ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިމެނޭތޯ ބެލުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައި މިއަދު ބުނީ އެ މަސައްކަތް އެ ކޮމިޝަނުން ފެށީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރިޔަށް ގެންދާ ތަފާތު އެކިއެކި މަސައްކަތްތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަމަށް ބުނެ މީސް މީޑިއާގައި ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން އެ ކޮމިޝަނުން އަމިއްލަ އިސް ނެގުމާއި އެކުގައި ކަމަށެވެ.

އޭސީސީން ބުނީ ކޮވިޑް-19 އިން، ދިވެހި ރައްޔިތުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދިނުމުގެ ގޮތުން، ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި، އިދާރާތައް، އަދި ވޮލަންޓިއަރުން ގުޅިގެން ކުރައްވަމުންގެންދަވާ އަގުނުކުރެވޭނެ، ބަރު މަސައްކަތްތައް ފާހަގަކޮށް، އެ ކޮމިޝަނުގެ ފަރާތުން ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ދައުލަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، އެކި ސަބަބުތަކާހުރެ، ރައްޔިތުންގެ އެކި ކަހަލަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށް އޭސީސީން ބުނީ ކޮވިޑް-19 އާ ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން، ކުރަމުންގެންދާ ކަންކަމުގައި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމާއި ގުޅޭގޮތުން އެ ކޮމިޝަނުން ދައުލަތުގެ އެކި އިދާރާތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، އެ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ ގޮތްތަކާމެދު އިރުޝާދުދިނުމަށްޓަކައި، އެކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެކަންކަން ދިރާސާ ކުރަމުން އަންނަ ކަމަށްވެސް އޭސީސީން ބުނެއެވެ.

"އަދި، މީސްމީޑިއާގައި ދައުރުވަމުންދާ ޝަކުވާތަކާ ގުޅިގެން ކޮމިޝަންއިން އިސްނަގައިގެން އެކަންކަން ބަލަމުންގެންދާ ވާހަކަ ދަންނަވަމެވެ،" އޭސީސީގެ ބަޔާނުގައިވެއެވެ.

އޭސީސީން ބުނީ ޢާންމު ޞިއްޙަތާއި ފުރާނަ ސަލާމަތްކޮށް ރައްކާތެރިކުރުމުގެ ޙައްސާސީ ދަނޑިވަޅުގައިވެސް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ އުޞޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އަދި މި ޙާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމުގައާއި އަދި ނިންމުންތައް ނިންމުމުގައި އެކަން ކަމާއި ގުޅޭ އުޞޫލުތަކަށް ތަބާވާންވާނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި، މި ޚުޠޫރަތްތެރި ވަގުތުތަކުގައި، ދައުލަތުން ކުރައްވާ އަގުހުރި މަސައްކަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އެ މަސައްކަތްތަކުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވިގެންކަންވެސް މި ކޮމިޝަނުން ޤަބޫލުކުރަމެވެ. މި ފުރުޞަތުގައި، އާންމު ރައްޔިތުން، ކޮވިޑް-19 އާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާމެދު، ފަރުވާތެރިވެ އަދި ފާރަވެރިވެ، ކޮރަޕްޝަންގެ ޢަމަލުތަކާމެދު ޝައްކުވާ ޙާލަތުގައި ލިބެންހުންނަ އެންމެ ގިނަ ހެކިޤަރީނާއާއެކު މި ކޮމިޝަނަށް ހުށަހަޅުއްވަމުން ގެންދެވުމަށް
އިލްތިމާސްކުރަމެވެ،" އޭސީސީގެ ބަޔާނުގައިވެއެވެ.

