އެއްވެސް ގައުމެއްގެ ރައްޔިތުން ވަގެއް އެގައުމެއްގެ ވެރިކަމުގައި ނުބަހައްޓާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މިރޭ އިދިިކޮޅު ފަރާތްތަކުން ރަސްދޫގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މަންޒަރު ވަރަށް ސާފު ކަމަށާއި މިކުރާ މަސައްކަތުގައި އިތުރު ހިތްވަރެއް މިހާރު ލިބިއްޖެ ކަމަށެވެ.

" ޕާޓީތަކުގެ ލީޑަރުން ވަނީ މިއަނިޔާވެރި ސަރުކާރުގެ ކަސްތޮޅު އެޅިފަ. އެތައް ބަޔަކު ވަނީ ކުޑަގޮޅީގައި. އެކަމަކު މިރޭ މިފެންނަ މަންޒަރުން އުންމީދެއް ނުގެއްލޭ, މިރޭ އިތުރު ހިތްވަރު ލިބިއްޖެ " އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށް މިޤައުމު ހިންގާނެ މީހަކު ހޮވަން ޖެހޭއިރު ޤާނޫނު އަސާސީގައި ބުނާ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.

" އިންތިހާބުގެ މިނިވަންކަމަށްހުރި އެންމެބޮޑު ގޮންޖެހުމަކީ ޔާމީން. އެކަމަށް ޔާމީން ވެރިކަމުން ދުރުކުރަން ޖެހޭ, ރައްޔިތުން ކަމަކަށް އެދުނީމާ އެކަން ކުރެވޭނެ " އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ 14 އަށްވުރެ ގިނަ މެންބަރުންނަށް މިވަނީ ޣައިރު ޤާނޫނީ ދައުވާ ކޮށްފައި ކަމަށެވެ. އަދި 60 ހާސް ރައްޔިތުންގެ ހައްގުތަކަށްވަނީ ހުރަސް އަޅާފައި ކަމަށެވެ.

އިބޫ އިތުރަށް ވިދާޅުވީ އިންތިޚާބުގައި ކުރިމަތިލާނެ ކަމަށް ޔާމިން ވަނީ ވިދާޅުވެފައި ކަމަށާއި މި ކަމާއި ފުންކޮށް ވިސްނާލަން ޖެހޭކަމަށާއި އެއީ ކޮންބޭފުޅެއްކަން އެއްވެސް މީހަކަށް ނޯޅޭނެ ކަމަށެވެ.

" ހަމަގައިމުވެސް އެއީ މިވަގުތު ރައީސް, އެކަމަކު 2013 ގައިވެސް މިހާރުވެސް ވޯޓަކުން ނުހޮވޭނެ, އޭރު ލިބުނީ 25 ޕަސެންޓް, މިދާއިރާއަކުން 5 ޕަސެންޓްވެސް ނުލިބޭނެ " އިބޫ ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފައިސާ ޚަރަދު ކުރަނީ އަމިއްލަ ފައިދާއަށް ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ފާޑު ވިދާޅުވަމުން އިބޫ ވިދާޅުވީ ޝަރުއީ ދާއިރާގެ އިތުބާރު މިވަނީ ދުވަހަކު ނުގެއްލޭވަރަށް މިހާރު ގެއްލިފައިވާކަމަށެވެ. އަދި ކިތައް ޒުވާނުންތޯ މިސަރުކާރުގައި މަރާލީ ކަމަށް ސުވާލު ކުރައްވަމުން އިބޫވަނީ އެމީހުންގެ ޝަރީއަތްތަކަށްވީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. Anonymous

    ބޭބޭ، ނަޝީދު މިގައުމުގެ ވެރިކަމާ ހަވާލުވިއިރު، ގައުމުގެ ހަޒާނާގަ 6 މިލިޔަން ޑޮލަރު ހުރި، ނަޝީދު ވެރިކަމުން ފައިބައިގެން ދިޔައިރު ހަޒާނާގަ ހުރީ 2 މިލިޔަން ޑޮލަރ. ޔާމީން އެއަދަދު މިހާރު 8 މިލިޔަން ޑޮލަރަށް ވަނީ ބޮޑުކުރައްވާ ދައުލަތުގެ ހަޒާނާ %400 އިތުރުކޮށްދީފަ. ކާކުބާ ވަށްކަންކުރިކަން ނުވަތަ ދައުލަތުގެ ހަޒާނާއަށް ހިޔާނާތްތެރިވީމަކަމަށް ހިސާބުތަކުން ދައްކަނީ؟

