މާލޭ މަގުމަތިން އެތައް ބަޔަކު އެއްވެފައި ވަނިކޮށް ދެމީހަކު ވެގެން މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ. ދެމީހަކު ވެގެން މީހަކަށް އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި މީހަކަށް އަނިޔާ ކުރަމުން ގެންދިޔައިރު މަންޒަރު ބަލަން ވަށައިގެން އެތައް ބަޔަކު ތިބިއިރު ވެސް އެއްވެސް މީހަކު އެކަން ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ.

ވީޑިއޯގައި ދައްކާ ވާހަކަ އިން އެނގޭ ގޮތުގައި މީހަކަށް ދެމީހަކު އަނިޔާ ކުރީ ޕިކަޕެއްގެ ތެރޭގައި ހުރި ފައިސާތަކެއް ވަގަށް ނެގުމުންނެވެ. އެމީހުން ހުތުރު ބަހުން ވާހަކަ ދައްކާ އަނިޔާކުރަން ފެށުމުން ވަގަށް ނެގި ފައިސާތައް އެތަނުން އެކެއްގެ އަތައް އޭނާ ދޭ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އަނިޔާ ކުރުމުގެ ތެރޭގައި އޭނާގެ ޓީޝާޓް ވެސް އޮތީ ވީދާލާފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ވައްކަން ކުރާ މީހުން އަތުލައިގަނެ އެމީހުންނަށް އަނިޔާ ކުރުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. ބަޔަކު ވަގަކަށް އަނިޔާ ކުރިޔަސް މަންޒަރު ފެންނަ މީހުން ގިނަ ފަހަރަށް އެކަމާ އަޅައެއް ނުލައެވެ.

ނޯޓް: މިހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯ ޚަބަރުގައި ހިމަނާފައި ނުވަނީ އެ ވީޑިއޯ އިން ލާއިންސާނީ އަމަލުތައް ފެންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

 1. ައާރިފް

  ދެންވެސް އެމީހަކު ނުވާނެ މައިތިރި

  67
  5
 2. ދައުލަތް

  ފުރަތަމަ ވީޑިއޯ ފެނިފަ ހީކުރީ އިންޑިއާ މަގުމަތީ މުސްލިމަކަށް އަނިޔާކުރަނީކަމަށް. ފަހުން މިއެނގުނީ މާލޭ މަގުމަތިކަން. މިހަމަ އިންޑިއާއެކޭ ތަފާތެއްނެތް. ވެދާނެ އިންޑިއާ ސްޓޭޓެއްފަދަ ތަނެއްތާމީ. ކުޅިބަލަން ތިބި މީހުން ވަކި އަނިޔާވެރިކަން ކުޑައެއްނުން އަނިޔާކުރި ދެމީހުންނަށްވުރެން. މިވެސްމިހާރު ހަމަ އިންޑިއާ.??

  47
  14
  • ބޮނޑި

   ވަގުންނާއި މޮޔައިން ވެރިކަންކޮށްފަ ދިޔައީމާ އެހެންވާނެ! އަޅާނުލާ ރައްޔެތުން އަމިއްލަޔަށް ބޯބޮނޑި

   4
   19
 3. Anonymous

  ރާއްޖެއެކޭ ގެރިގުއި އިންޑިޔާގެ އަވަށެކޭ ހަމަ އެތްގޮތް. ޤާނޫނު އަމިއްލަ އަތަށް ނަގާ މީހުންނަށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަން.

  37
  15
 4. Anonymous

  ގައިދުރުވުމެއްވެސް ނެތްތަ؟ ތިއޮތީ ވާ މާލެ އެއް. ތިތާ އެބަތިބި 3 މީހުންނަށް ވުރެ ގިނަ މީހުން. ގޭގަ ތިބޭށޭ ބުނީމަ ގޭގަ ތިބެބަލަ. ދިވެހިން ނިކަން ބަސްއަހާނޭ???

