އދ.ފެންފުށީގައި ދެމަފިރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާގެ ނޭފަތުގައި ދަތް އެޅި ފިރިހެން މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ރޭ 12:45 ހާއިރު އެރަށުގައި ދެމަފިރިއެއްގެ ދެމެދުގައި ޒުވާބު ކުރަމުން ގޮސް ފިރިހެން މީހާ އަންހެން މީހާއަށް އަނިޔާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން ބެލި ބެލުމުން އެނގިފައިވާގޮތުން، އެ އަންހެން މީހާގެ ނޭފަތުގައި ފިރިހެން މީހާ ދަތް އެޅިކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ އަންހެން މީހާގެ ނޭފަތުގައި އެ ފިިރިހެން މީހާ ދަތް އަޅާފައި ހުރިކަމުގެ ނިޝާން ވެސް ފެންނަން ހުރި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު އެވެ. އެއީ 30 އަހަރުގެ ފިރިހެނެއް ކަަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ މީހާގެ ބަންދަށް އދ.މާމިނގިލީ ކޯޓުން ފަސް ދުވަސް ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔާގޫތު

    ތި ކޮންވައްތަރު މީހުން ތިބެނީހޭ!؟ ނޭފަތް އެއްކޮށް ކާނުލިކަން ނަސީބެކޭ

  2. XD

    އިންސާނުން ވަލު ޖަނަވާރުންގެ ދަރަޖައަށް ވެއްޓުނީމަ ޖަނަވާރުންގެ ކިބައިން ފެންނަ ކޮރޯނާ ވައިރަސްވެސް އިންސާނުންގެ ކިބައިން ފެންނާނެ.

  3. ނަފުްސް

    ހައްޔަރޭ؟؟ ތިކަލޭގެ އަށް ޕެކޭޖް ދީފަ ކޮންމެސް ފެސިލިޓީއެއްގަ ބަހައްޓާފަ މާދަމާ ދޫކޮށްފަ ހުންނާނީ..