ރާއްޖެއިން، އަވަށްޓެރި އިންޑިއާއަށް ބޭސްފަރުވާއަށް ގޮސްތިބި 159 މީހަކު ގައުމީ އެއާލައިން މޯލްޑިވިއަންގެ އެހީގައި ރާއްޖެއަށް ގެނެސްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ ބެންގަލޫރު އަދި ކޮޗިން އަށް އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް ގޮސްފައިވާ ބަލި މީހުންނާއި އެމީހުންގެ އެހީތެރިންނެވެ. މިއަދު ރާއްޖެ ގެނެސްފައިވާ 159 މިހުން މިހާރު ވަނީ ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކޮށްފައެވެ. އަދި 14 ދުވަސް ހަމަވުމުން ޓެސްޓް ތަކަށް ބަލައި އެމީހުން ދޫކޮށްލުމުގެ ކަންތައް ހަމަޖެހިގެން ދާނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ ނާދެވި ބޭރުގެ އެކި ގައުމުތަކުގައި ތިބި ފަރާތްތަކަށް ސަރުކާރާއި ގުޅިގެން ގައުމީ އެއާލައި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިހާތަނަށް އިންޑިއާގައި ތިބި 405 ދިވެހިންނާއި، ލަންކާއިން 100 ދިވެހިން، އަދި މެލޭޝިއާއިން 197 ދިވެއްސެއްގެ އިތުރުން އެހެން ގައުމުތަކުގައި ރާއްޖެ އަންނަން ބޭނުން ވެފައިވާ ދިވެހިން ވަނީ ރާއްޖެ ގެނެސްދީފައެވެ.

މީގެ އިތުރުން ބޭރުގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖް ފޮނުވުމުގައިވެސް މޯލްޑިވިއަން އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މޯލްޑިއަން އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާއިރު، ހަމަ އެކަނި އެ އެއާލައިނަށް އޮތް ހުރަހަކީ ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށްފައި އޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތެރިސާ

    އެހެންވެގެންތާ ހަދީސްއާ ސުއްނަތައް ނުބަލާ ބަލިއެނމެބާރައް ފެތުރެމުންދާ ގައުމުތަކުގަޔާ ބަލި އުޅޭ ގައުމުތަކުގަ ތިބިމީހުން ރެއްއް ދުވާލެއް ނުބަލާ ގެންނަމުންތިޔަދަނީ ތިޔަބުނާ އެއްޗަހި މިހާރުމިދަނީ މޑުމަޑުން އަމިއްލަ އިބާރާތުން ފަޅާއަރަމުން ކީއްތޯ ކުރާނީ އީމާން ތެރިކަން ބަލިކަށިވެ ދުނިޔެ އާއި ފައިސާޔާ ހެދި ބަޔަކު ގާފިލުވީމަ އެފެންނަނީ އިޓަލީންނާއި އެމެއެރިކާއިންނާއި ތިޔަ މޮޅުކުރާ ޔޫކޭއިން ވެސް ފެންނަމުން އެދަނީ ފެންނަމުން

  2. ޙައްވަ

    ހެޔޮނުވާނެ ޕާކިސްތާން ގަ ތިބި އަހަރެމެންގެ ދަރިންވެސް ގެނެސްދީބަލަ. ކުރިމަތިވަމުން އަންނަ މާތް މައްސަރާ ދޭތެރޭ ވިސްނާލާފަ ވެސް ނިކަމެތިންނާ ދޭތެރޭ ރަހުމް ކޮށްބަލަ.މިހިރީ ގޮތްހުސްވެފަ