ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި ތިބި މީހުންގެ ހާލަތު އިތުރަށް ދަށަށް ދާން ފަށައިފިއެވެ. އެމީހުންގެ ހާލަތު އިތުރަށް ދަށަށް ދާން ފަށާފައި މިވަނީ މަސްތުވާތަކެތި ލިބުން ދަތިވުމާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން އިއްޔެ ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުލް ހަމީދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މަސްތުވާތަކެތި ލިބުން ދަތިވެ، އެމީހުންގެ ހާލަތު އިހުނަށްވުރެ ދަށަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މަސްތުވާތަކެތި ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި އެކަން މާލޭގެ މަގުތައް މަތިން މިހާރު ފެންނަމުން އަންނަ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ އެފަދަ މީހުންނަށް ފަރުވާ އެއް ހަމަޖެއްސުން ވަރަށް މުހިއްމު ކަމަށާއި ނޫން ނަމަ އެމީހުންގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށެވެ. ހަމީދު ވިދާޅުވީ އެފަދަ މީހުންނަށް "އޮލްޓަނޭޓިވް ޓްރީޓްމަންޓް" ނުވަތަ "އެލްޓަނޭޓިވް އެކްސެސް ޓު ސާވިސް" ލިބެންޖެހޭ ކަމަށެވެ. އޭނާ ވަނީ ތަކުރާރުކޮށް އެމީހުންނަށް ފަރުވާ ނުކޮށްފި ނަމަ އެމީހުންގެ ހާލަތު ދަށްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގިނަ އަދަދެއްގެ ގައުމުތަކުން ވަނީ ދަތުރު ފަތުރުގެ ނިޒާމުވެސް ހުއްޓުމަކަށް ގެނެސްފައެވެ. މަސްތުވާތަކެތި ލިބުން ދަތިވެ އެކަމުގެ ޝިކާރައަކަށް ވެފައި ތިބޭ މީހުންގެ ހާލަތު އިތުރަށް ދަށަށް ހިނގައިދާނެ ކަމުގެ ބިރު އޮތްއިރު ފުލުހުން ވަނީ ދާދިފަހުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ތަފާތު އެކި މަސްތުވާތަކެއްޗާއި ގުޅޭ އޮޕަރޭޝަންތަކުގައި އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ހަމީދު

  ދެން ހަމީދު ނުކުމެ އެކުދިންނަށް އެ ބަހަންވީނު. އެކުދިން މަރު ނުވަނީސް

  70
  1
 2. އިބްރާ

  ޚާއްސަ ފްލައިޓްތަކެއް އަފްޣާނިސްތާނަށް ބާއްވައިގެންވެސް ތިޔަމީހުންތަށް މަރުން ސަލާމަތްކުރުމަށްޓަކައި މަސްތުވާތަކެތި އެތެރެކޮށްދޭންޖެހޭ ހެއްޔެވެ؟

  70
  2
 3. ނަސީދު

  ބޯން ޖެހޭނެ، ބޯވެން ޖެހޭނެ!

  48
  5
 4. ބްރޯ

  އަދިވެސް މަސްތުވަތަކެތީގެ މީހުން ސަލަމަތް ކުރަން ހަރަދު ކުރާވާހަކަ އެއްގޮތެއްވެސް ނުވާނެ ތިޔަކަން ތަޖްރިބަކުރިމީހަކު ކިޔައިދިންގޮތުގަާ މަސްތުވަތަކެތުން ސަލާމަތްވުމަށް ބޭނުންވަނީ ހިތްވަރާއެކު އެ ބޭނުންނުކޮށް 21 ދުވަހު ކެތްކުރުން އޭގެ ފަހުގަ އޭނާހުންނާނީ ސަލާމަތްވެފަ.ހަގީގަތުގަ ދިވަހިގަުމުން މަސްތުވާތަކެތި ނުފިލުވުގެ އަސްލަކީ ޑްރަގް ރިހިބިލިޓޭސަން ސެންޓަރު އެއީ ބޭނުންތަނެއްނޫން ކުށަށް ދޭންޖެހޭނީ އަދަބު މުޖްތަމައަށް އަންނަންޖެހޭނީ އެމީހާ އަމިއްލަޔަށް އެހެންމީހުންއޭނާ ގެނަޔަކަސް އޭނަ ރަނގަޅެއްނުވާނެ.

