުކޮށްވެސް ތިކިޔާ އެއްޗެއް ކީދާނެ! ދެން ވަކި ރަށަކުން މީހަކު ދަން ޖެހުނޭ ބުނާއިރަށް ބުނަންވީ އެ ރަށެއްގެ އެންމެން ދަން ޖެހޭނެއޭތ؟

      9
      1
    • މޯދީ

      ކަލޭގެ އީމާންތެރިކަން ދައްކަން ނޫޅުނިއްޔާ ރަނގަޅުވާނީ

  3. ލޮލް

    ކަލޯގަޔާ! ހުސް ބުރާންތިން

    1
    1
  4. ދޮންއަގަ

    ވާނީ އެހެންތާ ސޭޓް ވެސް 24ގަޑޚީ އިރުނުވަނީސް މުސާރަ ކަޑަން ބުނެފި ކޮވިޑަށް ވުރެ މު އައ އްޒަފުން ބިރުގަތް އެވާބަކަ އަދޖވެސް މުސާރަނުދޭ ވިސްނާލަބަލަ

  5. ޟީނާ

    ބަލަ ގެސްޓުން ތިއްބަސް ސްޓާފުން އުޅޭނީ މުޅިން ވަކި އޭރިޔާއެއަގަ. ކުރިންވެސް ހަމަ މަސް ދެމަސް ވަންދެން ވެސް އުޅެނީ ހަމަތިތާނގަ. އޮފް ނުނަގާމާލެ ނައިސް އެތައް ދުވަހެއް އެބަހޭދަކުރޭ ތިތާނގަ. ދެން މިހާރު ކިހިނެއް ވެގެން މިއުޅެނީ. ޒާތްކޮޅުބޮޑީ ހަމަ.

    2
    2
  6. ޒައިޝާ

    އެހެންވާނެ. ވަރަށް ހީވި ކަމެއްތީ،. އަހަރެމެންގޭގެ ސޮރެއްވެސް ރަށަށް ކުދިންކައިރިއަށް ނާދެވިގެން ތެޅޭވަރު އިނގޭ، އަދި މިހާރަކަށް އައިސް އޭނާ ވާހަކަ ދައްކާ އިރުވެސް ހުންނަނީ މޮޔަ ގޮތެއް ހަމަ ނުޖެހޭ ވާހަކަތައް ދައްކަނީ ގިނައިން. ބުނަނީ ހަމަ ބޯގޮވާ މަރުވަނީއޭ.. އިސްލާމްދީނުގައި ކައިވެނި ހުއްދަ ކުރެއްވީ ވަރަށް މާތް މަގުސަދެއްގައި.... މިވަރުން ދެން ވިސްނާ ބަޔަކަށް އިބުރަތެއް ލިބޭނެ.. އިންސާނާގެ ބާރު ނުފޯރުވޭ ކަންތައްވެސް ހުންނާނެކަން ދަންނަންވާނެ ކަންތައްތައް ހިތަށް އެރިހާ ގޮތަކަށް ނިންމާއިރު. އިންސާނާ އަކީ ކުށްތަކަށް އަރައިނުގަތުމުގެ އިޚްތިޔާރުވެސް ގެއްލިފައިވާ މީހަކަށްވާތީ، އިންސާނާއަކީ މަޚްލޫގެކޭ ކިޔަނީވެސް. މިހާރު ނޭގެ ރިސޯޓް ތަކުގައި ބަންދުގައި ތިބި މީހުންގެ ތެރެއިން އަމިއްލަ ނަފްސަށްވެސް ކީއްކުރަން، ބޮޑެތި ފާފަތަކަށް އަރައިނުގަނެ ހުރެވެނީ ކިތައް މީހުނެއްކަމެއް.

  7. ޢާކް

    ޜިސޯޓް ތަކުގަ ކައުންސިލިން ދެވޭވަރު ވާންޖެހޭ. މިހުނަށް އިހްސާސް ނުވޭ އެކަހެރިކޮށް އަޅުން ތަކެއް ހެން މަސައްކތް ކުރާ މީުހނަށް ނަފްސާނީ އެހީ ބޭނުން ވާނެޔޭ. ސަރުކާރުން އެބަޖެހޭ އެކަމާ ފިޔަވަޅު އަޅަން

    1
    1
  8. ސަރުބަތު

    ހަގީގަތުގަ އިވެސް ރިސޯޓުތަކުގެ އޯނަރުން ދިވެހި މުވަ އްޒަފުންނާ އި ދޭތެރޭ ދެކޭގޮތް ވަރަ އް ރަނގަޅަ އް ހާމަވެ އްޖެ.

  9. ނާދިރާ

    ހުރިހާ ބަންގާޅީން ރައްކާތެރިކަމާއެކު އެ މީހުންގެ ވަޒަނަށް ފޮނުވާލާ.. ދިވެހިން މި ކަމުންވެސް ފިލާވަޅު ލިބިގަންނަންވެއްޖެ. އަދި ސަރުކާރުންވެސް މިގޮތައް މަސައްކަތު މީހުން އެތެރެ ނުކޮށް ދިވެހިންގެ ވަޒީފާތައް ދިވެހިން އަދާކުރާނެ ގޮތެއް ހޯދަން އެބަޖެހޭ..ހަގީގަތުގަ މީ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން. މިހެންވަނީ.

  10. ނެރެމާ

    އަމިއްލައަށް މަރުވާން އުޅޭ މީހުންނަށް ކަމާބެހޭ ސިއްހީ ދާއިރާގެ ޓްރޭނިންގ ދީފަ ކޮވިޑްގެ ކަންކަމުގެ ފްރަންޓްލައިނަށް މަސައްކަތް ކުރަން ނެރެންވީ. އަމިއްލައަށް މަރުވެގެން ފާފައެއް ލިބުމަށްވުރެ މާތް އަގުހުރި ގޮތެއްގައި މަރުވުން ރަގަޅުވާނެ.