ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މާލީ ހާލަތު މި ދަނޑިވަޅުގައި ކިތަންމެ ދަށްވެފައިވީ ނަމަވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާތައް މިހާރުވެސް ހުންނާނީ އެކިއެކި ކަންކަމުގައި އިންވެސްޓު ކުރެވިފައި ކަމަށެވެ. އަދި އެ ފައިސާއަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއަކީ ސަރުކާރުން ހަމަ ބޭނުންވާ އިރަށް ބޭނުން ކުރަން ހުންނަ އެއްޗެއް ނޫން ކަމަށާއި ބޭނުންވާއިރަށް އެ ފައިސާ ބޭނުން ނުވެސް ކުރެވޭނެ ކަމަށެވެ.

"އެއީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް ބަދަލުތަކެއް ގެނެސްގެން، ކުރެވޭނެ ކަންކަން. އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ހަގީގަތުގައި އެކަންތައް އެގޮތަށް ކުރާކަށްވެސް،" ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވިއިރު ޕެންޝަން ފަންޑުގައި ހުރި ފައިސާ ރައްޔިތުންނަށް ލިބިގެންދާނެ ގޮތެއް ހަދަން ޖެހޭ ދާދިފަހުން އޮންލައިންކޮށް ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އިދިކޮޅު ޕީއެންސީގެ މެންބަރު އާދަމް ޝަރީފުވެސް ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގެ ޕެންޝަން ފަންޑުގައި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށެވެ. އަދި އެފައިސާ ހައްގުވާ ފަރާތްތަކަށް ޕެންޝަން ފަންޑުން ކޮންމެވެސް މިންވަރެއް ލިބިގެން ދިއުމަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތު މީހާއަށް ސީދާ ގޮތުން ފައިދާވާނެ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގައި އެބަ ތިއްބެވި ޕެންޝަންގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުން، އެކަށީގެންވާ ފައިސާ އެބޭފުޅުންގެ ޕެންޝަން ފައިސާގައި އެބަހުރި. އެހެންވީމަ މިތަނުގައި ބައެއް އެހެން ބޭފުޅުންވެސް ހުށަހެޅުއްވި ގޮތަށް އަޅުގަނޑު ދެކޭ ގޮތުގައި ޕެންޝަން ފަންޑުންވެސް އެބަޖެހޭ އޭގެ ހައްގުވެރިންނަށް ކޮންމެވެސް މިންވަރެއްގެ އާމްދަނީއެއް ލިބިގެން ނުވަތަ ފައިސާއެއް ލިބިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ރޭވިގެން މަސައްކަތް ކުރެވެން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާ އޭގެ ހައްގުވެރިންނަށް ދެވިއްޖެ ކަމަށްވާ ނަމަ ކުރިޔަށް އޮތްތަނުގައި ދިމާވެދާނެ ތަފާތު އެކި ގޮންޖެހުންތަކުން އަރައިގަނެވިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އީދު

    ފައިސާ ހުރެގެންތާ ބޭނުންކުރެވޭނީ

    36
    1
  2. އލޯބެ

    ހަމަކަށަވަރުން ޕެންސަންފައިސާވަނީ ސަރުކާރުން ބޭނުންކޮށްފައެވެ ހެއްކާއިގަރީނާ ދަށްކަން އަހުން މިހުރީ ތަށްޔާރަށެވެ ދޮގުބުނެގެން ސަލާމަތްވުމަށް ހާސްދޮގުހަދަން ޖެހޭކަން ހަނދުމަނެތުނީތޯއެވެ.

    39
    1
  3. ޠ

    ޕެންޝަން ފަނޑުގަ އެއްވެސް ފައިސާއެއް ހުރިނަމަ ދޯ ބޭނުންކުރެވޭނީ.

    39
    1
  4. މީހުން

    މީހުން ބުރަ މަސައްކަތް ކޮށްގެން ހޯދާ ލާރި ޕެންޝަނޭ ޓެކްސްއޭ ކިޔާފަ ނަގަނީ

    40
    1
  5. ތޮރާ

    މިނިސްޓަރު ކަމަށްވިއަސް އެފައިސާ އަކީ ތިމަނިފާނުގެ އަމިއްލަ މިލްކެއް ނޫން އެއީ މިރާއްޖޭގެ ވަޒީފާ އަދާ ކުރާ މީހުން ގެ ފައިސާއެވެ ވީމާ ގާނޫނެއް ފިހެގެން ނަމަވެސް އަހަރުމެންގެހައްގު މިހާރުން މިހާރަށް އަޅުގަނޑު މެންނަށް ހޯއްދަވާ ދެއްވުމަށް ދަންނަވަން ނުދީ ހިފަހައްޓަން މަރުވީމަ ސަންދޯކުގެ ފަހަތަށް އަޅަންތޯ،؟

