ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތް ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތް ދިނުމަށް ނެރުނު މުވައްޒަފުންނަށް އިތުރުގަޑީގެ އެލަވަންސް އާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީ ބުނެފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައި ވަނީ އިތުރުގަޑީގެ ފައިސާ ލިބޭނީ އޮފީސްތައް ނުހުޅުވާ ހުންނަ މުއްދަތުގެ ތެރޭގައި މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ނެރޭ މުވަޒަފުންނަށް ކަމަށެވެ.
މީގެ އިތުރުން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނަރަލް އޮފް ޕަބުލިކު ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް މަސައްކަތަށް ނެރޭ މުވަޒަފުންނާއި، ސަރުކާރު އިދާރާތަކުން ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށް އެއިދާރާގެ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން ނެރޭ މުވައްޒަފުންނަށް ވެސް އެ އިނާޔަތްތައް ދޭނެ ކަމަށް ވެސް ސާކިއުލާގައި ވަނީ ބުނެފައެވެ.
ކޮވިޑް-19 އާ ގުޅިގެން އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސުމާ އެކު، އެ މުއްދަތުގައި މުވައްޒަފުންނަށް އިތުރުގަޑީ އެލަވަންސާއި ބަންދު ދުވަސްތަކުގެ އިނާޔަތް ދިނުމުގައި ދައުލަތުގެ އެންމެހާ އޮފީސްތަކުން އަމަލުކުރާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައްކަމުގައި ބަލާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީން މިއަހަރު ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ މަދުވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. މިއަހަރު އާމްދަނީ ދަށަށް ދާނެތީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅުއްވަން ސަރުކާރުން ވަނި ނިންމައިފައެވެ.
ސިޔާސީ މަގާމުތަކާއި ބޮޑެތި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ އިން 20 ޕަސަންޓު ވަނީ ކުޑަކޮށްފައެވެ.
ފިނޭންސުން ދޭންޖެހޭނެ އެއްޗެއް ގާނޫނުގައި އެބާބު އޮންނާނެ ކޮންމެ ހެން މަބޮނޑުވާނެކެއް ނެތް
ރިސްކްތެރޭގައި 8ގަޑިއިރު މަސައްކަތްކުރި މީހާއަށް ލިބޭނީ ހަމައެކަނި މުސާރަ..އެއްވެސް ވަރަކަށް ނުނިކުންނަ މުވައްޒަފަށްވެސް ހަމަޔަށް މިސާރަލިބޭނެ ކޮބާ އިންސާފު...ކޮވިޑްއާއި ގުޅިގެން ނެރުން މީހުނަށް އިތުރު އިނާޔަތެއްވެސް ނުދޭ..
ދެން ގޭގައި ތިބެގެން ޓިޗަރުން ގޫލް ކްލާސްރޫމް ގައި ކުރާ މަސައްކަތް އިތުރު. ގަޑީގެ ގޮތުގައި ނުވާނެތޯ؟
އޭގައި އޮތީ ބަންދުވަސް ނުލިބޭނެ ވާހަކަ..ގަވއިދު ބަދަލުކުރީ މަސައްކަތް ކުރުވާފަ ބަންދު އޯޓީ ދޭންޖެހޭނެތީ...އެހެން ނޫނީ ކުރިންވެސް ލިބޭ އޯޓީ ލިބޭނެ ވާހަކަ އަލުން ބުނަންޖެހޭތަ..
ހުސްދޮގު. ކޮންތާކުން ލާރި ނެރެނީ... އަމީރު ޖަހާ އެއޗެއްތަ އެއީ؟ މުސާރަ ނުދެވިގެން މީރާ މުވައްޒަފުންނަށް ބިރު ދައްކައިން ނެރެގެން މީހުން ފެލަނީ؟ ކޮބާތަ ރައްޔިތުންގެ ހެޔޮވެރިކަން...
މީނަގެ ބޮޑާވެރިކަން ދެއްކުން ނޫން ކަމެއް ނެތް. އެހެންތާ ވާނީ ކުފޫހަމަނުވާ މީހެއްވީމަ.
ގާނޫނުގައި ބުނާ ކަމެއް ނުކޮށް ނުވާނެ...
ފިނޭންސް މިއަހަރު ހާލަހުން ރޯދަ އިނާޔަތް ދޭން ނިންމި
ފަހަރެއް ވެސް ނުދޭ
ދެން ކޮބާ މިސްކިތު ގައި ނަމާދުކުރާ އިމާމުން އަދި މުދިމުންގެ ބަންދުދުވަހުގެ އިނާޔަތް!އެއްއިރެއްގަވެސް އެމީހުންނަކަށް ނުލިބޭ!24ގަޑިއިރު ވަޒީފާގަ ހަފްތާބަންދުގަވެސް އެކަމަކު އެކައްޗެއްނުލިބޭ!އިންސާފުވެރިސަރުކާރު އިންސާފުހޯދާދޭނެތަ
ޢިމާމުންނަކީ މެދުނުކެނޑި ކޮންމެ ދުވަހަކުވެސް 5 ވަގުތު ބަންގިގޮވާ މީހުންނެވެ. ޢެމީހުންނަށް އޯޓީ ނުދޭން އަންގާފަ އޮތި.