އޭސީސީން ބުނީ ޤާނޫނުއަސާސީއާއި ޤާނޫނުން އެ ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ، ކޮރަޕްޝަން ހުއްޓުވައި މަނާކުރުމާ ގުޅޭ އެންމެހައި ޒިންމާތައް އެއްވެސް ޖެހިލުމެއްނެތި އަދާކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އޭސީސީން މިގޮތަށް ބުނިއިރު މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވަނީ ވެންޓިލޭޓަރު ހޯދާ ގޮތާ ގުޅޭގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި، ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެގޮތުން ހައިތަމް ވަނީ ވެންޓިލޭޓަރުތައް ހޯދުމާއި ގުޅިގެން ހެލްތު މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތްތަކާއި ގުޅިގެން 10 ސުވާލެއް މިނިސްޓަރު އަމީނާއި ކުރެއްވުމަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބޯހަލާކު

    މިސަރުކާރުގަ ނުތިބޭނެ ކުރައްޕްޝަންމިބަސްދައްނަމީހަކުވެސް..؟!
    ޙަމަ ހުދުކާފޫރް..!؟

  2. ހުސޭނުބޭ

    ރޯމާދުވާލު ވައްކަންކުރާއިރު ނުފެންނަކަމަށް ހަދައިގެން އުޅޭ ބަޔަކަށް މިދުވަސްވަރު އަނެއްކާވެސް ޑްރާމާ ކުޅެންފެށީދޯ! ކަލޭމެންގެ ތަޙްޤީޤުގެ މޮޅުކަމަކީ މައުލޫފު އެމްއެމްޕީއާރުސީގެ ޑޮ؛ަރުބޮނޑި ކައިލީމާ މީހުން އޭތިމީތި ކިޔަން ފެށުމުން ތަހްޤީޤެއް ހިންގާފައި ބުނީ އެއީ ޞަދަގާތުގެ ގޮތުގައި މަހްލޫފަށް ލިބުނު އެއްޗެކޭ! މިވަރު ބައެއް ތިއީ!

    15
    1
  3. މިއަދު

    އޭސީސީން ބުނީ ކޮވިޑް-19 އިން، ދިވެހި ރައްޔިތުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދިނުމުގެ ގޮތުން، ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި، އިދާރާތައް، އަދި ވޮލަންޓިއަރުން ގުޅިގެން ކުރައްވަމުންގެންދަވާ އަގުނުކުރެވޭނެ، ބަރު މަސައްކަތްތައް ފާހަގަކޮށް، އެ ކޮމިޝަނުގެ ފަރާތުން ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.
    ތިއޮތީ މައްސަބަލާނިމިފަ ތިނެރެވުނީ އެ މައްސަލައިގެ ސާފް ރިޕޯޓް

    8
    1
  4. ހޭބަލި

    ކަލޭމެންނަށް ބެލޭނެ އެއްވެސް މައްސަލައެއް ދުވަހަކުވެސް އުފަންނުވާނެ ތިތާތިބީވެސް ކޮރަޕްޓުން

    25
  5. ބޮލި މުލައް

    ކޮރަޕްޓް ވެފަތިބި ބަޔަކަށް ކޮރަޕްޝަންގެ ޢަމަލެއް ނުފެންނާނެ

    12
  6. ދަރި

    ފާތުމަތު އަނޫލާ އާއި މަރިޔަމް ޝިއުނާ ކީއްތޯ ތިޔަ ކުރައްވަނީ
    ހުށަހެޅޭ ކަންކަން ނުބަލާ ޕާކު ކޮށްފައި ތިޔަ ބާއްވަނީ ޝިއުނާ މެން ޓްރާންސް ޕޭރަންސީ މޯލްޑިވްސް ގައި ތިބި އިރު ދުވާލު ދެދަޅައަށް ބަޔާން ނެރެމުން އޭރުގެ ކަރަޕްޝަން ގެ ވާހަކަ ގޮވަމުން ދިޔައީ އައިމަން ވެސް ބުނި ޔާމިން ޖަލަށް ލުމުން ކަރަޕްޝަން ދެން ހުއްޓުނީއޭ ނުފެނޭތަ މިސަރުކާރުން ހިންގާ ކަރަޕްޝަން ސީ ޕްލޭން ޓާރމިން ކަންތަކުގައި ވެެެސް ޗުއްޕުވެސް ނުބުނޭ ދިމާ އަށް ފެންނަން އޮތް ކަމެއް ހަމަ ސަރުކާރު ބަދަލް ވެ މިވެރިން ތާއީދު ނުކުރާ ސަރުކާރެއް އައީ އެފެށުނީ ކަންތަން ދެން ބަޔާން ނެރުމާ ނޫސް ކޮންފަރެންސް ދިނުމާ ހީވާނީ އެހެން ކަމެއްހެން ... ބޭރު ގައުމު ތަކަށް ރާއްޖޭގެ އަގުވައްޓަން ބަޔާން ދިނުމާ ...މިސަރުކާރާ ގެ މެންބަރުން ކަރަޕްޝަންގެ ވާހަކަ އެގޮވަނީ
    މިސަރުކާރުގެ ކަރަޕްޝަންގެ ވާހަކަ ޓްރާންސް ޕޭރަންސީ އަކުން ނުދައްކާނެ

