ރައީސް ޔާމީނަކީ ބޮޑާ ރައީސެއް ނޫން ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވެއްްޖެއެެވެ.

ޕީޕީއެމްއިން ކޮޅުމަޑުލު ވޭމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އަސްމާ ވިދާޅުވީ ރައީސް ޔާމީން އާއި އެކު އެތަކެއް ދަތުރެއް ކުރެވިއްޖެ ކަމަށާއި އެފަދަ އެއްވެސް ދަތުރެއްގައި ރައީސް ޔާމީންގެ ކިބައިން ބޮޑާކަމުގެ ސިފަ އެއްގޮތަކަށްވެސް ނުފެންނަ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށްވެސް އޯގާތެރިކަމާއެކު ކަންތައްތައް ކޮށްދޭ ވެރިޔަކީ ރައީސް ޔާމީން ކަމަށް އަސްމާ ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ޔާމީން އާއި އެކު އެތަކެއް ދަތުރެއް ކޮށްފިން. އެފަދަ އެއްވެސް ދަތުރެއްގައި ރައީސް ޔާމީންގެ ކިބައިން ބޮޑާކަމުގެ އެއްވެސް ސިފައެއް ނުފެނޭ. އަދި ކޮންމެ ރައްޔިތަކާވެސް ބައްދަލުކުރައްވާނީ ހިނިތުންވުމާއި އޯގާތެރިކަމާއި އެކު" މެންބަރު އަސްމާ ވިދާޅުވިއެވެ.

އަދި މެޑަމް ފާތުމަތު އިބްރާހީމްއަކީ އެފަދަ ދެވަނައެއް ނެތް ކަނބަލެއް ކަމަށާއި އެކަމަނާއަކީ މިގައުމަށް ލިބުނު "ރަނިކަމަނާ" ކަމަށް ވެސް މެންބަރު އަސްމާ ވިދާޅުވިއެވެ.

ރާއްޖެއަށް ތަރައްޤީ ގެނެވެނީ ރައީސް ޔާމީނަށް ކަމަށާއި އެ ސަބަބަށްޓަކައި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވަން ޖެހޭ ކަމުގައިވެސް މެންބަރު އަސްމާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން ރައީސް ޔާމީނަށް އަދި ފަސް އަހަރު ދެއްވައިފިއްޔާ ދިވެހިންގެ ދިރިއުޅުން އުޖާލާވެގެންދާނެ. އަދި މިގައުމު ކުރިން ނުދެކޭ ފަދަ އެތަކެއް ތަރައްޤީއެއް މިގައުމަށް ލިބިގެންދާނެ" މެންބަރު އަސްމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަކަހަންގަނޑު

    އަސްމާ ދަމަކުން ބަޑިއެއްދޯ ތި ޖަހޭ ލަނީ. ާ އަސްމާ އަކީ ސިޔާސީ އުކުނި ކޮއްޓާ މީހެއްގެ ހުރިހާ ސިފައެއް ހަމަވާ ކަނބަލެއް. ކަރާ އަލީ ވަހީދު، އަލްހާން ޑރ. ޙަސަން ލަތީ ހަސަން އަފީފް މެން ފަދައިން

  2. ގަސްވައްޓާ

    ދެންކީއްވެ އޭނައަށް ބޮޑާބެއޭ އެކިޔަނީ

  3. ވގ

    ކޮބާ އަސްކޮ މެން އެހެންބުނެލާނީ ވަރައްޓެސްޓް ކޮއްފަ