ތިޔައީ ހުސްދޮގު. މަށަކީވެސް އިމާމެއް. ހަމަ ކޮންމެ މަހަކުވެސް އެ ހަމަ ޖެހިފައި އޮންނަ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރު ގަޑީގެ ފައިސާ ލިބެމުންދަނީ. 19 ވަނަދުވަހު ސަރުކާރު ބަންދު ކުރިފަހުން އިތުރުވާނީ ކޮންމެ ހަފުތާ އަކަށްވެސް ފަސްދުވަސް. އެދުވަސް ތަކަށް އިތުރުގަޑީގެ ފައިސާ ނުލިބޭނެކަމަށް ރަސްމީ ލިޔުމަކުން ނާންގާ އަދި. އެހެން ވީމަ މިބަލަނީ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ލިބޭނެކަމަށް. ދެން ހަމަ ކުއްލިއަކަށް ނުދީފިއްޔާ އެވާނީ ޤާނޫނާ ޚިލާފަށް ހިންގި ޖަރީމާ އަކަށް. އެކަންތައް ބަލާ ފަހުން ފިޔަވަޅު އެޅޭނެ. ކެނެރީގޭ ނަޝީދުވެސް އޭނަގެ ވެރިކަމުގެ މަދު ދުވަސްކޮޅުތެރޭ އަހަރުމެންގެ ބަންދު ދުވަސްތަކުގެ އެލަވަންސާ އިތުރުގަޑީ ފައިސާ އިން ބޮޑުބައެއް އުނިކޮށްލި. ނަމަވެސް ޑރ. ވަހީދު އެއުނިކުރި ފައިސާ ހަމަޖައްސާދިން. އޭގެ ފަހުން މިވީހުރިހާ ދުވަހަކުވެސް މިދަނީ ބަރާބަރަށް އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކަށް ދޭންވާ ފައިސާ ދެމުން. ކުޑަކޮށް އުނި އިތުރު ޙިޞާބު ހެދުމުގެ ތެރޭ ދިމާވިޔަސް އަދި މިވީތަނަށް އެއްވެސް އެއްޗެއްނުދީ ނެތޭ.
މުޅިން ރައްޔިތުންނަށް އޮޅުވާލާ މަކަރު ހަދަން ނެރުނު ސާކިއުލާއެއްތީ. ރައީސް ކިނބޫ މީޑިޔާގަ ނޫސްވެރިންނާ ބައްދަލުކޮށް ބުނިއަޑު އެހިން ސިއްހީ ޚިދުމަތްތެރިންނަށް ރަނގަޅު އިނާޔަތެއް ހަމަޖައްސައިދޭނަމޭ. މުޅިންވެސް އޮޅުވާލުމާ މަކަރު ހެދުން. ކޮށްދޭނަން. ވާނެ. ބޮޑުކޮށްދޭނަށް. އަޅައިދޭނަން. މީ މީނައަށް ކިޔަން އިނގޭ އެއްޗަކީ. އަމަލީ ގޮތުން ކަމެއް ކޮށްދޭކަށް ނުކެރޭ. އެހެން ހުރިހާ ސަރުކާރު މަސައްކަތްތެރިން ގޭގަ ބައިތިއްބައިގެން ސިއްހީޚިދުމަތް ތެރިން ނަރުހުންނާއި ޑޮކްޓަރުން ކުރި މަސައްކަތުގެ އަގުވަޒަން ކުރާކަށް ނޭނގުނު. ދޯކައިދިނީ. 8 ގަޑީއިރު މަސައްކަތް ކުރީ ސަރުކާރު ބަންދުދުވަސްތަކުގަ މެދުނުކެނޑި. އެމީހުންނެކޭ ގޭގަ ތިބި އެނޫން މަސައްކަތްތެރިންނެކޭ އެއްހަމައެއްގަ މުސާރައާއި އިނާޔަތް ދިނުކަމީ ސިއްހީ ޚިދުމަތްތެރިންނަށްވީ ވަރަށް ބޮޑު ބޭއިންސާ ފެއް. ސާކިއުލާ ތިއޮތީ ވަރަށް ބޮޑަށް މަކަރު ހީލަތް ހަދައި ފަ. ވަގުތުކުދިންވެސް އެރަނގަޅަށް މުރާޖާކޮށް ފަ ޚަބަރި ލިޔުން އެދެން.
ޗުއްޓީ ނުނަގާތިބި މުވައްޒަފުންނަށް ޗުއްޓީ ލިބުނީ.. ޗުއްޓީގައި ތިބި މުވައްޒަފުންގެ ޗުއްޓީ ބަންދުދުވަސްތަކުގަ ގުނީމަ ކިހާ ފައްކާ ގަވާޢިދު