    15
  7. އައިޝާ95

    ތިޔައީ ހަމަ ނަމަކަށް ކުރާކަމެއް. އެންމެ ފަހުން ބުނާނީ "ކޮރަޕްޝަންގެ އެއްވެސް ކަމެއް ނުހިނގާ".

    ކިހިނެއްތޯ މިސަރުކާރުން ކުރާ އެހެނިހެން ކޮރަޕްޝަންގެ މައްސަލަތައްވީ؟ ބެލުނުތޯ؟ ސިޓީ ކައުންސިލްގެ ތެރެއިން ޕާރކްގެ ކޮރަޕްޝަން މައްސަލަ ފަޅާއަރުވާލީ. އޭގެ ފަހުން ޚަބަރެއް ނުވޭ. ކޮބާތޯ އޭސީސީ؟ ހެހެ

    13
  8. ނަވާރަ

    ކޮވިޑް 19 އާ ގުޅިގެން އެއްވެސް މީހަކު ކޮރަޕްޝަންގެ އަމަލެއް ހިންގާތޯ ބެލުމަކީ މާ ފަސޭހަކަމަކަށް ނުވާނެ. ތިކަންވާނީ ވަރަށް އުނދަގޫ ކަމަކަށް. ކޮވިޑް 19 އަކީ ލޮލަށް ނުފެންނަ އަދި ސައިންސްވެރިންނަށްވެސް އެ ވައިރަސްއަކާބެހޭ އެންމެ ފުރިހަމަ މަޢުލޫމާތު އެނގޭ ވައިރަހެއްނޫން. މިހާތަނަކަށް އެއްވެސް ސައިންސްވެރިޔަކު ކޮވިޑް 19 އާ ގުޅިގެން އެއްވެސް ކަމެއް މީހަކު ކުރިތޯވެސް ބަލާފައެއް ނެތް. އެހެންވެ ކޮވިޑް 19 އާ ގުޅިގެން ތިހާ ބޮޑު ޖަރީމާއެއް އެއްވެސް މީހަކު ހިންގިކަން ހޯދޭނެ ގޮތެއް އޮތް ހެނެއް ހިއެއް ނުވޭ. އަދި ކޮވިޑް 19 އުޅެނީ ބަޔަކު މީހުންނާ ގުޅިގެން ކަމެއް ކުުރުމަށްވެ މާބިޒީކޮށް. އަތުޖެހުނު މީހަކު ހަނާ އަރުވަމުން އެގެންދަނީ. ހިއެއް ނުވޭ ކޮވިޑް 19 ވެސް މީހަކާ ގުޅިގެން ތިޔަ ބާވަތުގެ ކަމެއް ކުރަން އުޅޭ ހެނެއް.

  9. އަސީ

    ހުށައަޅާފަވާ މައްސަލަތައް އެތައްބައިވަރު ބެލިމައްސަލަ 0

    6
    1
  10. ސަޓޯ

    ބަލާތި މިވެރިކަން ނިމި އޮޑިޓު ކޮއްލީމަ ދެތިން މިލިއަން ޑޮލަރު މަދުވާނެ..... އަންނިއަކަށް ކެތެއް ނުވާނެ.. ފައިސާ އާއި ވެރިކަމަށް ދަހިވެތިވެފަ ހުންނައެއްޗެއް އެއީ..