  2. Anonymous

    ދިވެހިރާއްޖޭގެ ދަރަނި 30 ބިލިއަނަށް ޑޮލަރަށް އަރާފައޮތީ ރައީސް ޔާމީނުގެ ވެރިކަމުގައި، އެކަމަކު، މިދަރަނި ދައްކަމުން އިތުރު ލޯނު ނަގާ ގައުމު ތަރައްޤީ ކުރަމުން، ވިއްކާލާފައޮތް ގައުމީ އެއަރޕޯޓް 250 މިލިއަން ޑޮލަރު ދައްކާފަ ދިވެހިންނަށް ހޯދާދީފަ، މައުމޫނު ދައުރުގަ ހޯދައިދިން، ހުޅުމާލެއާ އެއްވަރުގެ އިތުރު ބިމެއް ހޯދައިދީފި، 12 އެއަރޕޯޓް ހަދައިދީފި. އެތައްށް ރިސޯޓެއް ނިންމުމަށް ފައިސާ ހޯދަައިދީފި. މިއީ ވައްކަންކުރާ މީހުންކުރަ ކަމެއްނޫން. އަންނިގެ ވެރިކަމުގަ ކުރެވުނު ކަމަކީ، 25 ބިލިއަން ޑޮލަރުން ދިވެރިގައުމު ދަރުވާލުން. އެއީ 2000 ފްލެޓު އަޅަން އެކަނި. އިތުރު އެއްކަމެއް ދިވެހިންނަށް ކޮށްދީފައޮތިއްޔާ ނިކަން ބުނެލަބަލަ؟

  3. Anonymous

    މިސަރުކާރުގެ ދުވަސްވަރު އެކަނިތަ މީހުންމެރީ، މައުމޫނު ދުވަސްވަރު، ޖަލުގަ އީވާން މެރީ. ޑރ ވަހީދުގެ ދުވަސްވަރު ޑރ އަފްރާޝީމް އަވަހާރަކޮށްލީ، ނަޝީދުގެ ދުވަސްވަރު، 20 އަށްވުރެ ގިނަ ޒުވާނުންވަނީ މަރާފައި. މިހުރިހާކަމެއް އެމީހުންގެ ބޮލުގަ އެޅޭކަމަށްވަންޏާ ރައީސް ޔާމީންގެ ވެރިކަމުގަ މެރިމީހުންގެ ކަމެއް ރައީސް ޔާމީންގެ ބޮލުގަ އެޅުވޭނީ. ކަލޭމެން ހަނދާން ބަލިކަމުން މައްސަލައަކީ.

  4. މޫސާ

    ބަޔަކި މީހަކާ ދޭތެރޭ ޙަސަދަވެރިވެގެން އެމީހާ މަރާލީމާ އެކަން ސަރުކާރުގެ ބޮލުގައި އެޅުވުމަކީ އިބޫއަކީ ތާކުންތާކު ޖެހޭ މީހެއް ނޫން ކަމުގެ އަލިގަދަ ދަލީލެއް.

  5. ހަލީމް

    އެއްވެެސް މުސްލިމަކު، ﷲ އަށާއި، ރަސޫލާއަށް ފުރައްސާރަކުރާ މީހަކީ ވެރިއަކަށް ލައިގެން އުޅޭނެތަ؟ ކަލޭމެން ގައިމު ތިއުޅެނީ އެކަން ކޮށްގެން. ސުވާލަކީ، ކަލޭތިއީ ފުރިހަމަ މުސްލެމެއްހޭ؟

  6. އާސި

    ދިވެރާއްޖޭގެ ކޯޓަކުން ވަގެއްކަމަށް ކަނޑައަޅާފައިވާ މީހަކަށް މިގައުމުގެ ރައްޔިތުން ވެރިކަމެއްނުދޭނެ. އަދި ދިވެހިރާއްޖޭގެ ކޯޓަކުން ދިވެހިން ވަގަށް ނެގިކަން ޘާބިތުވެފައިވާ މީހަކަށްވެސް ދިވެހިން ވޯޓެއް ނުދޭނެ. އޭރަށް އަހަރެމެންނަށް ޔަގީން ކަމެއް ނޯންނާނެ އަހަރެމެންވެސް ވަގަށް ނުނަގާނެކަމުގެއެއް.

