މިދުވަސް ވަރު ފެނަށް ޖެހިގެން 40 އަށްވުރެ ގިނަ ރަށުން އެހީތެރިކަމަށް އެހިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ފެނަށް ޖެހިގެން 15 އަތޮޅަކުން 48 ރަށަކަށް ފެން ބޭނުން ވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ ބުރާސްފަތި ދުވާހާއި ހަމައަށް، ފެން ބޭނުން ވެގެން ރިޕޯޓް ކޮށްފައިވާ އަދަދެވެ.

ފެން ބޭނުންވެގެން ރިޕޯޓް ކޮށްފައިވާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހއ، ހދ. ށ، ނ، ރ، ބ، ޅ، އއ، އދ، ވ، މ، ދ، ތ، ލ އަދި ގދ. އަތޮޅުގެ ރަށްތަކުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ މީގެތެރެއިން 30 ރަށަކަށް މިހާރު ފެން ފޯރުކޮށްދީފައިވާ ކަމަށެވެ. ފެނަށް ޖެހިފައިވާ ރަށްރަށަށް މިނިސްޓްރީން އަބަދުވެސް އަންނަނީ ފެނަކަ މެދުވެރިކޮށް ފެން ފޯރު ކޮށްދެމުންނެވެ.

މިހާތަނަށް ފެނަކައިން ވަނީ 1،529 ޓަނުގެ ފެން އެ ރަށްތަކަށް ފޯރުކޮށްދީފައެވެ.

ފެން ހުސްވުމަކީ ހޫނު ގަދަ ދުވަސްވަރާއި ދިމާކޮށް ގިނަ ރަށްރަށަށް ދިމާވަމުން އަންނަ މައްސަލައެކެވެ. ބޯފެން ރައްކާކުރާ ވަސީލަތްތަކާއި އޭގައި ރައްކާކުރާ މިންވަރު ބަލައި ފެން ފޯރުކޮށްދިނުން ބަލަހައްޓަމުން އަންނަނީ އެންވަޔަރަމެންޓް މިނިސްޓްރީންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައިރޫޒު

    ފެންފުށްޓަށް ސަންއައިލެންޑުން ހޮޅިއެއް އަޅައިގެން މީރުފެން ގެންދެވިދާނެ. އެ ދާއިރާގެ މަޖިލީސް މެންބަރު ބޭނުންވާނަމަ 24ގަޑިއިރު ހަމަނުކޮށް އެކަން ކުރެވޭނެ. އަމުދުން މިދުވަސްވަރު ސަންއައިލެންޑުގެ މެށިންތައް ހުހަށް ބެހެއްޓުމުގެ ބޭނުމެއް ނެތް

  2. ހާލަތު

    ކޮބައިތޯ އައްޑު އަތޮޅު ރަށުގެ އެއްވެސް މިސްކިތެއްގައި ފެން ތިއްކެއް ނެތްތާ މިހާރު ވިއްސަކަށް ދުވަސް ވެއްޖެ ކޮބައިތޯ މޭޔަރު ކައުންސިލަރުން ކޮބައިތޯ މެންބަރުން ކަހާތަންހިރުވާވެސް ނުލާ މާދަމާ އަންނާތި ވޯޓް ހޯދަން