00:02

23:35

23:08

22:39

22:25

22:09

21:56

21:40

21:18

19:57

19:52

19:27

19:10

18:38

17:37

17:17

17:12

17:03

16:51

16:42

15:28

14:25

13:46

13:41

12:55

12:48

12:43

12:09

12:09

11:34

11:20

10:41

10:25

10:25

10:25

09:53

09:35

08:50

02:27

01:45

01:20

00:29


ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން ބައެއް ގައުމުތަކުން މަރުވާ މީހުނާއި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް އަނެއްބައި ގައުމުތަކުން މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އެބަދެއެވެ.

ބަލި މިހާރު ކޮންޓްރޯލް ކުރެވެމުންދާ ކަމަށް ބެލެވޭ އިޓަލީވިލާތާއި ފްރާންސުން މިއަދު މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް ހާލަތު ގޯސް ސްޕޭނާއި އިނގިރޭސިވިލާތުގެ ހާލަތު ރަނގަޅު ވަމުން އަންނަކަމުގެ ނިޝާން ދަނީ ފެންނަމުންނެވެ.

ފާއިތުވި ދެތިން ދުވަހު ދުވަހަކަށްވުރެ ދުވަހަކު ހާލަތު ގޯސްވަމުންދާ ރަޝިއާގެ ހާލަތު މިއަދު ވަނީ އިއްޔެއަށްވުރެ ގޯސްވެފައެވެ. އިއްޔެ ރަޝިއާ އިން 2186 މީހުން ފައްސިވިއިރު މިއަދު ވަނީ 2558 މީހަކު ފައްސިވެފައެވެ. އެހެންކަމުން މިއަދަކީ އެންމެ ގިނަ މީހުން ރަޝިއާ އިން ފައްސިވި ދުވަހެވެ.

ސްވިޑިން، އަޔަލޭންޑް، އިންޑިއާ، ރޮމޭނިއާ، ސައުދީ އަރަބިއްޔާ، މެކްސިކޯ، ސާބިއާ ފަދަ ގައުމުތަކުން ފައްސިވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނަ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ބައެއް ގައުމުތަކުގެ ހާލަތު ރަނގަޅު ވަމުން އަންނައިރު އަނެއްބައި ގައުމުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެދާނެ ކަމުގެ ބިރު އަންނަނީ ބޮޑުވަމުންނެވެ.

މިއަދު ރާއްޖެ އިން ލިބިފައިވާ ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދޭން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރާނެ ވެންޓިލޭޓަރުތައް އެތެރެ ކުރަން ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދަނީ ތަކުރާރުވަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އިން ދެން އަޅާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން މިއަދު ވަނީ ކެބިނެޓްގައި މަޝްވަރާކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގުން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައީސުގެ މީހާ

    ޑަބްލިއު އެޗް އޯ އޮފީހުން (ވޯލްޑްބޭނކާއި ގުޅިގެން) ހިލޭ މިތަކެތި (ވެންޓިލޭޓަރު) ފޯރުކޮށް ދިނުމަށް އޭގެ ރިކްއަރމެންޓް ހޯދުމަށް މިނިސްޓްރީގައި އެދުމުން ވަގުތު ފާއިތުވީ އިރުވެސް ނުދެއްވާ ހިފަހައްޓަވާފަ،

    ފަހުން އަމިއްލަޔަށް ގަތުމަށް އެހެއް ފަރާތަކަށް ދިނީ.. މިއީ ލިބޭ މަންފާ ހިލޭ އެހީ ދޫކޮށް ފައި އަމިއްލަ ޖީބު ފުރުމުގެ ގޮތުން ހިންގާފައިވާ ބޮޑު ޖަރީމާއެއް..

    ކޮންބަޔަކަށް އަސްލު ގެއްލުން މިވަނީ.. ޓެކްސް ޕޭޔަރުން ދޯ؟

  2. ހުސްސޫދު ނޫނު

    މި ތަނުގައި މަޖިލިސް ބާއްވާފިތަ.. ހަމަ ހިލާ މުޑުން ނުތިބޭނަން.. މިސްކިތައް ދާނީ..

    ބަންދު ކޮށްފިނަމަ މަގުމަތީގައި ވެސް ޖަމާޢަތް ހަދައި ގެން ނަމާދު ކުރާނަން

    މިހާދުވަހު ބަސްއަހައިގެން މިތިބީ.. މިކަލޭގެ ބަސް ނާހާނަމަ އަހަރުމެން ވަކި ކީއްވެ ޖަމާއަތުގަ ލިބޭ ފައިދާ ނުހޯދާ ތިބެންވީ..

    84 މެމްބަރުން ބޭކާރު އަގަނތަޅާން.. ދައުލަތުގެ ބަޖެޓް އިން ކާން ބޯން.. ކޮމިޓީ ބޭއްވި ކަމަށް ލިޔެ އެލަވަންސް ނަގަން.. ޖީބަށް ވަންނަ ބައި މަދުވެދާނެތީ ތިހުރިހާވެސް މއައްސަލަޔަކީ.. މީ ވިއްޔާ ނުވެގެން ތިއުޅޭ ކަމަކީ..