ކުރީގެ މިނިސްޓަރ ޑރ.އަބްދުލް މަޖީދު – ފޮޓޯ: ވީނިއުސް
ކުރީގެ މިނިސްޓަރ ޑރ.އަބްދުލް މަޖީދު – ފޮޓޯ: ވީނިއުސް

ޖަލުގައި ތިބި ސިޔާސީ ފަރާތްތަކަށް އާއިލީ ބައްދަލުވުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އެ ހައްގުން އެ ފަރާތްތަށް މަހްރޫމްކޮށްފައިވަނީ ރައީސް ޔާމީން އަންގަވައިގެން ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ ރައީސް ޔާމީންގެ މައްޗަށް ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.

ޑރ.މަޖީދު މިހެން ވިދާޅުވީ ރަަސްދޫގައި އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ޖަލުގައި ތިބި އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ ހައްޔަރީންނަށް މިވަނީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އާއިލީ ބައްދަލުވުމުގެ ހައްޤުން މަހްރޫމްކޮށްފައި. މިކަން މިގޮތަށް ނުކުރުމަށް އަޅުގަނޑު ކަރެކްޝަން ސާވިސްއަށާއި ސަރުކާރަށް ގޮވާލަން. އަދި އަޅުގަނޑަށް އެނގޭ ކަރެކްޝަންގެ ބޭފުޅުންވެސް އެގޮތަށް ކަންތައް ކުރައްވަނީ ބޭނުންފުޅު ވެގެންނެއް ނޫންކަން. އެއީ ރައީސް ޔާމީންގެ އެންގުމަށް ކުރާ ކަމެއް" ޑރ.މަޖީދު ވިދާޅުވިއެވެ.

މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްް ކަމަށާއި އޭގެ އެންމެ ބޮޑު ހެއްކަކީ  ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރެއްވި އަދި ނިޝާނުލް ގާޒީގެ ލަގަބް ލިބިވަޑައިގެން ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދެމުންގެންދާ އަނިޔާ ކަމަށް ޑރ.މަޖީދު ވިދާޅުވިއެވެ.

ރައީސް މައުމޫން މުސްކުޅިވެފައި ވަނިކޮށް ޖަލަށް ލައި އަދި އެވަރުން ނުފުދިގެން ކޯޓަށް ގެންގޮސް 6 ނުވަތަ 7 ގަޑިއިރު ބައިންދަނީ ސީދާ ރައީސް ޔާމީންގެ އެންގުމަށް ކުރާ ކަމެއް ކަމަށް ވެސް ޑރ.މަޖީދު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމަކީ ސަރުކާރުން ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށާއި އެއި ސަރުކާރުން ކަންބޮޑު ވާން ޖެހޭ ކަމެއް ނޫން ކަމަށްވެސް ޑރ.މަޖީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބައްލަވާ އެބޭފުޅާ ބަޣާވާތް ކުރައްވަން އުޅުއްވި ކަން އޮޅުވާލަންވެގެން ދައްކާ ދޮގުވާހަކަތީ.

 2. ޑރ. ޕްރީޕެއިޑް. ތީ ގެއްލި ހަލާކު ވެފައިވާ މީހެއް. ރައީސް މައުމޫން އަށް ފުރއްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެކޭ ކިޔާ އެތިވަރު ގޮވާފަ މިއަދު މާ ހެޔޮ އެދިގެން. މުނާފިގު

 3. ޑރ މަޖީދުމެން މިއަދު ތިޔަ ޢިއްޒަތް އަރުވާ ޢިއްޒަތްތެރި ކުރުވާ ރައީސް މައުމޫނު އަކީ މީގެ ކުރިން ތިޔަ މަޖީދުމެން ފައިފުއްސަށްވުރެ ދަށް ބާވެ ހަޑިވެފައިވާ ފޮތިގަނޑަކަށް ވުރެވެސް ދަށު ދަރަޖައަށް ވައްޓާލާފައިވާ ބޭފުޅެއް. މިއަދު އެއްކަމެއްގައި މަޖީދުމެންގެ ފިކުރާ ރައީސް މައުމޫނުގެ ފިކުރު ދިމާވުމުން ޤައުމުގެ އަލިަމަހެއް ފަދަ ޖަވާހިރަކަށް ރައީސް މައުމޫނު ވެއްޖެ.