  91
  4
 5. ސީލަބަލަ

  ތީގަވެސް ކުށްވެރިވާނީ ތަޅައިގެން މީހުން، ވަގު ސަލާމަތްވާނެ، އޭނައަށް ލިބިދޭ ކޮންމެސް ހައްގެއްގެ ދަަށުން....މިހެން ވަނީ ކަމާ ބެހޭ ފަރާތްތަކުން ދޭންޖެހޭ އަދަބު ނުދެވެންޏާ

  107
  11
  • މިހާރު

   ތިންމީހުންވެސް ކަޑަ. ވަ އްކަން ކުރީމަ އެ އީ ވަރަށް ބޮޑު ކުށެ އް. ނަމަވެސް، އއޭގެމާނަ އެ އް ނޫން، އެމީހުންނަށް މީހެ އްގެ ގަ އިގަ އަތްލުމުގެ ހަ އްގެ އް ލިބުނެކޭ، މިތާގަ އި، މި އަތްލުމޭ މި އިޝާރާތް ކުރަނީ އަނިޔާކުރުމަށް. ވަގު ހިފެހެ އްޓިދާން. އެކަމަކު އަނިޔާ ކޮށްގެން ނުވާނެ! 3 މީހުން ވެސް ކު އްވެރި ވީގޮތުން!

   26
   20
  • ައެޑަމް

   ތަޅަ އިގަތް މީހާ ކު އްވެެރިނުވާނެ ގޮތެ އް ނޭގެ!!

   22
   7
 6. މަރީ

  އެކަހަލަ މީހުން މައިތިރި ވާނީ އެގޮތަށް ހަދައިގެން. މިހާރު ވިސްނޭނެ އެއްޗެއް.

  92
  18
 7. މާރުބެ

  އިންސާނުން ބުރަމަސައްކަތުން ހޯދާފައިސާ އެހެން ކަމެއް ނުކޮށް މަގުމަތީ ގިނަވެގެން އުޅޭ މީހުން ފޭރިގަތީމަ ރުޅިއަންނާނެ.
  ކޮށްލިވަރު ކުޑައީ ...

  107
  11
 8. ޅޮލް

  އިސްލާމީ ޝަރީއަތް ނުހިނގާ، ސިސްޓަމް ފެއިލްވެ އަދުލު އިންސާފު ގާއިމް ނުކުރެވޭ ގައުމުގެ މިސާލު ތިފެންނަނީ.

  136
  4
 9. ކެހެށާ

  ލާ އިންސާނީ އަމަލު ހިންގެނީ ކުށްކުރާ މީހުންގެ ހަ އްގުތަށް ގިނަވެ ކުށްނުކުާ މީހުން ޝިކާރަޔަކަށްވެ ކުށްވެރީންނަށް ހަ އް ގު އަދަބުނުލިބި ސަލާމަތްވުން..މިކަމުގެ ޒި އްމާ އުފުލާނީ ކޮންބަ އެއއއ އްބާ؟.

  90
  4
 10. ކަމިނީ

  އިސްލާމީ ޝަރީޢަތް ނެތިީމަ އެ މަގުމަތިން އެމީހުންގެހައްގު ހޯދީ ... މި ހަބަރު ލިޔުނު މީހަގެ ލާރިގަޑެއް ކުރިމަތިން ހިފައިދާއިރު ވވ ލޯބިން ބުނާނީ ލާރިކޮަޅު ދޭށޭ ވާުނުވާ

  27
  5
 11. Anonymous

  ރާއްޖޭގެއެކޭ ގެރިގުއި އިންޑިޔާގެ އަވަށެކޭ ހަމަ އެތްގޮތް.

