ކޮވިޑް-19 ގެ ސަބަބުން ދެކުނު އޭޝިއާގެ ސަރަހައްދުން އެންމެ ބޮޑު ގެއްލުމެއް ވާނީ ރާއްޖެ އަށް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނީ އިގްތިސާދު އެންމެ ގޯސް ހާލަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 8.5 އަކުން 13 ޕަސަންޓަށް ވެއްޓޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ވޯލްޑް ބޭންކުން ދެއްކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓިފައި އޮތުމުންނެވެ.

ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދު މިދިޔަ 40 އަހަރުގެ ތެރޭގައި ދަށް ނުވާ ވަރަށް ވެއްޓިގެންދާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާ ކުރެއެވެ. ފާއިތުވެދިޔަ އަހަރުތަކުގައި މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ކުރިއަރަމުން އައި އިގްތިސާދު އޮތް ގައުމުތައް ހިމެނެނީ ދެކުނު އޭޝިއާގައެވެ.

ވޯލްޑް ބޭންކުން އެގޮތަށް ބުނި އިރު، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ރާއްޖޭގެ އިގްތިސާދު އެންމެ ގޯސް ހާލަތުގައި 17 ޕަސަންޓު މައިނަސް ވާނެ ކަމަށް ބުނެފައެވެ. މިއީ ރާއްޖެއަށް ދިމާވި އެންމެ ބޮޑު އިގްތިސާދީ ގޮންޖެހުން ކަމަށް ވެސް އެމްއެމްއޭ އިން ގަބޫލު ކުރެއެވެ.

ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި އަފްޣާނިސްތާނާއި ސްރީ ލަންކާގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވެސް ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

އިގްތިސާދަށް އަންނަ މި ބަދަލުގެ ސަބަބުން އާންމު ދިރިއުޅުމުގެ ފަރަގުތައް އިންތިހާ އަށް މަތިވާނެ ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ވޯލްޑް ބޭންކުން ލަފާ ކުރާ ގޮތުގައި ވަޒީފާ ގެއްލޭ މީހުން އެންމެ ގިނަ ވާނީ ވެސް ދެކުނު އޭޝިއާ ސަރަހައްދުގައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް 20 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާ އިރު، މި ބަލީގައި ފަރުވާދެމުންދާ ފަސް ދިވެހިން އެބަތިއްބެވެ. ބާކީ ތިބި މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލި ޖެހިގެން ފަރުވާދެނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު މީހަކާއި ފިލިޕީންސުން ރާއްޖެ އައި މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ސަންސެޓް

  ފުރުސަތުގެ ފަ އިދާ މިސަރުކާރު ވެރިން ނަގަނީ ހެސް ކިޔާފަ.

  26
  2
  • Anonymous

   ސަރުކާރަށް އެނގޭބާ. އެޗް.ޑީއެފްސީން ލޯނު މުއްދަތު 6 މަހަށް އިތުރުކޮށްދޭނަމޭ ކިޔާ ހަދަނީ ހުސްދޮގުކަން. އެމީހުން ފޭވަރ ކުރާ ބަޔަކަށް ފަސޭހަކޮށްދޭން ޖެހި މަކަރެއް. އެތައްހާލަކުން ފުލެޓް ގަނެފަތިބީ އާމްދަނީ ލިޞެ ގޮތްތަކަށް އޭރުބަލާ. މިހާރު އާމްދަނީ ނުލިބޭ އިރުވެސް އެޗްޑީސީން ލުޔެއް ނުދޭ. މިމައްސަލަ ނޫސްވެރިއަކު ނިކަން ތި މަބްރޫކަށް ހުށަހަޅާލަދީބަލަ. އަހަރެމެން މިތިބީ ގޮތް ހުސްވެފައި.

   27
   2
 2. އަލިފުޅުބެ

  ވޯލްޑްބޭންކުން ނުބުންޏަސް ދިވެހިންނަށް އެކަން އެގެއެވެ. ވީމާ، ކުރިއަށް އޮތްތާގައި ދިވެހިން ކުރަންވީ ކަމަކީ މަސްވެރިކަން ކުރުން. އަދި ލިބެންއޮތް ބިމެއްގެ ބޭނުން ހިފާ ދަނޑުވެރިކަން ކުރުން.

