ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްތަކުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވަނީ ތިން މިލިއަން ރުފިޔާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ އިގްތިސޯދަށް ކޮވިޑް-19 ގެ ސަބަބުން ބޮޑު ހީނަރުކަމެއް އައިސްފައިވުމާއި ގުޅިގެން ސަރުކާރުން އަންނަނީ އެކަމުން އަރައިގަނެ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ކުއްޔަކާ ނުލައި ތިން އަހަރަށް ދަނޑުވެރިކަމަށް ބިން ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ބިން ބޮޑެތި ރަށްތަކުން ދަނޑުވެރިކަން ކުރުމަށް ބިންތައް ކަނޑައަޅާ ކައުންސިލްތައް މެދުވެރިކޮށް އެއްވެސް ކުއްޔަކާއި ނުލާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީއާ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ރާވަމުން އަންނަ ކަމަށެވެ.

"ކައުންސިލްތަކާއި އެކުގައި އަޅުގަނޑުމެން މި މަސައްކަތް ކުރާއިރު އަޅުގަނޑުމެން އެކުލަވާލާ ގައިޑްލައިނަކާއި އެއްގޮތަށް ރަށްރަށުގެ ބިންތައް ދޫކުރެވިގެން ދާނީ. އަދި ޕްލޭނިން މިނިސްޓްރީއާ އެކީގައި ކަނޑައަޅާ ލޭންޑް ޔޫސް ޕްލޭނުގެ ތެރެއިން ހިމެނިގެން. ދެން ހަމައެއާއިއެކު ދަނޑިވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިން ދޫކުރުމުގައި އަޅުގަނޑުމެންނާއި އެކީގައި މަޝްވަރާ ކުރެވި އެގްރީމަންޓްރުތަކެއް ކައުންސިލްތަކާއި އެކުގައި އޮންނަންވާނެ، މިވެނި ބާވަތެއް ހެއްދުމަށްޓަކައޭ މިކަން މިކުރަނީ،" މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މާޗު މަހު ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުން ދައުލަތަށް ލިބިފައިވަނީ 510,061 ރުފިޔާއެވެ. ޑޮލަރުގެ ގޮތުގައި އެއްވެސް އާމްދަނީއެއް އެ ރަށްތަކުން ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު އެކަނިވެސް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްތަކުން 2.067 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. އެއީ ޑޮލަރުގެ ގޮތުގައި ލިބުނު 8،000 ޑޮލަރުވެސް ހިމަނައިގެންނެވެ.

މިއަހަރުގެ ފާއިތުވި ތިން މަސް ދުވަހު ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުން ދައުލަތަށް ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާއެވެ. ފާއިތުވި ތިން މަހުވެސް ދަނޑުވެރިކަމުން ދޫކޮށްފައިވާ ރަށްތަކުން ޑޮލަރުގެ ގޮތުގައި އެއްވެސް އަދަދެއް ދައުލަތަށް ލިބިފައި ނުވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުން ފަސް މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޑޮލަރުގެ ގޮތުގައި ލިބުނު 30،850 ޑޮލަރާއި އެކު ލިބުނު އާމްދަނީއެވެ.

ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތް ކުރަން 77 ރަށެއް ދޫކޮށްފައިވެ އެވެ. މީގެ ތެރެއިން 50 ރަށަކީ ހަމައެކަނި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަމްސާނ

