ރާއްޖެއަށް އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އެތެރެކުރި ސްރީ ލަންކާއަށް ނިސްބަތްވާ މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުވާކުރީ 2017ވަނަ އަހަރުގެ ޖޫން މަހުގެ 12ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ޗައިނާ އީސްޓާންސްގެ ފްލައިޓަކުން ރާއްޖެ އައިއިރު އޭނާގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވާތީއެވެ. ކަސްޓަމްސް އިން ފާސް ކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނެވެ. އެގޮތުން އޭނާގެ ލަގެޖުގައި ޕްލާސްޓިކް ފުޅިއެއްގައި 812.6 ގްރާމު ކެނަބިސް ހުއްޓެވެ. އަދި އިތުރު ދަޅެއްގައި 198.1 ގްރާމުގެ ކެނަބިސް ހުއްޓެވެ. އެމީހާގެ އަތުން މުޅި ޖުމްލަ 1010.7 ގްރާމުގެ ކެނަބިސް ފެނުނު ކަމަށް ދައުވާގައިވެއެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވީ އިއްޔެއެވެ. ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަސްއޫލިއްޔަތާއި މިވަގުތު ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ކުރެއްވި ހުކުމްގައިވަނީ މަސްތުވާތަކެތި އެތެރެކުރި ލަންކާ މީހާގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އޭނާ ކުރި ކުށުގެ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ހުކުމްކުރިއެވެ. އަދި އެ ފައިސާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ވަނީ އަންގާފައެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމަކީ 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްފަހު އުމުރަށް ޖަލަށް ލެވޭނެ ވަރުގެ ބޮޑު ކުށެކެވެ. މީގެކުރިންވެސް މިފަދަ މައްސަލަތަކުގައި އުމުރަށް މީހުން ޖަލަށްލާފައިވެއެވެ. މިފަހުން ވެސް މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ މައްސަލާގައި ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުން ވަނީ ދައުވާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނާބެ

  ޖަލުގައި ވާނީ ބަރާބަރު 3 ދުވަސް، 5 ވަނައަށް ވާ ދުވަހު އަނެއްކާ އަންނާނެ ޕާސްޕޯޓް ބަދަލުކޮށްގެން، ދިހަ ކިލޯ މަސްތުވާތަކެތި ހިފާގެން، މަރާލުން ނޫން ގޮތެއްނެތް...

  9
  1
 2. ކެސްޑީޕީ

  މޯދީގެ އިންޑިއާ މީހެއްނަމަ އެމްޑީޕީގެ ވެރިކަމެއްގައި ނުކެރޭނެ ތިހުކުމް އިއްވާކަށް.

  3
  1
 3. ބަރަކޫޑާ

  އެކުދިންނާ މީމަމެނގެ ސަރުކާރު ރައްޔިތުންނާ ޖަލުގެ ތޭރިތަކުގެބިއްދޮށުގަ އަބަދަކު އޮންނާކަށް ވެރިމީހާ ނުބުނެ އެއްއިރަކުވެސް ޔަމަން ހޭކުޑާ ނުވައްޗޭ،

 4. ނަައީމް

  މިސަރުކާރުގެ ވެރިންގެ ތާއިދު ލިބެނީ ތިކަންކުރާ މީހުނަށް ބަލާބަލަ ޖޫރިމަނާވެސް އެކުރީ އެންމެކުޑަ އަދަދުން އެވެސް