  13
 5. އިބްރާހީމް

  ކީކޭ ބުނަންތޯ ތިޔަ އުޅުއްވަނީ؟ އެކުދިންނަށް އެތިކޮޅުކޮޅު ފޯރުކޮށްދޭންވީތޯ؟ އެކުދިންގެ ޙާލަތު ދަށްވުމޭ ތިޔަވިދާޅުވަނީ ކޮންކަމަކަށްތޯ؟

  އެކުދިން ރިހެބިލިޓޭޝަން ސެންޓަރުތަކަށް ގެންގޮސް ފަރުވާދީ އަލުން މުޖުތަމަޢަށް ނެރެން ހިއްވަރާއި އެކު މަސައްކަތްކުރަންވީ ވަގުތުމީ! އަޅާލުމާއި ލޯބިދީ އެއީ ވެސް މުޖުތަމަޢަށް ބޭނުން ހިފޭނެ ބައެއްކަން ވިސްނައިދޭންވީ!

  އެކުދިން އެހިސާބަށް ދާން މެދުވެރިވާ ސަބަބުތަކެއްވެސް ހުންނާނެ! އެކަންކަމަށްވެސް ހައްލެއްހޯދާދޭންވީ!

  ބަލިވުމުން ބޭސްކުރުމުގެ ބަދަލުގައި ބަލިން ރައްކާތެރިވެ ތިބުން މުހިންމުވާފަދައިން ....

  4
  3
 6. ފެކްޓް

  ތި ބުނާ އެއްޗަކުންދޭހަވަނީ އެމީހުންގެއަސްލު ހާލަތުގައި ދެމި ތިބުމަކީ ކަލޭމެންއުފާވާ ކަމެއްހެން!

  70
  1
 7. ރަނގަޅު

  ވަރަށް ވެއްޖެ އެއްނު! ހަމަ ރަނގަޅު ތި ވީ ގޮތް

  43
  1
 8. އަޖައިބެއް

  ނުޖެހޭއަޅާލާކަށް އެމީހުންނަކާއެއް އަމިއްލައަށް ކޮށްގެން ތިބިކަމެއް

  59
  1
 9. ތެދު

  އަޅެ ހީވަނީ މި އީ ކޮންމެހެން އެމީހުން ބޯން ޖެހޭ އެއއ އްޗެ އްހެން. ބަ އިތި އްބަބަލަ ވާ އއެއ އްޗެ އްވާން. މިމީހުންނާ ހެދި އާއއ އިލާތަކަށްވެސް ނޫޅެވިގެން މި އުޅެނީ

  62
  1
 10. See

  މީގެންވެސް އެނގެނީ މި އެތެރެވަނީ އެނގިގެންކަންް ސީޕީ ހަމީދުވެސް ފެ އިލް ހަމަ.

 11. ގާފަސް

  ކޮންކަމެއް. ބަލާއެކެއްނު ހަމީދު. އެހާ އެމީހުން މަސްތުވާ އެއްޗެހި ދޭހިތްވަންނާ. ދުވާލަކު ގިނަވެގެން ދެއިރު ކާންދިނީމަ އެމީހުންގެ ހާލަތު ދަށެއް ނުވާނެ.

 12. ޟުުސް

  ހަމީދުމެން ކުރުވާކަމެއްތަ ތީ ހަމަ އަޙާލީ

 13. ވިސްނާލުމަށް އެދެމޭ

  އެހެން ގަ އުމުތަކުން ޑްރަގްނަގާ މީހުން މަގުމަތިން ހުސްކޮށް އެމީހުން ފަރުވާ އަށް ރިހެބަށް ގެންދަން މަސަ އްކަތްކުރަނީ މިގަ އުމުން ބޯންދީގެން މަގުމަތީގަ ބަ އިތި އްބަން ބާރު އަޅަނީ.. މިބޭފުޅާ މި އެދެނީ ރިލީފް ފަންޑުން ބޯންދޭން...ހިކި އެއ އްޗެހި ދިޔާ އެއ އްޗެ އްސަށް ބަދަލުކުރަން...ހަމަ އެކަނި ހަކުރުބޯންވީމަ ދެން ހަކުރުގިނަވޭ... އެހެންވީމަ ގަންޖާ އަށް ބާރުދީފަ..މިފަދަމީހުންގެ ސަބަބުން ގަ އުމާ ރަ އްޔިތުންނާ މުޖުތަމަ އަށް ލިބެނީ ފަ އިދާތޯ ގެ އްލުންތޯ ހަމަ އިގަތިބި މީހުން ވިސްނާލަންޖެހޭ...

