ރާއްޖޭގައި ކޮވިޑް 19 މުޖުތަމައުގައި ފެތުރިއްޖެނަމަ ވާނެ ގޮތް އަންދާޒާކޮށް މޯލްޑިވްސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ދިރާސާ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮސްފައި ނުވާނެ ކަމަށް، ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން ރައީސް އޮފީހުގެ އަންޑަރ ސެކޭޓްރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ރިޕޯޓަށް ރިއާޔަތްކޮށް، ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމައުގައި ބަލި ފެތުރިފައި ނެތް ކަމަށް މެމްބަރުން ވިދާޅުވެފައިވާތީ، އެ ރިޕޯޓް މަޖިލީހާއި ހިއްސާކޮށްފައިވާނެތޯ ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ އެ ރިޕޯޓް މަޖިލީހާއި މިހާތަނަށް ހިއްސާކުރައްވާފައި ނުވާނެ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ނަޒްލާ ވިދާޅުވީ އެ ރިޕޯޓް ހިއްސާކުރީ މުލިއާގޭގައި އޮންނަ ޕޮލިސީ ޑިސްކަޝަންގައި ކަމަށެވެ.

"އަޅުގަނޑުމެން ޕްރޮޖެކްޝަންސްތަކަށް ވަރަށް ގިނަ ދުވަސްވެއްޖެ މަސައްކަތް ކުރަމުންދާތާ. ދެން ރޭގަނޑު މުލިއާގޭގައި ކޮންމެ ރެއަކުވެސް ޕޮލިސީ ޑިސްކަޝަންއެއް އޮވޭ، އިސްކޮށް އުޅުއްވި ފަރާތްތަކުން ޕްރެޒެންޓްކޮށްދެއްވާފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާފައި އޮތީ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއާއި ސަރުކާރުން މިހެން ވިދާޅުވެފައި ވާއިރު، މިއަދު މެންދުރު މަޖިލީހުގައި ޕީޖީ ލީޑަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ (އެޗްޕީއޭ) އިން ހެދި އެޕިޑޮމޮލޮޖިކަލް ސާވޭ ދައްކާ ގޮތުގައި ރާއްޖެ އިން އެޅި ފިޔަވަޅުތަކާ އެކީގައި ވެސް ގާތްގަނޑަކަށް 8000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އެޗްޕީއޭގެ ސާވޭ ދައްކާ ގޮތުން ގައިދުރު ކުރުމަށް ފިޔަވަޅުތައް އަޅާފައި ބެހެއްޓީމަ، 210 ދުވަހު "ބަންދުގައި" ތިބެން ޖެހޭނެ ކަމަށާ ނުރައްކާތެރި ހާލަތުގައި ފަސް ޕަސަންޓާއި ދިހަ ޕަސަންޓު މީހުން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް އެޗްޕީއޭގެ ސަރވޭގައި ބުނެފައި ވަނީ ކޮވިޑް19 އިން ރައްކާތެރިވާން އެއްވެސް ފިޔަވަޅެއް ނޭޅިއްޖެ ނަމަ ކޮމިއުނިޓީ ސްޕްރެޑް ފެތުރޭތާ 40 ދުވަސް ވާއިރު، އެ ދުވަހު އެކަނި އެ ބަލި 7500 މީހުންނަށް ޖެހޭނެކަމަށެވެ.

އެ ދިރާސާގައި ވަނީ ބަލި ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތަކަށް ބޯ ނުލަނބާނަމަ އެންމެ ގޯސް ހާލަތުގައި ބަލި ޖެހޭނެ މީހުން އަދަދުވެސް އަންދާޒާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. މީހުން

  މަޖިލީސް އަވަދިވެގެންވެސް ބާއްވާނެކަމަށް އެބުނަނީ ސަރުކާރުގެ އެންގުންތަކާ ޚިލާފުވާނެކަން އެނގި ތިބެގެން

  21
 2. ނަސީދު

  މަޖިލިސް މީކޮންބައިގަނޑެއްތަ ވީހާވެސް އަވަހަކައް އޮވާލައިފައި ތިފައިސާއިން ވެންޓިލޭޓަރު ގަނެފައި ބަހައްޓާ

  25
 3. Anonymous

  ރޯނު އެދުރު މާފަތް ކަލޭގެ. އެހުމޔން ވއްކން ކުރީބާ؟

  22
 4. ޑަރޭ

  ދެން ކިހިނެެ އް މަޖިލިސް ރައީސް ތިމައުލޫމާތުހޯދީ..؟ ވަ އް ކަން ކުރީދޯ އެ ކަލޭގެ. އަންއެތި ކަލް ގޮލައެއް އެއީ.