  7. މާނި

    ކަލޭ ކާކަށް ތި ވަގަށް ގޮވަނީ؟ ކަލޭ ލޮލުން ދުށިންތަ ވަށްކަންކުރަނިކޮށް ނުވަތަ ތަހުގީގީ އިދާރާއަކުން ވަގެއްކަން ޘާބިތުވާ ވަރަށް ހެކިހުރީތަ؟ ކަލޭދެން ތި ވަރަށް ލޯ ލވެލްއަށް ވެއްޓުނީ. ރައީސް ޔާމީނާ ވާދަކޮށްދަލަންވެސް މިއިދިކޮޅު މީހުނަށް ނުކުރޭނެކަން މިއެނގެނީ.

  8. އަޅޭ

    އަޅޭ މިގޮލާމެނަށް ރައީސް ޔާމީނާއެކީ އިންތިހާބަކަށް ކުރިމަތިލާންވެސް ނުކެރިގެން ދިވެހިން ކައިރީ އާދޭސްކުރަނީ، ރައީސް ޔާމީން ވެރިކަމަށް ކުރިމތިލިއަނުދޭންވެސް. މީހަކު ހީހީ ހަލާކުވާވަރެއް ނުވޭތަ އަޅޭ. ބަލަ ކަލޭމެން ކޮންކަމަކާތަ ތި ބިރު ގަންނަނީ، ކަލޭމެން ތިބުނާ ގޮތުން 95 ޕަސެންޓް ސަޕޯޓް އޮތް ބައެއްނޫންތަ ތިއީ. ކޮންކަމެއްވާނީ ރ.ޔާމީން ނަންއޮތަސް ނެތަސް ކަލޭމެން ހިތުން ރައީސް ޔާމީނަށް ވޯޓްލާނެ މީހަކު ނެތެއްނު.

  9. Anonymous

    ޔާމީން ކުޅެން ދަނޑަށް އަރަންޏާ މިމީހުން ނާރާނަމޯ. ހާދަހާވާ ބިރެކޭދޯ މިގަންނަނީ. ވެލިކާން ޖެހޭނެތީތަ ތިހާ ބިރުތިގަންނަނީ.

  10. ޢަލީ

    ރައީސް ޔާމީނުގެ މައްޗަށް ވައްކަމެއް އަދި ސާބިތުވެފައެއް ނެތް. އަދި އެފަދަ ދަޢުވާއެއް ހުށަހެޅިފައެއްވެސް ނެތް. ނަޝީސުގެ މައްޗަށް ސާބިތުވެފަ މައުމޫނު މާފުދެއްވާފަ އޮތީ. ޢެހެންކަމުން ނަޝީދަކަށް ވެރިކަން ނުދޭށޭ ތިބުނީދޯ.

  11. އަންނި

    ދޮންބެ ބުނަންތަ ތިބީ ހުސްވަގުން. އިބޫވެސް އަދީބު ޒަމާނުގަ އަދީބު އަތުން ފައިސާ ހޯދި. އަދި މަޖިލިސްގެ ވޯޓުތައް ފައިސާ ދޭ މިންވަރަކުން ބަދަލު ކުރި. ނަމަވެސް ވަގު ބަދުނާމު އަޅުވަންޖެހޭނީ ވަރަށް ރަނގަޅަށް ބަލާފަ ހެކި އަތަށް ނަގާފަ، ނޫނީ ތިމާގެ ދުލުން ބޭރުވި ބަހުގެ އަޖަލުގައި ތިމާޖެހިދާނެ

