ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެގެން ރާއްޖޭގައި ފަރުވާ ދެމުންދިޔަ އިތުރު ދެ ދިވެއްސަކު ބަލިން ރަނގަޅުވެއްްޖެއެވެ.
އެކަން ހާމަކޮށް ހެލްތް ޕްރޮޓެޖްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި 13 ބިދޭސީ މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 16 އަށް އަރަފައެވެ. މީގެ ކުރިން ވެސް ރާއްްޖޭގައި ކޮވިޑް-19 ޖެހުނު ދިވެއްސަކު ވަނީ ރަނގަޅުވެފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 20 މީހުންނެވެ. އޭގެ ތެރެއިން ދެ މީހުން ފައްސިވެފައި ވަނީ ރާއްޖެއިން ބޭރަށް ދިޔަ ފަހުންނެވެ.
އެހެންކަމުން މިހާރު ރާއްޖޭގައި މި ބަލި ޖެހިގެން ފަރުވާދެމުން ދަނީ ދެ މީހަކަށެވެ.
މީގެ އިތުރުން މެލޭޝިއާގައި ކޮވިޑް-19 ޖެހުނު ދިވެއްސަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ހަތަރު ދިވެއްސަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. ނަމަވެސް މިކަން އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެެވެ.
މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ފަސް ދިވެހިން ވެސް ފައްސިވެފައި ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިއްބައެވެ. އޭގެ ތެރޭގައި ހިމެނޭ ހަތަރު މީހަކު އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އަދި ފަސް ވަނަ މީހާއަކީ ފިލިޕީންސް ރާއްޖެ އައި މީހުންގެ ތެރޭގައި ހިމެނޭ ދިވެއްސެކެވެ.
އަލްހަމްދު ލިﷲ
ވ. އުފާވެއްޖެ. ތި ދެ ދިވެހިންނަށް މަރުހަބާ ކިޔަން▫️??
ރާއްޖެ އިން ބަލި ޖެހުނު އިތުރު ދެ ދިވެއްސަކު ރަނގަޅުވެއްޖެ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެންގެ
ކޮރޯނާ ޖެހޭ ދިވެހިން ރަނގަޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ޖެހޭނެއޭ