 14. ބްރޯ

  ކާކު ސިކާރަ ކުރި ބައެއް ތިޔައީ ؟އަމިއްލަޔަށް ސިކާރަވާގޮތް ބުނެދީބަލަ.

 15. އަޖައިބު

  އެއީ ކޮންމެހެން ބޯން ޖެހޭ އެއްޗެއް ހެން ހީވަނީ ތިޔަ ވާހަކަ ހުރިގޮތުން.. އެ މީހުންނަށް މަސްތުވާތަކެތި ނުލިބިގެން ސަރުކާރުން ވަރަށް ކަންބޮޑުވާ ކަން މި ހާމަ ވީ..

 16. ކީކޭ ބުނާނީ

  އެ ބޮއެގެން އެ މީހުންގެ ހާލަތު ކޮން ރަނގަޅެއް ވާނީ.. ދެ ތިން ހަފްތާ ވަންދެން އެހެން ބައަތިއްބާ.. ރަނގަޅު ވެދާނެ..

 17. ނަޝީދު

  ކަލޭމެން ހޭބަލި ވަނީތަ އެމީހުންނައް ހަމަ ބޯނެ ސާމާނު ދޭން ޖެހޭތަ ކިހާ ދެރަ ކަމެއް %100 އިސްލާމީ ޤައުމެއްގެ މީހަކު ދެއްކި ހަޑި މުޑުދާރު ވާހަކަ...

 18. އަލްޖިބްރާ

  ބަލިވެގެންވެސް މަރުވެގެންވެސް ތިޔަ ވަބާއިން މިޤައުމު ސަލާމަތް ވެއްޖިއްޔާ އަލްޙަމްދުލިއްލާހި ޝުކުރު !

 19. ސަހަރޯ

  އެކަމާ ސަހަރޯ ވެގެން ޕޮލިސް އަތިލައިގަނެފައި ހުރި ތަކެތި އެމީހުންނަށް ދޭން ނުނިއްމާތި.....

 20. ސާބަސް

  ކަލޭދެން އެމީހުންނައް މަސްތުވާތަކެތި ނުލިބިގެން ތިހާދެރަވަންޏާ ހޯދައިގެން އެމީހުންނައް މަސްތުވާތަކެތިބޯންދޭންވީނު ދެންކިހެނެއް މިޤައުމުން މިކަންހުއްޓުވާނީ

 21. ޕީޖޭ

  ޢަބްދުލް ހަމީދޫ އޯލްޓަނޭޓިވްއޭ ބައްޔޭ ކިޔައިގެން މަސްތުވާތަކެތިބޯ މީހުންނަށް ބޯން ދޭށޭ ތިކިޔަނީ...ބަލަގަ ﷲ ހަރާމް ކުރެެއްވިކަމަކުން ސަލާމަތްވުމަށް ﷲ ނަހީކުރައްވާފައިވާ ކަމެއްކޮށްގެން ސަލާމަތްވާނެކަމަށް ޤަބޫލުކުރުމަކީ ސަލާމަތު ބުއްދި ހުރި އިންސާނަކު ހަމަ ބުއްދީގައި ގަބޫލްކުރެވޭނެކަމެއް ނޫން...ޑްރަގު ސްޓެޓް އަށް ބަލާ ..ރާއްޖޭން މަދުތޯވަނީ....ދީނާއި ގާތްވެގެން މެނުވީ އެކުދީން ސަލާމަތެއް ނުުކުރެވޭނެ

 22. Anonymous

  ހަމީދު ވިދާޅުވީ އެފަދަ މީހުންނަށް "އޮލްޓަނޭޓިވް ޓްރީޓްމަންޓް" ނުވަތަ "އެލްޓަނޭޓިވް އެކްސެސް ޓު ސާވިސް" ލިބެންޖެހޭ ކަމަށެވެ.
  ޞުބްޙާނަﷲ ކީކޭ މިބުނަނީ. މަސްތުވާ ކޮންމެވެސް އެއްޗެއް ދީގެން ނުވަތަ މަސްތުވާ ތަކެތީގެ ޚިދުމަތް ލިބޭނެ ގޮތް ހޯދައިދީގެން އެފަދަ ފަރާތްތައް ހިމާޔަތްކުރަން.
  މީ ވަރަށް ބިރުވެރި ވާހަކައެއް. މާލެއިން މަސްތުވާ ތަކެތި ލިބުން ދަތިވެ ޕާޓޭއިން ޙާލުގައި ޖެހުމުން އެމީހުން ސަލާމަތްކުރަން ދުވުމީ ނުރައްކާކަމެއް. މިވަގުތު މިނޫން ކަމެއް ކުރަން ނުފެނުނީބާ. މި ޙަމީދެއް މިހާރުން މިހާރަށް އިސްތިޢުފާ ދިނުމަށް ގޮވާލަން. މިފަދަ މީހުންނަކީ ގައުމުގެ ހަލާކު.