  13
  11
 12. ހހަ

  އިންޑިޔާ ފެންވަރަށް ގޮސްފަ މި އޮތީ. ކީއްކުރާނީ

  11
  9
 13. ުއުނދުޅި

  ކުދި ވަގުންތައް ފާޅުވެއްޖެ

  21
  1
 14. އައްޑޫ ލެއި

  ކިހިނެއް އެނގެނީ އެއީ ބުރަ މަސައްކަތުން ހޯދާފަ ހުރި ލާރިކަމެއް ނޫނީ ހިކި ޖޫސް ވިއްކައިގެން ނޫންކަމެއް. ކޮންމެގޮތަކަށް ހޯދާފަ ހުރި ލާރިޔަކަށް ވިޔަސް ވަގަށް ގެންދިއުމަކީ ކުށެއް.

  20
  1
 15. މޮގޮަމްބޯ

  މުސްލިމު ގައުމުތަކުގައި ވަރަށް އާންމު ކަމެއް މިއީ

  3
  28
  • ތެދެއްމެ

   އިންޑިޔާ ވެސް 100% މުސްލިމު

   11
   4
 16. ސީނު

  ރާއްޖޭގެ ފެންވަރު މިދަރަޖައަށް ވެއްޓޭތަން ބަލަން ތިވެގެންނުވާނެ. އަނިޔާނުކޮށް ތިކަން ކުރެވުނީސް. ބަލަން ތިބިމީހުންނެކޭ އަނިޔާކުރިމީހެކޭ ވާނީއެއްވަރު

  7
  12
 17. ޢަބްދުއްލަޠީފު

  ވައްކަން ކުރާ މީހުން އަތުލައިގަނެ އެމީހުންނަށް އަނިޔާ ކުރުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. ބަޔަކު ވަގަކަށް އަނިޔާ ކުރިޔަސް މަންޒަރު ފެންނަ މީހުން ގިނަ ފަހަރަށް އެކަމާ އަޅައެއް ނުލައެވެ. ސޯޝަލް ސެކިއުރިޓީ ގާއިމް ކޮށް ނުދެވުނީމަ މިބާވަތުގެ ޖަރީމާތައް ފެނުން ގިނަވާނެ. ކޮންމެ ރަށެއްގަ މީގެ ހައެއްކަ މީހުންތިބޭ ބަލާޖައްސަން. ސަރުކާރުން އެމީހުންނަކަށް އެއްވެސް އަދަބެއް ނުދޭ. ކުކުޅެއްފަހަމުން އައިސް ގޯތި ތެރެއަށް ވަދެފަ ދަނީ ކެޔޮގަނޑު ކަނޑައިގެން. މިދެން ހެޔޮވަރުގެ ބަލާވެރިކަމެއްނޫންތަ؟ އެއިން މީހަކާ ދިމާލަށް އެއްޗެކޭ ބުނެފިއްޔާ ގޭގެ ބިއްލޫރިތައް ތަޅާލާނެ. އެހެންވީމަ ބަޔަކު އަގައިންވެސް ނުބުނާނެ. ކެޔޮގަނޑު ކަނޑާލައިގެން ހެވިލާފަ ވަގުކަލޭގެ ދާތަން ބަލަން ތިބުންނޫން އެހެން ގޮތެއް ނެތް. އެހެން ވީމަ އެމީހުންނަށް އަނިޔާކުރާތަން ބަލާނެ ދެކޭނެ ބަޔަކުވެސް ނުތިބޭނެ.

  17
  3
 18. ެއަންބަލަން

  ވައްކަންކުރާ ކުއްވެރިންނަށް މަގުމަތީ އަދަބު ރާއްޖޭގައި އާންމުވެފައިވަނީ ކުށްކުރިމީހާއަށް އެކަށީގެންވާ އަދަބެއް ފުލުހުންގެ ފަރާތުން ނުލިބުމާއި ޖަލަށްލުމަށްފަހު ނޫނީ ހައްޔަރުކުރުމަށްފަހު ވާނުވާނޭނގި ވަތްދޮރުނޫން އެހެންދޮރަކުން ނިކުމެ ކުށްވެރިޔާ މުޖުތަމަޢަށް ވައްކަން ކުރަން ދެވަނަ ފަހަރަށް ނިކުންނާތީ މިއީ މިގައުމުގެ ހާލަތު..