  11. ބަކުރު

    ދަނޑިވަޅުބަލާ ފަ ތިވާހަކަތި ދައްކަނީ ބުއްޅަބެ ބުނެގެން މަތިޖަހަން ދެންބުނޭ މައްސަލައެއްނެތޭ މިސަރުކާރަކީ ޒީރޯޓޮލަރެންސް ސަރުކާރެކޭ ކަލޭމެންވެސް ތީ ހަމަ ކަރަޕުޓު މީހުން އޮޅުވާނުލާތި ކަލޭ މެން ހީކުރީ ހިންޏަށް ހަކުރުއޮޅުވާލި ގޮތަށް އަހަރުމެންނަށް އޮޅުވާލެވޭނެ ކަމަށްތަ...

  12. މޯދީ

    ތިޔަބޮޑު ދެލޮލާއި އެއްވަރަށް ބަލާބަލަ ނިކަން ރަނގަޅަށް ލޯ ހުޅުވައިގެން. ޑްރާމާ މުޅިން ތި ޖައްސަނީ. ޓްރާންސްޕޭރެންސީގަ ހުރިއިރު ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭހެން. ކަމަކާ ޖެހުނީމަ ގެއަށްވަދެ ފިލާ. ތާހިރެއްނު. އަދިވެސް އަނގަ އަރުވާތި. ދާދި އަވަހަށް ތިތާ އެތެރެއިން މަޢުލޫމާތު ލިބޭނެ. މިހާރު ސްޓާފުންތިބީ ފަޅާލަން ތައްޔާރަށް. ވަރަށް އަވަހަށް މުޒާހިރާއަކަށް ދާނެ.

  13. ރައީސުގެ މީހާ

    ޑަބްލިއު އެޗް އޯ އޮފީހުން (ވޯލްޑްބޭނކާއި ގުޅިގެން) ހިލޭ މިތަކެތި (ވެންޓިލޭޓަރު) ފޯރުކޮށް ދިނުމަށް އޭގެ ރިކްއަރމެންޓް ހޯދުމަށް މިނިސްޓްރީގައި އެދުމުން ވަގުތު ފާއިތުވީ އިރުވެސް ނުދެއްވާ ހިފަހައްޓަވާފަ،

    ފަހުން އަމިއްލަޔަށް ގަތުމަށް އެހެއް ފަރާތަކަށް ދިނީ.. މިއީ ލިބޭ މަންފާ ހިލޭ އެހީ ދޫކޮށް ފައި އަމިއްލަ ޖީބު ފުރުމުގެ ގޮތުން ހިންގާފައިވާ ބޮޑު ޖަރީމާއެއް..

    ކޮންބަޔަކަށް އަސްލު ގެއްލުން މިވަނީ.. ޓެކްސް ޕޭޔަރުން ދޯ؟

  14. ސލ

    ކޮރަޕްޝަނަށް ފައްކާވެފައިވާ ސަރުރުކާރެއް ގެނެވިއްޖެނަމަ
    ކޮރަޕްޝަން ހިނގާނެއެވެ ދެންއޮތް ހައްލަކީ ސަރުކާރު
    ބަދަލުކުރުމެވެ އެހެންގޮތަކުން އެކަން ހައްލެއްނުވާނެއެވެ
    އަވަސްގޮތަކަށް ވެރިކަމުގެ ނިޒާމު ބަދަލުނުކުރެވިއްޖެނަމަ
    އިޔާދަނުކުރެވޭވަރުގެ ގެއްލުން ރައްޔިތުންނަށް ލިބޭނެއެވެ.

  15. ޗިޗަންޑާ

    ކޮރްޕްޝަން އޮތަކަސް ދުވަހަކު ފަޅައެއް ނާރާނެ، އެއަށްވުރެ ދިވެހިންގެ އަޒުމް މާ ވަރުގަދަވާނެ
    އޭސީސީ އެއީ ނަމަކަށް އޮންތަ ތަނެއް ހުވާ

  16. ެަހުމްދު

    ހާހާހާ! އެއްމެ ބޮޑައް ކޮރޮޕްޓް ވެފަ އަންނަ މުވައްސާސާ ، މިކިޔަނީ ކީކޭބާ!

  17. ެަހުމްދު

    ހާހާހާ! އެއްމެ ބޮޑައް ކޮރޮޕްޓް ވެފަ އަންނަ މުވައްސާސާ މިކިޔަނީ ކީކޭބާ!