އެކިއެކި ޖޫރިމަނާތަކުން ދައުލަތުން ވޭތުވެދިޔަ ތިން މަސް ތެރޭގައި ދައުލަތަށް 48 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެހެންނަމަވެސް މި އަދަދަކީ މިދިޔަ އަހަރުގެ މިހާތަނަށް ލިބުނު އަދަދަށްވުރެ ދަށް އަދަދެެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އިއްޔެ ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ ތިން މަހު ދައުލަތަށް ޖޫރިމަނާތަކުން މިލިއަނަކަށްވުރެ ގިނަ ޑޮލަރު ލިބިފައިވެއެވެ. މުޅި ޖުމްލަ ޖޫރިމަނާތަކުން ދައުލަތަށް ލިބިފައިވަނީ 47.86 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 67.72 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހުގެ ދައުލަތަށް ތަފާތު އެކި ކަންކަމުގެ ޖޫރިމަނާތަކުން ލިބުނީ 37,959 ޑޮލަރާއި 7,331,907 މިލިއަން ރުފިޔާއެވެ. މުޅި ޖުމްލަ ދައުލަތަށް ޖޫރިމަނާގެ ގޮތުގައި މިދިޔަ މަހު ލިބުނީ 7,914,128 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް މިއީ މިދިޔަ އަހަރުގެ މާޗު މަހާއި އަޅާ ބަލާއިރު މިއަހަރުގެ މާޗު މަހު ލިބުނު އަދަދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ ދައުލަތަށް ޖޫރިމަނާތަކުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

ޖޫރިމަނާތަކުން ލިބޭ ޖުމްލަ އާމްދަނީ މީރާގެ ރިޕޯޓުގައި ބަޔާންކުރި ނަމަވެސް، ވަކިވަކި ޖޫރިމަނާތަކުގެ ތަފްސީލު ބަޔާންކޮށްފައި ނުވެއެވެ. މީގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަންތަކާއި ޕާކިންގް ސްޓިކާގެ ޖޫރިމަނާތައް ވެސް ހިމެނޭނެއެވެ.

މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 169.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 83 މިލިއަން ރުފިޔާ އާއި ގަވާއިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 30 މިލިއަން ރުފިޔާ އާއި އެގްރިމެންޓުތަކާއި ހިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 11 މިލިއަން ރުފިޔާއެވެ. އަދި މުވައްޒަފުންގެ ގަޑީ ލާރިއާއި ޖޫރިމަނާގެ ގޮތުގައި 8 ލައްކަ ރުފިޔާ، އާއި ދަރަންޏާއި ގަޒިއްޔާ ޖޫރިމަނާގެ ގޮތުގައި 166،869 ރުފިޔާ އާއި ޓްރެފިކް ވަޔޮލޭޝަން ޗާޖުގެ ގޮތުގައި 31 މިލިއަން ރުފިޔާ އަދި އެހެން ޖޫރިމަނާގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޏޑނދ

    މިހަލަތުގަވެސް؟

  2. ހަލާކު

    ކޮބައި މީރަނގަޅު ދަނޑިވަޅެއް ރައްޔިތުން ފެލައިލަން ފެންޓަނެއް ހިލޭ ދޭވަހަކަ ދައްކާފަ -/25ރ ދީފަ ސައިކަލްތަކުގަ ސްޓިކާ ޖަހާލާ -/750ރ ޖުރިމަނާ ކޮށްލާ އޭރުން މިރާއިން މާދަން ބުނާނެ އެތަށް މިލަޔަން ރ ލިބިއްޖޭ ބާރަށް އަތްޖަހާ ދުނިޔޭގަ ނޯންނާނެ މިއށްވުރެ ވައްކަމާ ކޮރަޕްސަން އިންތިހާ އަށް ބޮޑު ސަރުކާރެެއް ސަރުކާރުތރޭން މިވާހަކަ ދައްކނީ ވައްކަން ކުރަނީ އެމީހަކަށް ކެވުނު ގޮތަކަށް ކަނީއޭ މިމީހުން އަމިއްލަޔަށް ކިޔަނީ ބޯހަލާކު

  3. ދަންނާތި

    “ ޖޫރިމަނާތަކުން ލިބޭ ޖުމްލަ އާމްދަނީ މީރާގެ ރިޕޯޓުގައި ބަޔާންކުރި ނަމަވެސް، ވަކިވަކި ޖޫރިމަނާތަކުގެ ތަފްސީލު ބަޔާންކޮށްފައި ނުވެއެވެ.“ މީވައްކަން ކުރަންޖަހާ ފުރަތަމަ މަޅި.

  4. ދުންތަރި

    ތިޔަ ފައިސާއަށް ކިޔަނީ ޖުރުމަނާއެއްނޫން ރައްޔިތުންގެ ލޭ ބުިން ތިޔަށްކިޔަނީ ތިޔަ ފައިސާއިން ބޮޑުތަނުން މުސާރަ ނަގައިގެން އެމްޑީޕީ މަޖިލިސް މެމްބަރުން މަޖިލީހުގެ ޖަލްސާއޭ ކިޔާފަ ގޭމު ކުޅެނީ