 23. ނަައީމް

  ހަމީދުގެހިހާލުވެސް މިކަމުގް އެގިއްޖެދޯ މީ މިކަން ތަހުގީގުކުރަންހުރި އިދާރާގެ ވެރިމީހާ ދެކޭގޮތް ދެންކިހިނެއް މީނަ އެތާގަ ބަހައްޓައިގެން މިކަން ހައްލުކުރެވޭނީ މަސްތުވާ ތަކެތި ރާއްޖެއިން ހުސްވެދާނެތީވެ މިހާލަތުގަވެސް މިކަލޭގެ މި ކަންބޮޑުވަނީ މިކަލޭގެ ހަށިފާރަވެރިންނަކީ ބޯމީހުންވީމާ އެމީހުން ބުނާގޮތް

 24. ނަގުލު ފިއްތި

  އަބްދުލް ޚަމީދު ވިދާޅުވާ އެއްޗެއްގެ މާނަ ފުށުއަރާ ގޮތް އެބަވޭ. ހީވަނީ އެމީހުންނައް މަސްތުވާތަކެތި ނުދެވިގެން އުޅޭހެން. ކަލޭމެން ތިހުރިހާ އެންމެން ފަރުވާދޭން ގެންދަބަލަ. މަސްތުވާ ތަކެތި ބޭނުން ކުރާމީހުންގެ ތެރެއިން އެކަން ހުއްޓާލަން ބޭނުންވާ މީހާވެސް ފަރުވާޔައް އެދި ސަލާން ޖަހަޖަހާ ތިން ހަތަރު އަހަރު ހްމަފުށިން ނޫނީ އެހެން ތަނަކުން ވިޔަސް ޖާގައެއް ނުލިބިގެން. ކަލޭމެންނައް ވވވވވވ ވެދުން

 25. ރައްޔިތުން

  އއަދިވެސް ސަރުކާރުން މަސްތު ވާ މީހުން ގެ ހަ އއއްގުގަ. ކޮބާ އަ ހަރެމެން ގެ ރަ އްކާތެރިކަން

 26. ﷲއަށްބިރުވެތިވޭ އަނިޔާވެރިނާ ދުރަށްދޭ

  ކިހާބޮނޑު ބަލާވެރިކަމެ އްތަތީ ކަލޭމެންގެ ވިޔަފާރި ދަށްވީމާ ތިތެޅެނީ ދެން އެހެން ވި އްޔާ ﷲހަރާންކުރަށް ވާ އަންގަވާފަ އޮތްކަމެ އް ކިހެނެ އް ހަލާލުވާވީ ކަލޭ އެބުރިދި އުންވަނީ ކޮންތާކަށްތޯ މިގޮތަށް މިކޮމެންޓު ކަލޭމިނަންބޭނުން ކުރީ އިންސާނާﷲދެ އްވި ނި އުމަތުގަ އި އުޅެ ﷲހަރާންކުރެ އްވިހާ ކަންތަކަށް އަރާގަނެ އެކަލާގެ އައއށް ބިރުވެތިނުވެ ދުނިޔޭގަ މަތީމަގާމާ އުފަލާ ލަ އްޒަތުގަ އި އުޅެމުންދާތީ

 27. ސީނު

  ތިހެންބުނީމަ ހީވަނީ މަސްތުވާތަކެއްޗަކީ އެމީހުންގެ ފުރާނައިގެ ކާނާހެން . ކޮންމެހެންވެސް ލިބެންޖެހޭ އެއްޗެއްހެން. އޯ "ބޯންޖެހޭނެ ބޮވެންޖެހޭނެ އަބަދަކު އެންމެން ހަމައިގަ ތިބޭކަން ނުޖޭނެ" ޝިޔާރުގެ ފިކުރު ދޯމީ

 28. ދާމޫ

  ފަރުވާގެ އަލްޓަނޭޓިވް އަކަށް ވާންވާނީ ދީން ހުއްދަކުރާ ގޮތްތަކުގެ ތެރެއިން ގޮތެއް!

 29. Anonymous

  ދެން ހަމީދު ނުކުމެ އެކުދިންނަށް އެ ބަހަންވީނު ??