  25
 3. އަސީ

  މިއަދު އަރާބުނާނެ ވޯލްޑްބޭންކުން އެހަދަނީދޮގޭ މީކީއިކޮނޮމިކް ކްރައިސިސްއެއްނޫނޭ.

  24
  2
  • ބަސީ

   ވެރިކަމުގަ ހުރީ ޔާމީން އަބުދުލް ޤައްޔޫމް ނޫނެެވެ?

   28
   6
  • ސީނު

   ވެރިޔާ ވިދާޅުވީ އިކޮނޮމިކް "ބޫމް އެއް " އަންނާނެ ވާޙަކަ

 4. އެނޯ

  މައިނަސް 13 އަށް

 5. އެކްޓަރ

  ވޯލްޑްބެންކްގެ ފޯރކާސްޓް އެހާ ސައްހައެއްނޫން. ރާއްޖޭގެ އިގުތިސާދު ރިކަވަރީ އަވަސްވާނެ، އެއީ ވަކި ޕޮރޮޑަކްޝަންއެއް މާކެޓްކުރާކަށް ނުޖެހޭނެ.. ޓުއަރިޒަމް މާކެޓަކީ އޮޓޮމޭޝަނެއް..... ހުސްއެކަނި ކުރަންވީ ކަމަކީ އަގު ތިރިކޮށްލުން....

 6. ހުސޭނުބޭ

  ވޯލްޑް ބޭންކުން ތި ބުނާ ވާހަކައެއް ޤަބޫލުކުރަން ވަރަށް ދަތި! މިދިޔަ އަހަރު މި ކޮވިޑެއް ނެތް އިރުވެސް 32 ބިލިއަން ރުފިޔާގެ ބަޖެޓަކުން ރައްޔިތުންނަށް ވީ ފައިދާއެއް ހަމަ ހަރާން! މިފަހަރު 38 ބިލިއަން ރުފިޔާގެ ބަޖެޓެއް އޮއްވާ މިކަން ލައިގަތުމުން ރައީސްމީހާ އެހެރަ ބުނަނީ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހުއްޓައެއްނުލާނަމޭ! އެހެންވިއްޔާ ތި ފާސްކޮށްފައި ހުރި ބަޖެޓް ވަންނަ ބޮޑެތި ޖީބުތަކެއް އެބަހުރި! ގެއްލުންވިއްޔާ ވާނީ އެކިޔާ ބޮޑެތި ޖީބުތަކަށް!

 7. ރައްޔަތުހުސޭނު

  ޢިގުތިސޯދީ އަނދަވަޅަށް ރާއްޖެ ވެެއްޓިއްޖެ އަދި މަހެއްވަރު ފަހުން ސޯލިހުއާއި ސޯލިހުގެބައިވެރިން ވެރިކަންދޫކޮށްލާފަ ފިލާނެ އެއަށްފަހު ގައުމު ސަލާމަތްކޯށްދޭން ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ބަޔަކު މުޒާހަރާ ކުރާނެ.ި

 8. ނަގުލު ފިއްތި

  ޔާމީން ވެރިކަމުގަ ހުރިނަމަ ދެރަ ނިކަމެތީންނައް މިޔައްވުރެން ރަނގަޅު ގޮތްތަކެއް ހޯދަދޭނެ ކަމީ މިއަދު އެއްވެސް ދިވެއްސަކު ދެބަސް ވާނެ ކަމެއްނޫން. މިހާރު މިފެންނަ މަންޒަރުތަކުން ނިކަމެތި މީހާ ދާނީ އެއްކޮށް އަޑިޔައް މުއްސަދިން ދާނީ އަރައިގެން މައްޗައް. ކަލޭމެންނައް މިއަދު ތިގޮތައް މޮޅު ދެރަ މިނެ ކިރިދާނެ. މަރުވުމައްފަހު އެންމެނައް އޮތީ އެންހުކުމެއް. ކިތަންމެވަކައް ދަރަޖަ ކަނޑައަޅައިގެން އުޅުނަސް ﷲރަޚްމަތުން ބޭރެއް ނުކުރެވޭނެ ކަން ޔަޤީން.

 9. ވގ ޔ

  ދިވެހި ރައްޔިތުންގެ ނަސީބު ވެެރިކަމުގަ ޔާމީނު ނެތި އިބޫ ހުރިކަން. އެހެނަނޫންނަމަ ރައްޔިތުމީހާ މިހާރު އުޅެންޖެހޭނީ މަގުމަތީ ނާށިގަނޑު ހިފައިގެން.