އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފުރަތަމަ ފަހަރަށް މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވެއްޖެއެވެ.

އެކަން ހާމަކޮށް މިއަދު އައިޖީއެމްެޗުން ބުނީ، އެ އޮޕަރޭޝަން ކުރުމަށްޓަކައި އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން އެ ސިޓީއަށް ގޮސްފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަނަކީ އެ ހޮސްޕިޓަލުގައި ކުރެވޭ މައިބަދައިގެ ފުރަތަމަ އޮޕަރޭޝަނެއްކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

ދާދި ފަހުން އެ ހޮސްޕިޓަލުގައި ވަނީ އުމުރުން 82 އަހަރުގެ މީހެއްގެ އުނަގަނޑުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަން ފެށި ހޮސްޕިޓަލެކެވެ.