    މި ސެކްޓަރ ކުރިއަރުވައިފިނަމަ ދައުލަތައް މަހަކު 500 މިލިޔަން ރުފިޔާ ޖެނެރޭޓްކުރެވިދާނެ. އަދި ފޮރިން ކޭޝް އައުޓްފުލޯ އިން އަހަރު 50 މިލިޔަން ޑޮލަރު ސަލާމަތް ކުރެވިދާނެ. މި ސެކްޓާ އާއި އެއްކޮއް ރާއްޖޭގައި5 ލައްކަ ކުކުޅު ގެންގުޅެ މަހަކު 20 ހާސް ޑޮމެސްޓިކް އައިސް ކުކުޅު އުފެއްދިދާނެ އަދި ގާތްގަނޑަކައް 1 މިލިޔަން ކުކުޅު ބިސް އުފެއްދިދާނެ. ޕޯލްޓްރީއިން ރާއްޖެއައް ބޭނުންވާ ކުކުޅުމަހާ ކުކުޅު ބިހުގެ 45% ރާއްޖޭގައި ސަސްޓޭނަބަލް ކޮއް އުފެއްދި އެކަމުން އަދި އިތުރު 40 މިލިޔަން ޑޮލަރު ސަލާމަތް ކުރެވިދާނެ. މިކަން ރާއްޖޭގައި މިހާތަނައް ނުކުރެވި އޮތީ ބޮޑެތި އެފް އެންބީ ވިޔަފާރި ތަކާއި ސަރުކާރުގެ އިސްފަރާތްތައް ގުޅިގެން މިކަން އެއްވެސް ބަޔަކައް ވެވެނަ ނުދޭން އުޅުމުގެ ސަބަބުން. އެއީ އެމީހުންގެ ވިޔަފާރިއައް މިކަމުން އަސަރުކޮއްފާނެތީ. ރާއްޖޭގައި މަދުވެގެން 400 ގެރި ގެންގުޅެވިދާނެ އަދި އެގެރިތަކުން ތާޒާ ކިރު ނަގާ މިލްކު ޕެކެޓް އުފެއްދިދާނެ އަދި ޕައުޑަރ މިލްކު އުފެއްދިދާނެ. އަދި ޗީޒް އުފައްދައި ޔޯގަޓު އުފައްދައި ރިސޯޓުތަކަށާއި އާންމު ބާޒާރައް ވިއްކި ދާނެ.

  2. ހަމްސާނ

    މި ސެކްޓަރ ކުރިއަރުވައިފިނަމަ ދައުލަތައް މަހަކު 500 މިލިޔަން ރުފިޔާ ޖެނެރޭޓްކުރެވިދާނެ. އަދި ފޮރިން ކޭޝް އައުޓްފުލޯ އިން އަހަރު 50 މިލިޔަން ޑޮލަރު ސަލާމަތް ކުރެވިދާނެ. މި ސެކްޓާ އާއި އެއްކޮއް ރާއްޖޭގައި5 ލައްކަ ކުކުޅު ގެންގުޅެ މަހަކު 20 ހާސް ޑޮމެސްޓިކް އައިސް ކުކުޅު އުފެއްދިދާނެ އަދި ގާތްގަނޑަކައް 1 މިލިޔަން ކުކުޅު ބިސް އުފެއްދިދާނެ. ޕޯލްޓްރީއިން ރާއްޖެއައް ބޭނުންވާ ކުކުޅުމަހާ ކުކުޅު ބިހުގެ 45% ރާއްޖޭގައި ސަސްޓޭނަބަލް ކޮއް އުފެއްދި އެކަމުން އަދި އިތުރު 40 މިލިޔަން ޑޮލަރު ސަލާމަތް ކުރެވިދާނެ. މިކަން ރާއްޖޭގައި މިހާތަނައް ނުކުރެވި އޮތީ ބޮޑެތި އެފް އެންބީ ވިޔަފާރި ތަކާއި ސަރުކާރުގެ އިސްފަރާތްތައް ގުޅިގެން މިކަން އެއްވެސް ބަޔަކައް ވެވެނަ ނުދޭން އުޅުމުގެ ސަބަބުން. އެއީ އެމީހުންގެ ވިޔަފާރިއައް މިކަމުން އަސަރުކޮއްފާނެތީ. ރާއްޖޭގައި މަދުވެގެން 400 ގެރި ގެންގުޅެވިދާނެ އަދި އެގެރިތަކުން ތާޒާ ކިރު ނަގާ މިލްކު ޕެކެޓް އުފެއްދިދާނެ އަދި ޕައުޑަރ މިލްކު އުފެއްދިދާނެ. އަދި ޗީޒް އުފައްދައި ޔޯގަޓު އުފައްދައި ރިސޯޓުތަކަށާއި އާންމު ބާޒާރައް ވިއްކި ދާނެ. ...

  3. ޏރނދޖ

    ތިން މިލިޔަން މަދު ؟ ދަނޑުވެރިކަމުން އެއްވެއް ލަރިއެއް ނުނެ ގުން ވަރަށް ރަގަނޅު މިހަލަތުގަ