ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖު އަދި ޔުނިވާސިޓީ ފަދަ ތަންތަނަށް ލިބެމުން އަންނަ ގެއްލުންތަކަށް ހައްލު ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއާ ބައްދަލުކުރުމަށް ރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ކޮލެޖުތައް ތަމްސީލުކުރާ ޖަމިއްޔާ އިން ނިންމައިފިއެވެ.

އެ ޖަމިއްޔާގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ކޮލެޖުތައް ބަންދުކޮށް، ގިނަ ދުވަސްތަކެއް ވަމުން ދާތީ އެ ތަންތަނަށް މާލީގޮތުން ދަތިތަށް ދިމާވަމުން އަންނަ ކަމަށެވެ. އެގޮތުން އެކަން ކަމަށް އަލިމަގެއް ހޯދުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން އިއުލާނު ކޮށްފައިވަނީ، ކޮލެޖުތަކަށް އެކަށީގެންވާ ރިލީފް ޕެކޭޖުތަކެއް ނޫން ކަމަށާއި ކޮލެޖުތަކަކީ، ފިހާރަތަކާއި ކުންފުނިތައް ހިންގާ ގޮތަށް ހިންގާ ތަންތަނެއް ނޫން ކަމަށެވެ.

"ކޮލެޖުތަކަށް ހާއްސަ ޕެކޭޖެއް އޮންނަން ޖެހޭނެ. ފިހާރައެއް ބަންދުކުރާހެން ކޮލެޖެއް ބަންދެއް ނުކުރެވޭނެ. ކިޔަވައިދޭން ޖެހޭނެ. އެހެންވެ ވަކި ޕެކޭޖެއް އޮންނަން ޖެހޭނެ މި ކަމަށް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހުރިހާ ކޮލެޖެއް ހިންގަނީ އެ މަހަކު ލިބޭ ކޯސް ފީ އަކުން ކަމަށާއި ރާއްޖޭގެ އިގުތިސޯދަށް ކޮށްފައިވާ އަސަރުގެ ސަބަބުން، ކޯސް ފީ ލިބުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން އިއުލާން ކޮށްފައެވެ. އަދި އެ މުއްދަތު ހަމަވާން ކައިރިވުމުން އެ މުއްދަތު ވެސް ދާދިފަހުން އިތުރުކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ބަންދު ކުރެވިދާނެ ކަމަށް އާއްމު ސިއްހަތު ރައްކާތެރި ކުރުމާއި ބެހޭ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ތައުލީމު ދޭ މަރުކަޒުތައް ބަންދު ކުރުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަވާ

    ވާވާ ސަރުކާރު ބަންދު ދުވަސްތަކުގައި ރޯދަ އެލަވަންސް ދޭން މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރުގަޑީ ފައިސާ ނުދީ މަސައްކަތް ކުރުވަނީ އިންސާފެއްނޫން.

  2. ހުސޭނުބޭ

    ގާސިމްބެ ކޮލެޖާއި އިބުރާ ކޮލެޖަށް މި މަހުވެސް 2 ބިލިއަން ރުފިޔާގެ ގެއްލުންވެއްޖެ! އަވަހަށް ބަދަލުދެއްވާ!

  3. އަލީބޯ

    ކޮންމެވެސް އެއއޢްގޮތަކަށް ބޯގަންވިލާ އަށް ލާރި ވަންނާނެ ގޮތަކަށް ހުރިހާ ކަމެ އް ވެސް ކުރަންވާނީ. ދެން ބަލާބަލަ ހުރިހާ އެންޖީ އޯ ތަކަކަށް އެއއއޢްޗެ އް ދެވޭތޯ. އޭރުން ޝަހިންދާ އަށް ވެސް ލާރި އެއއ އް ވެ އްދޭނީ. އެންމެ ގިނަ ނަން ރަޖިސްޓަރ އެންޖީ އޯއއއ އާއ އި ނޫސް ހުންނާނީ އެމްދީޕީ ލާދީނީ މީހުންގެ