ރާއްޖޭގެ ތަރައްޤީގެ ބާނީ އަކީ ރައީސް ޔާމީން ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައިބީ މިހެން ވިދާޅުވީ ޕީޕީއެމް އިން ތ.އަތޮޅު ވޭމަންޑޫގައި ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެންބަރު އައިބީ ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ވެރިކަން ނިމުނުއިރު ރާއްޖޭގައި އޮތީ އެންމެ އަށް އެއާޕޯޓް ކަމަށާއި ނަމަވެސް 20 އެއާޕޯޓް މިއަދު އެބައޮތް ކަމަށެވެ. "މިއީ މިދަންނަވާ ތަރައްޤީ އަކީ. އެހެންވެ މިދަންނަވަނީ ތަރައްޤީގެ ބާނީ އަކީ ރައީސް ޔާމީން އޭ. ތަރައްޤީ ގެނެސްދެއްވީ ރައީސް ޔާމީން." މެންބަރު އައިބީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 35 އަހަރުން ރާއްޖޭގައި އެޅުނީ 2500 ފްލެޓް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 16000 ފްލެޓް އަޅައިފި ކަމަށެވެ.
"އެކަކު ވިދާޅުވި ތިމަންނަ އަކީ ގެދޮރު ވެރިކަމުގެ މަންމަ އޭ. އަނެކަކު ވިދާޅުވި ތިމަންނަ އަކީ ގެދޮރުވެރިކަމުގެ ބައްޕަ އޭ. ނަމަވެސް ރައީސް ޔާމީން މިއިން އެއްވެސް އެއްޗެއްގެ މަންމަ އަކަށް ވެސް ބައްޕަ އަކަށް ވެސް ނުވެ ފްލެޓް އަޅުއްވަނީ. މިއީ ތަރައްޤީ އަކީ." އައިބީ ވިދާޅުވިއެވެ.
ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއިރު އެންމެ ސީއެނބިއުލެންސެއް ވެސް ދަތުރު ކުރެވޭ ހާލަތުގައި ނެތް ކަމަށާއި ނަމަވެސް މިއަދު ކޮންމެ އަތޮޅެއްގައި ސީއެނބިއުލެންސެއް އެބައޮތް ކަމަށް އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ ރައީސް ޔާމީން ރާއްޖެ ތަރައްޤީ ކޮށްދެއްވައިފި ކަމަށާއި އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޔާމީނަށް ރައްޔިތުން ވޯޓް ދެއްވާނެ ކަމަށެވެ.
އައިބީ އަދީބް ސަލާމްބުނި