 4. ދަންނަ ބޭކަލުންނަށްވެސް ނުދަންނަ ކަންތަކާ ދިމާވާނެ! މިފަހަރު މިއޮތީ މަޖީދަށް ވެސް އެކަހަލަ ކަމަކާ ދިމާވެފަ. މަޖީދަށް ދަންނަވާލަން. އެއީ ރައީސް ުާމީން ކުރައްވާ ކަމެއް ނޫން. އެކަންކަން ކުރައްވާ ފަރާތުން އެކަން ވަރަށް ރަނގަޅަށް ކުރައްވަމުން އެބަ ގެންދަވާ. މަޖީދަށް އެކަން ނޭނގުނީތީ ވަރަށް ސަލާމް.

  • ވަރަށް ސަޅި. "ދަންނަބޭކަލުންނަށްވެސް ނުދަންނަ ކަންތަކާދިމާވާ ބަސްކޮޅު!"

   ހަމަ ރަގަޅަށްވެސް ދަންނަބޭކަލުން ނުދަންނަކަމަށްވެސް ހެދެޔޯ...

 5. މަޖީދޫ އީޔޫ އާއި އެއްކޮޅައް އަރައި ހުރެ ތިކުރާ މަސައްކަތަކީ މުޅި ދިވެހި ރައްޔިތުންނަށާއި. އިސްލާމްދީނށް މަޖީދު ދެއްވާ ވ ބޮޑު އަނިޔާއެއް.

 6. ތީ މުނާފިގެއްތަ؟

 7. މީނައަކީ ދީނީ އިލްމުވެރިއަކަށްވެހުރެ އީޔޫއިން މިގައުމުގަ ދީނ މިނިވަންކަން ގާއިމުކުރުމަށް ގޮވާލާއިރު މި މަޖީދަށް
  ޢެއްވެސް އެއްޗެކޭ ނުބުނެވުނު މިއަދާހަމައަށްވެސް ބީރުކަންފަތެއް ދީގެންހުރެފަ މިހާރު އަނގަފަޅަން ލަދެއް ނުގަނޭތަ؟؟، އަދާލަތު ޕާޓީގެ ޝައިޚް އިލްޔާސުއާއި ޢަލީޒާހިރު އެކަން ކުށްވެރި ކޮށް އަޑުއުފުލި އިރުވެސް މީނަހުރީ ތުންފިއްތައިގެންނެވެ. މިއީވެސް ވެރިކަމާއިހެދި ބޫތުކައިގެންއުޅޭ ޖާހިލެއް

 8. ކަލޭ ގޮވާލާ ގޮވާލާ ހުރެ ކާކު އަޑުއަހަނީ. ކަލޭ ނޫން އަންނީގެ ލާޑިނީކަން އަހަރެމެންނަށް ބުނެދިނީ.މިހާރު ތިހުރީ ފިތިފައި!

 9. މައުމޫނަކީ ކާފަރެކޭ ސުންނަތް ޖަމާއަތުގެ މީހެއް ނޫނޭ ކިޔާ ކޯޓަށް ދުވީ މިމާޖީދެވެ. ދެ ދުލުގެ ވެރިއަކަށްވީތީ ޙާދަ ދެރައޭ!

 10. ކަލޭ ތީ، ރަައްޖޭން އިސްލާމްދީން ނައްތާލާ ގަރާރު ފާސްކުރަން، އީޔޫ އަށް ބާރުއެޅި ފަރާތް ތަކުގެ ތެރޭގައި ހިމެނޭ މީހެއް.

 11. ބަގާވާތް ފަޅާއެރީމާ ގޮވޭނީ ތިކަހަލަ ކޮސް.

 12. އިޔޫ ޤަރާރު ކަމުގޮސްގެން ހުއްޓާ މީހުން އެއްޗެތިކިޔަން ފެށުމުން މަތިޖަހަން ދައްކާ ވާހަކަ.

 13. މުޙައްމަދު ކޮއެ

  މަޖީދު މެންކަހަލަ ވާނުވާ ނޭގޭމީހުން ތިކަހަލަ ވާހަކަ ދެއްކީވަނީ ވަރަށް ބޮޑު ޖޯކަކަށް .. ރާއްޖޭގެ އެއްވެސް ޖަލެއްގައެއްނޯންނާނެ ސިޔާސީ އެއްވެސް ކުއްވެރި އެއް.. ކޮންމެ މީހަކުވެސް އަނގަ އޮތީމަ ނަޓޭ އިސްތައްޓޭ ބިސްގަޑޭ ކިޔަނީ ހަޤީޤަތެއްނުބަލާ