  12. ާަަމަނިކު

    މައުމޫނަށް ވަގަައްގޮވި މިއަދުގެ މައުމޫނުވަރެއްނެތް

  13. ހުސޭނު

    ތީ ވަރަށްރަގަނޅު ވާހަކައެއް، މިގައުމުގަވެސް ތަންކޮޅެއް ކުރިން ތިކަހަލަ ރައީސެއް ހުރި، ރައްޔިރުން ނުކުމެ ވެރިކަމުންވައްޓާލައިފި

  14. އަބްދުއްލާ

    މިގައުމުގާ ވަގުންގެ ކާނާ ކައިގެން ބޮޑުވާ މީހުންވެސް ވަގެއްގެ ޅިޔަނަކށް ނުވަތަ ދަނބިދަރިޔަކަށް ނުވަތަ ރައްޓެއްސަކަށް ވެ ހުރެ އެންމެ ބޮޑު ވަގުމުދާ ކެއުމުގެ ސަބަބުން ގެވެސް ވިއްކާލަންޖެހުނު ވަގެއްގެ ފަހަތުގަ ހުރެ އެހެންމީހުނަށް ވަގަށް ގޮވީމަ އެ ގޮވެނީ ގުދޯގުދޯ ނޫންތަ ؟

  15. އިންސާފު

    މިގައުމުގެ ވެރިކަން ހަވާލުކުރަން ހިންނަވަރު ބޮޑު ވަގު ތިގޮވަނީ ވަގަކާތަ؟ ނަޝީދަކީ ކުއްސާބިތުވެފައިވާ މުލި ވަގެއް ! ރައީސް ޔާމީނަކީ އަމާނަތްތެރިޔެއްކަން ދައުލަތުގެ ޙަޒާނާއަށް ބަލާލީމަ ފެންނާނެ!
    ވަގުންނަށް ހީވާނެ ދެންވެސްތިބޭނީ ހުސްވަގުންނޭ!!

  16. ކޮލެޖް

    އެހެންވިއްޔާ ކީއްވެތޯ ނަޝީދައް ވެރިކަން ހޯދައިދޭން ތިމަސައކަތްކުރަނީ ނަޝީދަކީ ވަގެއް ވައްކަންކުރިކަން ސާބިތުވެ ކޯޓްން ހުކުމްވެސްކުރި ނަޝީދު އެހުކުމް ތަންފީޒުވެސްކުރި ޔާމީނުގެ މައްޗައް އަދިނެތް ވައްކަމެއްކުރިކަން ސާބިތުވެފައެއް ދެން ވަގުންނަކީ ކޮބާއިތަ އޮޅިއްޖެ.

  17. ހުސެން

    ވަގުން ވެރިކަމުގަ ނުބަހައްޓަންވެގެން ރައްޔިތުންނުކުމެ ނަސީދުބޭރުކުރީ، 2013ގަވެސް ނަސީދު ނުހޮވީ ރައްޔިތުން ވަގެއްބޭނުންނެތީމަ. ނަސީދު މުޅިއާއިލާ އަކީވެސް ހުސްވަގުން. ކިތަންމެވަރެއްވިޔަސް ނަސީދު އާއިލާ މީހަކައްވެސް މިގައުމުގެ ވެރިކަމެއް ދެންނުލިބޭނެ.

  18. ހަސަން

    އިބޫމެން ހިތުހުރިޔާ ވާހަކޭ މިހާރު ގަބޫލުނުކުރާނެ.

  19. މޫސާ

    އިބޫ ތިބުނީ ރަނގަޅު ވާހަކައެއް. ވަގަކު ވެރިކަމުގަ ނުބަހައްޓަން ވެގެން ވަގު ބާލާފަ މިހާރު އެހުރީ ޞާލިޙު ވެރިއެއް އިސްކޮށްފަ. ރަނގަޅެއް ނޫންތޯ؟އިބޫ.

