މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގަރު، ޔާމީން ރަޝީދު މަރުގެ މައްސަލައިގައި ފޮރެންސިކް އެނަލައިސިސް ރިޕޯޓުން ތަހުގީގަށް އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ މެންބަރު ފަރީޝާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކަމުގެ މައުލޫމާތު ރާއްޖެއެމްވީ އަށް ދެއްވަމުން ފަރީޝާ ވިދާޅުވެފައިވަނީ ރިލްވާންގެ މަރުގެ މައްސަލައިގެ ފޮރެންސިކް އެނަލައިސިސް ރިޕޯޓުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ރިޕޯޓުން ތަހުގީގަށް އާ ހޯދުންތަކެއް ލިބިފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ. އެކަމުގައި އިތުރު ލަސްތަކެއް އުޅެމުން ދަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުވެފައި އޮތުމުން ކަމަށް ފަރީޝާ ވިދާޅުވިއެވެ.
ޔާމީންގެ މަރުގެ މައްސަލައިގެ އިތުރުން އެ ކޮމިޝަނުން ބޮޑު އަހައްމިޔަތު ކަމެއް ދީގެން ކުރި އެއް ތަހުގީގަކީ ނޫސްވެރިޔާ ރިލްވާންގެ މައްސަލައެވެ. އެކަމާއި ގުޅިގެން ފަރީޝާ ވިދާޅުވީ ރިލްވާން މައްސަލާގައި އެ ކޮމިޝަނުން ކޮށްފައިވާ ތަހުގީގުގެ ފައިނަލް ރިޕޯޓު ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ. އަދި މިހާރުވެސް ކޮމިޝަނުގެ މެންބަރުންނަށް ގޭގައި ތިއްބަވައިގެން ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފަރީޝާ ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލާގައި މީގެކުރިން މަރު ކޮމިޝަނުން ވަނީ އޭނާ ރަހީނުކޮށް ޑިންގީއަކަށް ލައިގެން ދޯންޏަކަށް އެރުވުމަށްފަހު އޭނާ މަރާލާފައިވާ ކަމަށެވެ. ރިލްވާންގެ މައްސަލައިގެ ފައިނަލް ރިޕޯޓުން އޭނާ މަރާލުމަށް ފައިސާދިން ވިޔަފާރިތަކުގެ މައުލޫމާތާއި މައްސަލާގައި ހިމެނޭ އެންމެންނާއި ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހާމަކުރާނެއެވެ.
ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. މަރު ކޮމިޝަނުން މި މައްސަލައިގެ ތަހުގީގު ކުރަމުން އަންނައިރު ކޯޓުގައި މިހާރުވެސް މި މައްސަލައިގެ ޝަރީއަތްތައް ވެސް ދަނީ ކުރިޔަށެވެ. މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ވަނީ ކޮށްފައެވެ.
އަލަށް ލިބުނު މަޢުލޫމާތު: ޔާމީނު ރަޝީދަކީ ފިރިހެނެއް!
މަހަކު 50000 ރުފިޔާ ކައިގެން އަލުންވެސް އެ ގެއްލުނީ!
އަނެއްކާ ރައީސްޔާމީނު އެއްބަސްކުރުވީތޯ ގަދަކަމުން.
ތިޔަރިޕޯޓްނިމޭނީ މިރިޔާސީދައުރާއެކު ތިޔަތަނަކީވެސްރަނގަޅުމުސާރައެއްލިބޭކޮމިޝަނެއް އެހެންވީމަ ދައުރާއެކުނޫނީ ތަކަންނިމިގެންނުވާނެ އެހެންނޫނީ ތިޔަތަނުގަތިބިޕާޓީކުދިންގެވަޒީފާކޮޅުގެއްލޭނެ
މަރުކޮމިޝަނަކީ ފެއިލް ވެފައިވާ ބައެއް..މިރާއްޖޭގެ ފުލުހުންނަށް ނުހޯދޭ އެއްވެސް މައްސަލައެއް ނެތް..މަރުކޮމިޝަނުން ކެނެރީގޭ ބުއްޅަބޭ އާއި ސުވާލުކުރާތި
އަނެއްކާވެސް އަނެއް އެޕޮސޯޑުހެން ހާދަހީވެޔޭ. މިފަހަރުގެ އެޕިސޯޑުގެ ޕުލޮޓުގަ އޮންނާނީކޮން ސުޓޯރީއެއްބާ.؟
ކޮބާ ޑރ އަލްމަރަހޫމް އަފްރާޝިމް ޢަލީ ގެ މަރުގެ މައްސަލަ
ވަކި ޝަރުތެއް ހުންނަ މީހުންގެ މަރުތައް އެކަނިކަންނޭނގެ ބަލަނީ. ޔާމީނާ ރިލުވާނަށް ނިސްބަތްކޮށް ބުނާއެއްޗެއް ނޫން.
ފަރީޝާ އަކީ ތިޔަކަހަލަ ކަމެއް ކުރެވޭ ވަރުގެ މީހެއް ނޫން ބަންދުގައި ވެސް އޭނާ ބަލަނީ
މެޑެލް ޖެހޭތޯ .....
ބޮޑު މުސާރަ ލިބޭ
ކޮމެޝަނެއްގައި ވިއްޔާ މުއްދަތެއް އޮވެގެން ކަން ކުރަންވާނީ
ތިޔަ ހުރިހާ މަރުގެ ކަންތަކުގައި ޚަރަދުކުރީ ރާއްޖޭގައި ހުންނަ އެންބަސީއަކުންނޭ ބުނާތީ އަޑުއިވޭ
އެހިސާބުގައިޖެހިފައި ތިޔަކަން އަފަލާ ތަންހަރު
ތިމައްސަލަ ނިންމަނީ ކޮންއިރަކުތައް. ކޮބާތަ ތަހުގީގަށް ލިބުނު އާ މައުލޫމާތަކީ؟
ތީ ކަމެއްވާބައެއްނޫން. ހުސް އަނގަ
ދެން ކޮންމެ ކަމެއްކަމެއްވެސްއަޅުވާނީ ކޮރޯނާ ބޮލުގަ.ބަލަގަ ކިހާ ދުވަހެއްމިވެނީ އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔައިގެން ކިތެއް އަހަރު.ސޯލިހް ވެރިކަމަށް އައިސް ކިތަށް ކޮމިޝަން ހެދި.ކޮންކަމެއް ނިމުނީ؟ހަމަ ޓީވީ އަށް އަރާފައި ކުރިއެރުން ލިބިއްޖެޔޭ އެއްޗެކޭ މީއްޗެކޭ ކިޔަނީ.
ތިޔަ ފަރީޝާގެ ފިރިމީހާ އަކީ ރާއްޖޭގައި ގައިރުދީން ފަތުރަން އުޅެގެން ޑީޕޯޓް ކުރި މީހެއް މިހާރު ހުއްދަދީގެން އަނެއްކާ ރާއްޖޭގައި އެއުޅެނީ....
ގޭސްގަނޑެއް އަނބުރަނީ ކޮނމެސްކަމެއް އޮއްބާލަން
މިހާރު ތިކަން އޮތީ ހަގީގަތް ހާމަކުރާ ހިސާބުގަ ހުވާކުރާތާ ފުރަތަމް ދުވަހު ހާމަކުރާނެ ކަމައް ވިދާޅުވި ނޫންތޯ މިހާރު 2023 ގަ ކަމައް ވަނީ ދެން ހުވާކުރާނީ.... ހަހަހަހަހަހަ