ދިވެހިންގެ އާދަތަކުގެ ތެރޭގައި ގައިދުރު ކުރުން ހަރުނުލައިފި ނަމަ، ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި، ވެންޓިލޭޓަރު ބޭނުންވާ މީހާ އޮންނަން ޖެހޭނީ ވެންޓިލޭޓަރެއް ނުލިބި މަގުމަތީގައި ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19 އެއްފަހަރާ ގިނަ މީހުންނަށް ޖެހިޔަ ނުދިނުމަށް ގައިދުރު ކުރުން މުހިއްމު ކަމަށެވެ. އެކަން ނުކޮށް، މި ބައްޔަކީ އާދައިގެ ކަމަކަށް ބަލައި ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ހާލަތެއްގައި އެންމެންނަށް ފަރުވާ ދިނުމަކީ އުނދަގޫ ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ރާއްޖޭގައި އިންތިޒާމުތައް އެބަހުރިތޯ ރާއްޖެ އަށް ކޮމިއުނިޓީ ސްޕްރެޑެއް އައިސްފިއްޔާ އެންމެންނަށް ކޭޓާ ކުރެވޭ ވަރުގެ؟ އެ ސުވާލުގެ ޖަވާބަކީ ކިހާވަރަކަށްތޯ އަޅުގަނޑުމެންނަށް ގައިދުރު ކުރެވެނީ؟ ހަމަ އޭގެ ޖަވާބަކީ، މާނައަކީ އަޅުގަނޑުމެން ގައިދުރު ނުކުރެވިއްޖެއްޔާ ވެންޓިލޭޓަރު ބޭނުންވާ މީހުން އޮންނާނެ ވެންޓިލޭޓަރު ނުލިބި މަގުމަތީގައި،" ކޮވިޑް-19 ގެ މައުލޫމާތުތައް މީޑިއާތަކަށް ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19 ބަލި ޖެހެނީ ދުވާލަކު ކިތައް މީހުންނަށްތޯ ބެލުމަކީ ވެސް މުހިންމު ކަމަށެވެ.

އެއްފަހަރާ ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ނަމަ، އެއްވެސް ގައުމަކަށް އެންމެންނަށް ފަރުވާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދިވެހިންނަށް ސަލާމަތުން ތިބެވޭނީ ގައިދުރުވުން ފަރިތަކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" މިސާލަކަށް ތިބޭފުޅުން ވިސްނަވާ، ރާއްޖެއަށް ލިބެނީ 10 ވެންޓިލޭޓަރޯ އިނގޭތޯ. ރާއްޖޭގައި ތިބީ 100 މީހުންނޯ މިސާލަކަށް. 100 މީހުންނަށް އެއް ދުވަހު ބަލި ޖެހިއްޖެއްޔާ 90 މީހުންނަކަށް ވެންޓިލޭޓަރެއް ނުލިބޭނެ. އެކަމަކު 100 މީހުންނަށް ބަލި ޖެހެނީ ބެހިގެން މުއްދަތެއްގެ ތެރޭގައި ކަމަށްވާނަމަ އަޅުގަނޑުމެންނަށް ޔަގީން އެބަ ކުރެވޭ ބޭނުންވާ ވަރަށް ނަރުހުންނާއި، ބޭނުންވާ ވަރަށް ޑޮކްޓަރުންނާއި، ބޭނުންވާ ވަރަށް ވެންޓިލޭޓަރާ ނުހުންނާނެކަން." މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ ޖުމްލަ 20 މީހުންނެވެ. އޭގެ ތެރެއިން ފަސް މީހުންނަކީ ދިވެހިންނެވެ. އަދި މި ވަގުތު އެ ބައްޔަަށް ފަރުވާދެމުން ދަނީ ހަތަރު މީހުންނަށެވެ. އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން ދިވެއްސަކަށާއި ފިލިޕީންސުން ރާއްޖެ އައި ދިވެއްސަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެމްޑީޕީ ބުރޯ

    މިއުޅޭ ދިވެހިންނަކަށް ނުވިސްނޭނެ! އެމީހުންނަށް ބަލިޖެހުނީމަ ކަޅުކޮފީއެއް ދީފަ މަގުމަތީގަ ބެހެއްޓީމަ އޯކޭވާނެ!

    15
    2
  2. ވަޅޯ

    ސިޔާސީ ތާއީދު ހިފަހައްޓަން ވެގެން، ރާއްޖޭންބޭރު ރަނގަޅުވެގެން ބޭރުގައި ސަޅިވާން އުޅުނު ބާރުހުރިމީހުންގެ އާއިލާތައް އެގޮތްމިގޮތަށް ގެނެސް، ހަމަކިރިޔާ 14 ދުވަސްވާއިރަށް ކަރަންޓީނުން ދޫކޮށްލީމާ ކޮމިޔުނިޓީސްޕްރެޑް ފެށޭނީ. ދެން ވެންޓިލޭޓަރުވެސް ފުރަތަމަ އެމީހުންނަށް! ވަގުތުން ހެޔޮނުވާނެ މިކޮމެންޓު ޖަހާލައްޗެ.

    26
    1
  3. ޖ

    ވަރައް ރަގަޅުވާހަކައެއް ދިވެހިން ތަންކޮޅެއްބަސް އަހައިގެން އުޅެން ވެއްޖެ.

