1.9 މިލިޔަން ރުފިޔާގެ އިތުރުން އިތުރު ބައެއް ސާމާނު ވަގަށްނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާއާއި އިތުރު ތަކެތި ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ ވަގަށްނެގި ފައިސާއަކީ ކޭއެސްސީ އޯވަސީސް އެމްއެލްޑީ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނަގާފައި ހުރި ފައިސާއެވެ. އެއީ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްގެ މުސާރައެވެ.

ފައިސާއާއި ތަކެތި ވަގަށްނެގީ އެ ފައިސާއާއި ތަކެއްޗާ ހަވާލުވެހުރި މީހާ ގެސްޓްހައުސްގައި މަޑުކޮށްގެން ހުއްޓާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ވަގަށްނެގި ފައިސާގެ އަދަދަކީ 1.9 މިލިޔަން ރުފިޔާ ކަމަށާއި އޭގެ އިތުރުން 25 ހާހަށްވުރެ އަގުހުރި ޑާޓާ ކާޑް އަދި ރައުޓަރުގެ އިތުރުން 11 ހާހުގެ އަގުހުރި ފަސް މޯބައިލް ފޯނާއި 29500 ރުފިޔާގެ އަގުހުރި ރިޗާޖްކާޑުވެސް ވަގަށްނެގި ތަކެތީގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ކުރި މަސައްކަތުން މި މަހުގެ 12 ވަނަ ދުވަހު އޭގެ ތެރެއިން 1.5 މިލިޔަން ރުފިޔާއާއި އިތުރު ތަކެތި ހޯދާފައިވާކަމަށާއި ހަމަ އެދުވަހު އުމުރުން 27 އަހަރުގެ، ލަންކާ ރައްޔިތަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގާ ހައްޔަރުކުރި މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް ވަނީ އިތުރު ވެފައެވެ. އިއްޔެ ރޭ ވެސް މާލޭގައި ވައްކަމެއްކޮށް 1.5 މިލިއަން ރުފިޔާ ވަގަށްނަގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެ ބިދޭސީމީހާ

    ރާއްޖެތެރޭ މީހާއަށް ކުލިނުދެއްކުނީ ރަށަށް ފުނުވާލާފައި ވައްކަން ކުރި މީހާ ނުވަތަ އެ ބިދޭސީ މީހާ އަށް އުޅެވޭނެ ގޮތް ހޯދައިދޭން ޖެހޭނެ.