ސާފުތާހިރުކަމުގެ ގޮތުންނާއި ޖާގައިގެ ގޮތުން އެކަށީގެން ނުވާ ތަންތަނުގައި ދިރިއުޅެމުންދިޔަ 200 ބިދޭސީއަކު ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންް ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުންދާ 5000 މީހުން އެހެން ތަންތަނަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ބިދޭސީ މަސައްކަތްތެރީން ޖާގަ ތަނަވަސް ތަންތަނަށް ބަދަލު ކުރުމަށް ހަދާފައިވާ ޕްލޭނުގެ ދަށުން 200 ބިދޭސީއަކު މިހާރު ހުޅުމާލޭގެ ލޭބާ އެކަމޮޑޭޝަން ފެސިލިޓީއަކަށް ގެންދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަކު، އޭގެތެރޭގައި ހިމެނެނީ އަންހެން އަދި ފިރިހެން ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި 200 މީހުން ގެންދިޔައީ އަމީން ހިޔާ ލޭބާ އެކޮމޮޑޭޝަން ފެސިލިޓީއަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭގައި އާއި އެހެނިހެން ތަންތާނގައި ބިދޭސީން ބޭތިއްބުމަށް އިތުރު އެކޮމޮޑޭޝަން ފެސިލިޓީތައް ގާއިމް ކުރުމަށް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި ސިޓީ ކައުންސިލާ އިމިގްރޭޝަނުންނެވެ.
އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ގޮތަށް މާލޭގެ ކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ބަދަލުކުރަން ހުޅުމާލެ އާއި ގުޅިފަޅުގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ.
ބިދޭސީންގެ މައްސަލަ އަށް ހައްލު ހޯދުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ، ގަވާއިދުގެ ތެރެއަށް ވަނުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވައިލި ފުރުސަތުގައި 40،000 މީހުން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ.
މާލޭދަ އުޅޭ ރާއްޖެތެރޭ މީހުންވެސް ވަރަށް ކުދިކުދި ތަންތަން ކޮޅުގަ ކުއްޔަށް ވަންނާނެ ތަނެއް ގެދޮރެއްވެސް ނެއް ކިތަމެ ބަޔަކު އެބަތިބި ރަށުގަވެސް ގެދޮރެއް ނެއް މާލެ ކިއްކުރަން ރާއްޖޭގެ އެއްވެސް ތަނެއްގަ ގެދޮރުނެއް ދިވެހިންނަށް އޮތީ ކޮންގޮތެއްބާ!!!
އަނެއްކާ އަނެއް އުދަގޫ ސަރުކާރަށް. އެމީހުން ހިލޭ ބައިތިއްބާފަ ދިވާލު މަސައްކަތަށް. އެމީހުން ގެނައީ ކާކުތީބަލާ އެމީހާ ގެނައި ދިވެހި މީހާ އަސް އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތް. ދެން އަނެއްމައްސަލަ. އެމީހުން އަތުގައި އެއްވެސް ޑޮކިއުމަންޓެއް ނެތް. ދެން ކިހިނެތް ފޮނުވާލާނީ. ބަނަގާލަޚުން ހަވާލެއް ނުވާނެ.
ރެޑީވޭ، ބަނގްލަދޭޝް ސިޓީ އޮން ޕރްރޮސެސް ފޮރ 2030.
ސަރުކާރުގައި ބިން ހުސްވީތޯ.. މަޖިލިސް މެމްބަރު ޖާބިރު ގެ ކުލިނުދައްކާ އޮތް ބިމެއް ކުލި މާފުކޮށްފައި އަދި އެބިން ދައުލަތަށް ކުއްޔަށް ނަގާފަ އެވަރުން ނުވެގެން އެތަނުގައި ސަރުކާރުގެ ޚަރަދުގައި އިމާރާތެއް އަޅާފަ ބިދޭސީން ބަދަލުކުރަނީ..!
މިއީ މާރޯ ދުވާލު ދައުލުަތުން ވައްކަން ކުރުން ނޫންދެން ކޯޗެކޭ ބުނެވޭނީ..
މި އޮތީ ވާ ގައުމެއް.. މަޖިލީހުގައި މީނާ އަނގަ ގަދަވާތީވެ.. މާތިރިކުރަން ވެގެން ހެދި އެސްފިންނާ ފަނޑިތައެކޯލަ..!
އަހަރަމެންނަށް ޚިދުމަތް ފޯރު ކޮށްދެއްނީ ވަރަށް ފުރިހަމަ އަށް ވަރަށް ރަނގަޅަށް
ވަރަށް ހާލުގަ ދިރިއުޅެން ކަމުނުދާ ވަރުގެ ކުދިތަންތަންކޮޅުގަ އުޅޭ ދިވެހިންވެސް ވަރައްގިނަ، ދިވެހިންވީމާ އަޅާލުމެއް ނުދެނީތޯ؟ ބިދޭސީން ފުރަތަމަ ގެ ޕޮލިސީދޯ..
ދިވެހިންނަކަށް މިފުރުޞަތެއް ނެތެވެ.ދިވެހިންނަށް ވުރެ ބަންގާޅުންނަށް މިސަރުކާރުން އިސްކަންދެއެވެ.
ދިވެހިންނަކަށް މިފުރުޞަތެއް ނެތެވެ.ދިވެހިންނަށް ވުރެ ބަންގާޅުންނަށް މިސަރުކާރުން އިސްކަންދެއެވެ.
ދިވެހިންނަށް ގޮވާލީ ރަޑަށް ދާން ބަންގާޅުން ކެޕިޓަލް ހޮޓާތަކަށް ސަޅި
ވޯޓް ދޭނީ ދެން އެމީހުން
އެވަރުންވެސް ސިވިލް ސާރވިސް މީހުން މަސައްކަތަށް ނެރުވާފަ މުސާރަ ދޭން ޖެހުނީމަ މިމީހުންހެ ގޮހޮރު ބޮޑުވަނީ. ބަންގާޅިންނަށް ލާރި ތަޅާ ބުރުވަންވީމަ އޯކޭ.
ބަލަ މަވެސް މިއުޅެނީ 6 ދަރިންނާ އަބިމީހާ ގޮވައިގެން ފުކެއްވަރުގެ ކުޑަ ކޮޓަރިގަނޑެއްގެތެރޭ ކައްކައިގެން ކަނީ މި ކުޑަ ކުޑަ ކޮޓަރީތެރޭ ދޮވެއިސްތިރި ކުރަނީ މިކުޑަ ގުދަނެއްފަދަ ކޮޓަރީގަ ގެންގުޅޭ ހުހިހާ ސާމާނެއް 8 ފޫޓް 8 ފޫޓް ހަމަނުވާ މިކުޑަ ތަންކޮޅުގަ ވަރައް ވަރައް ދަތި މިކަހަލަ ކުޑަ ތަންކޮޅެއްގާ އުޅެންޖެހުމުން ވަރަށް ބޮޑަށް ދަތިވޭ ވީމާ، ސަރުކާރަށް މިގޮވާލަނީ މަށާ މަގޭ އަނބި ދަރިންނަށްވެސް ތިކަހަލަ ފެސިލިޓީއަގުން ޖާގައެއް ހޯދަދެއްވާ ! ދިވެއްސަކަށް ނުވެ ބަންގާޅިއަކަށް ވީނަމަ މިޔަދު ކިހާ ރަނގަޅުވީސްބާއޭ ހިތައްއެބައަރާ !