    10
    1
  4. ހޮޅި

    ގައިދުރުކިރިޔަސް ވެންޓިލޭޓަރު ނުލިބޭނެ ބޮޑުބޭފުޅަކު ހުށްޓާ ދެރަ ނިކަމެއްޗަކު ލާކަށް .
    އެއީ މިޤައުމުގެ ހާލަކީ

    23
    1
  5. މަބުރޫކު މުރާކި

    ދެމަފިޜިންވެސްތަ ނޭންގޭތީ އަހާލީ ގައިދު ރުކުޜާނެ ގޮތެއް ބުނެބަލަ އެކަކު އަނެކަކު ނިދަންމިޖެހެނީ ގައިމަތީގަ ކުދިކުދި ތަންތަންކޮޅުގަ މަބުޜޫކު ބުނެބަލަ ގައިދުޜުކުރާނެ ގޮތެއް ބަންގާޅިން ވަކިވަކިން ލާނެ ތަންތަން ހުއްޓަސް ދިވެހި ރައްޔިތުން ތަނަކައް ވެއްދޭނެ މާލީ ތަނަވަސް ކަމެއް މިސަ ރުކާ ރުގަ ނެތެއްނު އެކަމަކު ވައްކަންކު ރާނެ މާލީ ހިއްވަ ރު ހެސްކިޔާފަ ސޯލިބޭގެ ސަ ރުކާ ރުގަ އެބަހު ރި

    14
    1
  6. ފިރުޝާން

    ޑަބްލިއު އެޗް އޯ އޮފީހުން (ވޯލްޑްބޭނކާއި ގުޅިގެން) ހިލޭ މިތަކެތި (ވެންޓިލޭޓަރު) ފޯރުކޮށް ދިނުމަށް އޭގެ ރިކްއަރމެންޓް ހޯދުމަށް މިނިސްޓްރީގައި އެދުމުން ވަގުތު ފާއިތުވީ އިރުވެސް ނުދެއްވާ ހިފަހައްޓަވާފަ، ފަހުން އަމިއްލަޔަށް ގަތުމަށް އެހެއް ފަރާތަކަށް ދިނީ..

    މިއީ ލިބޭ މަންފާ ހިލޭ އެހީ ދޫކޮށް ފައި އަމިއްލަ ޖީބު ފުރުމުގެ ގޮތުން ހިންގާފައިވާ ބޮޑު ޖަރީމާއެއް..

    ކޮންބަޔަކަށް އަސްލު ގެއްލުން މިވަނީ.. ޓެކްސް ޕޭޔަރުން ދޯ؟

    ކޮވިޑާ ގުޅިގެން ހިންގާ ކޮރަޕްޝަންގެ ކުޑަމިންވަރެއް ދޯ މި ފަޅާ އަރަނީ..

    މީގެ އަނެއް ކޭސް ޖާބިރު އަތުން ކުއްޔަށް ބިންނަގާ ބަނގާޅީންވަޒަންވެރިކުރަނީ ދައުލަތުން ރެންޓްދީގެން.. ހީވަނީ ހުޅުމާލޭގައި ބިން ހުސްވީހެން.. ޖާބިރުއަށް ކުލިދީފައި ހުސްބިން ހޯދަން..އެވެސް ފައިސާ ނުދައްކާ އޮތްތަނެއް އެފައިސާ މާފުކޮށްދީފަ..

    މިހެންގޮސް ހުސްނުވާ ވަރަސް ކޮރޮޕްޝަން

    11
    1
  7. ސަލާމަތްކުރައްވާށި

    ދޫނުބައި މީހުންގެ ދުލުގެ ސުންޕާކަމުން މި ގައުމުގެ ރައްޔިތުން ރައްކާތެރިކުރައްވާށި!
    އިސްލާމްދީނަށް ފުރައްސާރަކުރާ ލާދީނީ މަޖޫރީންގެ ނުބައިނިމުން އަވަސްކުރައްވާށި!

    20
    1
  8. ބރނތ

    ތިހާވަރުގެ ނާގާބިލް ބަޔަކު ވެރިކުގައި ހިފާ ބަގުޑި ބައްދައިގެން ތިބެގެން ތިކަހަލަ ފުޅަ ބަސްތަށް ރައްޔިތުންނާއި ދިމާލަށް ތިގޮވަނީ ތިމަގާމު ތަކަކީ ތަރިކަ މުދާތަ؟

  9. މަހްމޫދު

    ރަގަޅީ ތިބަލީގެ ރަހަ މިދިވެހީންގެ ކަރުތެރޭގައި ލުން.އެއިރުން ނޫނީ މައިތިރި ނުވާނެ. ހާދަހާ ބޮޑާ ގޮތްދޫ ނުކުރާ ބައެކޭ މި ދިވެހީންނަކީ. ހަމަ ފޮނީ އހެން އެއްވެސް ކަމެއް ނޫން.

  10. ހުސްސޫދު ނޫނު

    މި މަޖިލިސް ބާއްވާފިތަ.. ހަމަ ހިލާ މުޑުން ނުތިބޭނަން.. މިސްކިތައް ދާނީ..

    ބަންދު ކޮށްފިނަމަ މަގުމަތީގައި ވެސް ޖަމާޢަތް ހަދައި ގެން ނަމާދު ކުރާނަން

    މިހާދުވަހު ބަސްއަހައިގެން މިތިބީ.. މިކަލޭގެ ބަސް ނާހާނަމަ އަހަރުމެން ވަކި ކީއްވެ ޖަމާއަތުގަ ލިބޭ ފައިދާ ނުހޯދާ ތިބެންވީ..

    84 މެމްބަރުން ބޭކާރު އަގަނތަޅާން.. ދައުލަތުގެ ބަޖެޓް އިން ކާން ބޯން.. ކޮމިޓީ ބޭއްވި ކަމަށް ލިޔެ އެލަވަންސް ނަގަން.. ޖީބަށް ވަންނަ ބައި މަދުވެދާނެތީ ތިހުރިހާވެސް މއައްސަލަޔަކީ.. މީ ވިއްޔާ ނުވެގެން ތިއުޅޭ ކަމަކީ..