އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފުރަތަމަ ފަހަރަށް މައިބަދައިގެ ދެ އޮޕަރޭޝަނެއް މިއަދު ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، މިއަދު ކާމިޔާބު ކަމާއި އެކީ މައިބަދައިގެ އޮޕްރޭޝަން ކޮށްފައިވަނީ އުމުރުން 64 އަހަރުގެ އަންހެނަކާއި 68 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭއީއެޗްގައި ކުރި މި ދެ އޮޕަރޭޝަންގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންވެސް ވަނީ ބައިވެރިވެފައެވެ.

އޭއީއެޗްގައި މިއަދު މި ދެ އޮޕަރޭޝަން ކޮށްފައިވާއިރު، މިމަހުގެ 4 ވަނަ ދުވަހު އެ ހޮސްޕިޓަލުން ވަނީ އުމުރުން 82 އަހަރުގެ މީހެއްގެ އުނަގަނޑުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއި އެކީ ކޮށްފައެވެ. މި އޮޕަރޭޝަނަކީ އެ ހޮސްޕިޓަލުގައި ކުރި ފުރަތަމަ ބޮޑު އޮޕަރޭޝަނެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކުރި އެންމެ ބޮޑު އޮޕަރޭޝަން ކާމިޔާބު

އެ ހޮސްޕިޓަލުގެ ފުރަތަމަ އެންމެ ބޮޑު އޮޕަރޭޝަން ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުންނެވެ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް މިހާރު އޭއީއެޗް އަށް ބަދަލުކޮށް އެތަނުގައި މިހާރު އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ހުޅުވާފައިވާ ފްލޫ ކްލިނިކުގެ ހިދުމަތް ދެމުންނެވެ.

އޭއީއެޗް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ހޮސްޕިޓަލެކެވެ. މިއީ އަތޮޅު ތެރޭގައި މިގޮތަށް ގާއިމްކޮށްފައިވާ އެންމެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބުއްޅަބެ

  الحمدالله
  ޝުކުރިއްޔާ ރ ޔާމީން.

  10
 2. ށެޒްނީ

  ޒީނާ އަކީވެސް މީ ޑޮކްޓާ އެއްތަ؟

 3. ސުބަރަމާނިއަމް

  އަނެއްކާ އަންނިތަ އެމީހާގެ މައިބަދަވެސް 3 ބުރިއަށް ބިނދުނު.

 4. އައިޝާ95

  ޝުކުރިއްޔާ ތަރައްޤީގެ ބާނީ ރައީސް ޔާމީން. ޖަލުގައި އޮންނަން ޖެހުނަސް، މަނިކުފާނުގެ މަސައްކަތް ހުރިހާ ދިވެހިންނަށް ފެނި، ބޭނުންކުރާތީ، އަދި އެކަމުގެ ފައިދާ ހަމަ ހުރިހާ ދިވެހި ރައްޔިތުންނަށް ކުރާތީ ޝުކުރުވެރިވަން. ތިވަރުގެ ރައީސެއް އަދި ނާދޭ. މަނިކުފާނު މިހާރު އޮންނެވީ ޖަލުގައި. ނަމަވެސް މަނިކުފާރު އެޅުއްވި ދަރުމަވަންތަ ހޮސްޕިޓަލުން ކޮވިޑްއަށް ޕޮސިޓިވް ވި އެންމެން މާތްﷲގެ ތަނަވަސް ރަޙްމަތުން އަދި އަންނަނީ ރަގަޅުވަމުން. އެހެންވީމާ މަނކިފާނުގެ ފައިދާ ނުކުރާ އެއްވެސް މީހެއްނެތް. ޝުކުރިއްޔާ އަދި އެއްފަހަރު.