  17
  3
 19. ނަައީމް

  ސައުކާރުން ރައްޔިތުންނަކަށް އަޅައެއްނުލާ މީވާސަރުކާރެއް މިގެނައިބަކަށް ފައިދާ ވާގޮތަށް.....

  13
  2
 20. މޫސަ

  މަގުމަތިން އަނިޔާ ކުރަން ޖެހެނީ އިންސާފު ނުލިބޭތީ. ޤާނޫނުތައް ހަދާފައި ހުރީ ކުށްވެރިން ހިމާޔަތް ކުރަން.

  25
  2
 21. ޜާއްޖެ

  ތަންކޮޅެއް ކުރިން ސައިކަލް ތަކެއްގަގޮސް ބަޔަކު މީހަކު ތަޅާ ރޯނާ ކުރި ވީޑިއޯވެސް އާއްމުވި. ޥީ ކަމެއް ހަރާން.

  13
 22. އިސްމަޅާ

  މަށަށް ފެނިގެން ލާހިކެއްނޫން އެގޮތަށް ތަޅާކަށް...ހިފަހައްޓާފަ ޕޮލިހުންނަށް ގުޅާ...މަގުމަތިން ކަންކަން ނިންމުމުގެ ހިތި ފެނިފަތިބި މީހުންނަށް އިނގޭނެ...!

  8
  4
 23. އަލީއިމްރާން

  ތިޔަ ކަންތައް ތިޔަވަރައް ދާންޖެހުނީ ސަރުކާރުން ގެން ގުޅޭ ދޯދިޔާ ސިޔާސަތެއްގެ ސަބަބުން މިހާރުވެސް ފެންނައް އެހެރީ ވީޑިއޯ ގަލޮޅުގަ ހުންނަ އިހުސާން ފިހާރައިން މީހަކު ކަނަމަދު ވަގައް ނަގާތަން ފުލުހައް ގެންދޭ އަނެއްކާ 5 6 ރޭ ފަހުން އެއްކަލަ މީހާ އަނެއްކާ ހަމަ އިހުސަނުފިހާރައިން ކަނަމދު ވަގައް ނަގައިގެން ފުލުހައް މީބޮޑުވަރެއް ނޫންތޯ ދެންވީ އިހުސާން ފިހާރައިގް އުޅޭމީހުން އެއްކަލަ މިހާޔައް އަނިޔާ ކުރަން އަނިޔާ ކުރުން އެއީ ރަނގަޅުކަމެއްނޫން އެކަމަކު އިންސާނާޔައް މިމަޖްބޫރްވީ އަމިއްލަޔައް ސަރިޔައް ކުރަން ހިތާމައިގެ ކޮޅެއްނެއް މިޔޮއް ގައުމެއްވާދޯ

  10
 24. ޫ

  ތީގަވެސް ކުށްވެރިވާނީ ތަޅައިގެން މީހުން، ވަގު ސަލާމަތްވާނެ، އޭނައަށް ލިބިދޭ ކޮންމެސް ހައްގެއްގެ ދަަށުން....މިހެން ވަނީ ކަމާ ބެހޭ ފަރާތްތަކުން ދޭންޖެހޭ އަދަބު ނުދެވެންޏާ

 25. އަހުމަދު ހުސައިން އަލީ

  ތިހެން ކިޔަކިޔާ ތިބެނ ޖެހޭނީ ދިވެހިނގެ ކުރިމަތީގައި އިންޑިއާ މީހުން ފިވެހިންގެ އަނބީންރޭޕްކުރީމާ ފުލުހުން އަޅައިނުލަަނެ ދުވަސް އޮތީ ދާދި ގާތުގައި. އިންޑިއާގެ އެތައް ސަތޭކަ ސިފައިންނެއް މި ރާއްޖެއަށް މި ސަރުކާރުން އެތެރެކޮށްފައި އެބަތިބި. ވަރަށް އަވަހަށް ދިވެހީންނަކީ ދެވަނަ ދަރަޖައި ރައްޔިތުންނަށް ވާނެ. ދިވެހިން އަމިއްލަޔަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރޭތަން މި ފެންނަނީ.