  20. ދަބޭލެނިންގް

    އެއްވެސް ޤައުމެއްގެ ރައްޔިތުން ވަގެއް އެޤައުމެއްގެ ވެރިކަމުގައި ނުބަހައްޓާނެ ކަމަށް ވާނަމަ ކެނެރީގެ ނަޝީދު މިގަައުމުވެ ވެރިއަކަށް ނުބަހައްޓާނެއޭ. ސަބަބަކީ އޭނާ ކުރި ކަމަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ހަދާފައިވާ އެއާރޕޯރޓް ޖީއެމްއާރަށް ވިއްކާލާ އޭނާގެ ބައްޕަ މާލޭގެ އެތައް ބަޔަކަށް ދަރާ އޮތް 100 މިލިއަން ޑޮލަރު ކަޓްގެ ގޮތުގައި ޖީއެމްއާރު އަތުން އަތުލާ އެ ދަރަނި އަދާ ކޮށް ނިންމާލީއޭ. ދެން އޭނާ ކުރި ކަމަކީ ޖީއެމްއާރު އެއާރޕޯރޓް ހިންގި އިރު ކޮންމެ މަހަކު ތެލުގެ އަގު ބޮޑު ކޮށްގެން އޭނާ އަށް ކަޓެއްގެ ގޮތުގައި 100 މިިލިއަން ޑޮލަރު ޖީއެމްއާރު އަތުން އަތުލީއޭ. މީ މަމެން ނުދަންނަ ވައްކަމެއް ނޫނޭ އޭނާ ކޮށްފައިވަނީ. މީ ފަސްމާމުލު ފަސްވަގުންގެ ދަރިން ކުރާ ވައްކަން ނޫންތޭ އިބޫ. ދެން މާލޭގައި ކުނި އުކާލަން އޭ ކިޔާ ކެނެރީގެ ނަޝީދުގެ އެކެބަނޑެއް ބެއްޔާގެ ކުންފުންނަކަށް މާލޭގެ ކުނި ނައްތާލަން ދޭން އުޅުނީ އެއީ އިންޑިއާގެ ޓަޓްވާ ނަމަކަށް ބާއްވައިގެން މާލޭގެ ބިން ތައް ހިލޭ މުނިސިޕަލްޓީގެ ހުރިހާ ވެހިކަލްސް ތައް މަރާމާތު ކުރުމަށް ފަހު ހިލޭ ޓަޓްވާ އަށް ދީގެން ކަރަންޓް ކޮންމެ މީޓަރަކުން މަހަކު 500 ރުފިޔާ ނަގައިގެން އެކަން ކުރަން އުޅުނީ އިންޑިއާ އިން 6000 މީހުންގެ ކޯޓާ އެއް ވެސް އެމެންނަށް ދީގެންނޭ. މީ ސީދާ ދިވެހިންގެ މާލިއްޔާ އިން ރޯމާ ދުވާލު ވައްކަން ކުުރުން ނޫން ދެން ކޮން ކަމެއްތޭ. އިބޫ ތަމެންގެ ޖަނގިޔާޒް ދަ ބޭލެނިންގް ވާނީ މަމެން ތަމެން ކޮށްފައިވާ ވައްކަމުގެ ވާހަކަ ދައްކަން ފަށއިފިނަމަ. ކެނެރީގެ ނަޝީދު ކަނޑު ފައްތާ ފިލްމް ކުޅުނީ އެއީ އޭނާގެ ތިރީކޮޅުން އުފުރާފައި ހުރި އެއްޗެހި ތައް ވިއްކައިގެން ހޯދި 300 މިިލިއަން ޑޮލަރުން ތޭ ރަންރީނދޫ ޓްވިޓަރޭ މެން ވޯޓަރ ފްރޫޕް ޖަނގިޔަލަށް ދަންދެން ޔޫކޭ ން ގަނެގެން ގެނެސް އެމެން ލައިގެން މޫދަށް އެރި ތިބީ އެއީ ސީދާ ރައީސް އޮފީސް ބަޖެޓް ދަވާލައިގެން ނޫންތޭ. ޖަނގިޔާޒް ދަ ބޭލެނިންގް ވާނެ މިފަހަރު އިނގޭތޭ އިބޫ.