    38
    • ސުުުސުުުސުު

      ދޮގުހެދުމާ ފޭރުން އިންތިހާއަށް ބޮޑު ސަރުކާރު ބޮޑެތިން އިގެހުރެވެސް ހަދަނޯ ދޮގު. ދޮގުހަދާގަޑީގަ ދޫބަންދު ނުވާކަން

      14
  6. ޞޮކްޗް

    އެކަމަކު އެއީ އަހަރެމެން އަމިއްލައަށް މަސައްކަތް ކޮށްހެން ހޯދާފަހުރި އަހަރެމެންގެ އަމިއްލަ ލާރި. އަހަރެމެން ހާލުގަޖެހިގެންދާއިރު އަހަރެމެން އަތުން ގަދަކަމުން ނަގައިގެން ލާރި ރައްކާކޮާްދިނުމުގެ އެއްވެސް މާނައެއްނެތް.

    42
  7. ރާއްޖެތެރެ މީހާ

    ރަނގަޅު ވާހަކައެއް. އަވަހައް ޠިޔަދޭންއުޅެބަލަ

    27
  8. ާައާދޭސް

    ތިޔަ ބުނާ ފަންޑެއްގައި 475000ރ އެބަހުރި. ޢާދޭސް ކޮށްފައި ބުނަން ދައުލަތުން ޖަމާ ކޮށް ދެއްވި އަދަދު އުނި ކޮށްފައި ނަމަވެސް އަޅުގަނޑުގެ ފައިސާއިން މިންވަރެއް ލިބޭނެގޮތް ހައްދަވައިދެއްވާ.

    27
    • އާދޭސް

      487847.69ރ އެބަހުރި އެމް. ޕީ.އޯ.އޭ އެޕްލި ކޭޝަނުން ފެންނަން.

  9. ޙަރުދީ

    ދޮގު ހަދަ ހަދަ ހުއްޓަ އަނގަބަންދުވެދާނެ!

    24
  10. ސުމެއް

    މަ މިއަދު ބެލި އިރު މަގޭ މަގޭ ޕެންޝަން ލާރި ހުރިކަމަށްވަނީ 0
    މި ކިހިނެއް ވީ ކަމެއްބާ

  11. ސަމްސިއްޔާ

    ޕެންޝަން ފަންޑުގައި ފައިސާ އެބަހުރިތަ؟؟ ހިސާބު އަދަދުން ހުންނަ ކަމަށް ފެނުނަސް ފައިސާ ހުންނާނެ ކަމާމެދެ އެއްވެސް އިތުބާރެއްނެތް

    11
  12. ޑަބިޔާ

    ހުރިއެއްޗެއް ނަމަތާ ބޭނުން ކުރެވޭނީ

  13. މޫސަ

    ތިޔަ ފަންޑުގަ ފައިސާ ހުރެގެންތަ ނެގޭނީ ވެސް. ޙުންނާނީ އަ ކުރު. ތިޔައީ ވަޒީފާ އަދާ ކުރާ މީހުން އަތުން އޮޅުވާލައިގެން ސަރު ކާރުން ނަގާ ޓެ ކްސް އެއް.

  14. ކޮރަލް

    ނެތް އެއްޗެއް ބޭނުމެއް ނުކުރެވޭ ނެ އެވެ.

  15. ސަގީމް

    ތިވާނި ޕެންޝަން ފަންޑުގަ ފައިސާ ނެތީ ކަމައް..

  16. ބޯގޯސް

    ޢެވެސް ބަނޑުއަޅާގެން ވިއްޔަ ތިޔަތިބީ ދެންބޭނުން ކުރެވޭނެ ގޮތެއްބުނެބަލަ 65އަހަރު ވީމަ ދޭންޖެހޭ އެއްޗެއް ކަލޭމެނައް ވެގެންވަންޏާ ދިވެހި އެއްވެސް ރައްޔިތަކައް 65 އަހަރު ވިއްޔަކާނުދޭނެ

  17. އެމަންޖެ

    ކަލޯ ބޭކާރު އަނގަ ނުތަޅާ އިސްތިއުފާ ދީފިނަމަ މިގައުމައް ވަރައް ފައިދާވާނެ.

    10
  18. ލުޠުފީ

    ހިސާބު އަކުރު ދެވިދާނެ. ހުވާކޮށްފައި މިބުނީ ފައިސާއެއް ނުދެވޭނެ. ސަބަބަކީ ޕެންޝަން ފަންޑުގައި ފައިސާ ނެތުން. ހުރީ ހަމަ އެކަނި ހިސާބު އަކުރުތަކެއް.

  19. ހުޅު

    ޕެންސަންފަންޑުގަ އެހުންނަނީ އާއްމުރައްޔަތުންގެ ފައިސާ އެއީ ސަރުކާރު ފައިސާއެއްނޫން. ސަރުކާރުން އަސްލުގަ އެފައިސާގަ އަތެއްނުލެވޭނެ.

  20. މއ

    ތީ ކަލޭގެ މައިންބަފައިންގެ މުދަލެއްނޫނޭ