  8
  2
  • އާއިންތު

   ކަލޭ ދޯ އެތެރެކުރީ. ދެން ކަލޭ ދޭބަލަ ޖާނުން ފިދާވާން. ހޮޅި ވާހަކަ ދައްކާ ކުޑަކުދިން ގާތު.

   2
   6
 26. މުހައްމަދު ބިން އިއްލެ

  ވައްކަން ކުރީމަ ވަގުތުން އަދަބު ހައްގު.ވަރައް ބަރާބަރު ޖެހިޖެހީނުން ބިންދާލަން ޖެހެނީ.ފުލުހުން ނާ ހަވާލު ކުރީމަ ގެންގޮސް ސަމާސާކޮއް ހިއްވަރުދީފަ ދެވަނަފަހަރައް ވައްކަންކުރަން ދޫކޮއްލަނީ. މަހަމަތާއީދު ވަގައް އަދަބު ދިންމީހުންނައް ފައްފަށުން ށުކުރިއްޔާ.ވައްކަން ކުރީމަ އިންސާނީ ހައްގު.އިހުލާސްތެރި ތެދުވެރި އެއްނަމަ ހިއުމަން ރައިޓްސް ކޮންމެވެސް ދޭތެރެއެއް ތާށިވެފަ ވައްﷲއައުްލަމް

  5
  1
 27. ޟާރިޔާ

  ޕޮލިހުންވެސް ތިބޭނެ ކުޅިބަލަން. ޕޮލިހުންގެ މުވައްސަސާ ޖެހޭ ރީފޯމްކުރަން ނޫނީ މިގައުމު ގައި އިންސާފެއް ހޯދަން ލާހިއްކެނުން!!
  އިތުބާރެއްނެތް މުވައްސަސާ އެއް!

  • ...

   ?

   2
   1
 28. އަނދޭ

  ޢިންސާފު ނުލިބޭ ކޮންމެތަނެއްގަ އިންސާފު ހޯދެން އޮތް ގޮތަކަށް ރައްޔިތުން ހޯދަން މަސައްކަތް ކުރާނެ.

 29. ސަކަމޫޖީ

  ސަލާ މަތީ ބާރުތަކުން ރައްޔިތުންގެ ސަލާ މަތްކަން
  ކަށަވަރުނުކޮށްދޭތީ ވާގޮތް.

 30. ޏަމްޏަމް

  ބަލިޖެހޭވަރު މަދީ ތަ އަދިވެސް. ބަލަ ކޮރޯނާ އުފާވާނީ އޭ ތިހެން ހެދީ މަ.

 31. Anonymous

  ކީއްވެގެން ޚަބަރުގެ އަސްލު ގެއްލުވާފަ ތިއޮތީ؟ ކީއްވެގެން ވަގަކު ޕިކަޕެއްގެ ތެރެއިން ބަޔަކުގެ ފައިސާވަގަށް ނަފައިގެން އޫޅެނިކޮށް ގަދަބާރުން އެފައިސާ އަތުލައިގެންފިޔޭ ލިޔަން ނޭގުނީ. އަދި ކީއްވެގެން ވަގުކަލޭގެ ފައިސާ ދިނީ އޭނެގައިގެ ތަޅައިގަނެ ކިތަންމެ ބޮނޑިއެއް އެޅިފަހުންނޭ ލިޔަން ނެއެނގުނީ. ވަގުކަލޭގެ ނަސީބު ގަދަތާ އަދިވެސް ދެއަތް ހަމަޔަށް އެބަހުރި ވިއްޔާ؟