  21. އަޙްމަދް

    އިބޫ ތިބުނުއްވާހެން ވެގެންނޭ ރައްޔިތުން ނުކުމެ ކެނެރީގޭ ނަޝީދު ވެރިކަމުން ބޭރުކޮއްފަ އެހުރީ:ހެހޭ

  22. ޔޫސުބު

    އަންނި މުދާ ވަގަށްނެގި(ވެލާނާގެއިން)، ފައިސާ ވަގަށްނެގި(ދައުލަތުގެ ރިޒާވު 600 މިލިޔަނުން 200 މިލިޔަނަށް ތިރިކޮށް 34 ބިލިޔަން ރުފިޔާއިން ދަރުވާލި)، މީހުން ވަގަށްނެގި(ޢަބްދުﷲ ޣާޒީ)، ރައްޔިތުންނަށް ވަގަށް ދީން ބަދަލުކުރަން އުޅުނު....އެހެންވީމާ އެއީ ބޮޑުވަގު

  23. ޙަފްޞާ / މާލެ

    ބޮލުރޮދި ކެނޑިފަހުރި ބެޔެއްއ މީ!

  24. އައްޔަ

    އެހެންވީމާ މިހާރުގެ ރައީސް ޔާމީނަކީ ތިޔަބޭފުޅުން ތިޔަ ވިދާޅުވާކަހަލަ ވަގެއް ނޫންތާ! އެހެންވީމާތާ އެހުރީ ބަހައްޓާފައި.. ނަޝީދު ނުބެހެއްޓީ ވަގެއް ވީމައޭ ދޮއްތޮ ތިޔަބުނަނީ! ހަހަހަހހަަހާ

  25. ވައިހޭމުހައްމަދު

    ޢިބޫ ކޮސްނޮގޮވާ ތިބިނަނީ 2013 ރައީސް ޔާމީން އައް 25% ވޯޓްވެސް ނުލިބޭ ވާހަކަ ކޮން ސުކޫލަކުން ތޯ މަނިކުފާނު ކިޔަވާ ވިދާޅުވީ. ޜާއްޖޭގެ ވެރިކަން މިލިބެނީ %51 އަށް ވުރެން ގިނަ ވޯޓް ލިބިގެން. ޢެންމެނވެސް ވޯޓްލީ އަންނިއާއި ޔާމީން އަށް. ޚޮސްނޮގޮވާ ހުރޭ

  26. މުޙައްމަދު

    އިބޫ އެވިދާޅުވަނީ އަސްލު ތެދު ފުޅެއް. ސާކު ސަމިޓު ބާއްވަން އައްޑޫ ގަ ކުރި މަސަތްކަތައްފަހު ބޭފުޅުން ބޭރު ގައުމު ތަކުން ގޯއްޗާއި ފްލެޓް ގަތްވާހަކަ ދާދި ފަހުން މޫސަ ވިދާޅުވި. އިތުރައް ޖީ.އެމް.އާރ އަށް އެއާރޕޯރޓް ކުއްޔައްދިނުމުގަ ކަންތައް ވީގޮތް ވެސް އެގޭ. އެހެންވެގެން ދިވެހިން ބޭނުން ނުވީ 2013 ގަ ވެރިކަމުގަ ނަޝީދު ނުބަހައްޓަން.

  27. ހުސޭނުބޭ

    ދެލޯއަވަރުވިއަސް މިފަހަރު ތިބުވުނީ ހެޔޮކޮށް. އެހެންވެޔޭ ބުއްޅަބޭ ފައްސާލަން ޖެހުނީ. 4.5 ބިލިއަން ރުފިޔާގެ ވަގުން އެކަން މަތިޖެހުމަށް ދައްކާ ވާހަކަ ތިއީ.

  28. ޙާލުގެދުލުން

    އެހެންވީއިރު ވައްކަމުގެކުށް ސާބިތުވެ އެހުކުމް ތަންފީޒް ކޮށްފަިވާ ބޮދުވަގަކު ވެދިކަމަށް ގެންނަން އިބޫ މަރުފަލިތިޖަހަނީ ކީއްކުރަންބާ އިބޫރުހޭ މީހަކީ ވަގެއްކަމަށްޝަރީޢަތުން ކަނޑައެޅއަސް ވަގަކަށްނުވެފާ ނުރުހޭ މޯބާދުވަހަކު ވައްކަން ނުކުރިޔަސް ވަގަކަށްވަނީ ހާދަ ހެއްވައޭ ދޯ