  21
 5. ސަނާ

  ޢެހެންވެޔޭ މަމެން މިބުނަނީ ބުއްޅަބޭ އުޅެނީ ދަނޑިދިގު އުނދުޅި ހެދިގެން އަދި ތިމާޔާ ހިއްސާ ނު ކުރާ މައުލޫމާތުވެސް އެހުމުން ވައް ކަން ކޮށްގެންވެސް ހޯދައިގެން ނަމަވެސް މެޑެލް ޖެހޭތޯ ، އިބޫ މިހާތަނަށް ކުރި އެންމެ ރަގަޅުކަމަ ކީ މި ކަލޭގެ ތި ކަމާ ނުބައްސާ ދުރުގަ ބެހެއްޓި ކަން

  24
 6. ޑަރޭ

  ދެން ކިހިނެ އްހޭ ބުއްޅަ މާއަވަހަ ކަށް މިވާހަ ކަތައް ދައް ކާގަތީ؟ ވައް ކަން ކުރީ ދޯ؟ އަންއެތި ކަލް ހަޔާތްވެސް މުޑައީ ހަމަ...

  16
 7. ބޯގޯސް

  ދޮގުހަދަންވެސް ނަސީދު އައްވުރެވެސް އެއްދަރަޖަ މީނަ ތަންކޮޅެއްކުރީގަ ކަންނޭންގެ މިހާރު މިއުޅެނީ

  6
  11
 8. ހުޅުރާއްޖެ

  ބަޔަކު މީހުން އަނެއްކާ ތިޔަ ދިރާސާ ވަގަށް ނެގީއުތަ؟ މިދުވަސްކޮޅު ތިޖޫރީތައް ފަޅައިގެން ވައްކަން ކުރާ ވާހަކަ ނޫސްތަކުގައި އެބަހުރި. ތިޔަ ދިރާސާ ލާފައި އޮތް ތިޖޫރީއެއް ފަޅާލާފައި ހުރިތޯ ބަލާބަލަ!

  12
  • ޖަޒީރާމަނިކު

   ދިރާސާވެސް ފަޅައިލާ ވައްކަންކުރީ.

 9. މުރާދުބޭ

  ކަމަނާފާނު އަދި އެހެން ދުނިޔެއެއް އަންނާން އެބައޮތްކަން ހަނދުމަފުޅު ބަހައްޓަވާތި! ތިޔަޖެއްސެވި ހިސާބަކީ އިނގިރޭސި ވިލާތުން ހަދާފައިން މޮޑިއުލް ކޮޕީކޮށްލައިގެން ކަރަންޓީނުވެ ބީވެދިޔަ ބޮޑުންގެ ދަރީން މުޖުތަމަޢަށް ދޫކޮށް ލެވިގެން އެމީހުންނާއި ކޮންޓެކްޓްވީމީހުންގެ ފުށުންނާއި، ކަރަންޓީނުގެ ހަރުދަނާ ޕޮލިސީއެއް ސެކިއުރިޓީއެއް އެފެސިޓީ އަށް ނުލެވި ބޭރުވެ ތިބިމީހުންތައް އަތުޖެހޭއިރު ލަފަަކުރެވޭ ޢަދަދުތަކެއް ދިވެހިރައްޔިތުންނަށް އެގޭ! މިގޮތަށް ކަންތައް ބީވެ ދިޔައިމާ މުލީއާގެއަށް ޓީމުހާޒިރުކޮށްގެން ތަސައްވަރު ކޮށްލީ މިބުނި މޮޑިއުލްއަށް ކަރަންޓީން ފެސިލިޓީން މުއްދަތުގެ ކުރިންބީވެދިޔަ އަދަދު އަލުން ފެސިލިޓީތެރެއަށް ލެވޭއިރު އަންނަ އަދަދު ޕޭސްޓް ކޮށްލީމަ އަންދާ ކުރެވޭގޮތް. އެގުދު ސީދާކުރެވޭނީ ތެދުބުނެގެން. ޢަލެކްސް އަޙްމަދު ހުއްޓާ ވަންހަނާކޮށްގެން ނުތިިބެވޭނެ އެއްވެސް ކަމެއް! އެއީކަރުދާސް ވަގު. ވަރަށް ސަލާމް!

  12
 10. އައްފާން

  ތިޔަ ތަނުން ތެދުބުނަނީ ކާކުކަމެއް ނޭނގުނު. ދެން ކޮންމެއަކަސް ވަރަށް ދެރަ ކަންކަން މިހުންނަނީ..

  12
 11. ބޭކާރު

  ބަލަގަ ދިރާސާ ކިޔަނީ އަންދާޒާ އަކަށް ނޫން .ދިރާސާ ކިޔަނީ ކަމެއް ހިގާފައިވާ ގޮތުގެ މައްޗަށް ތައްޔާރު ކުރެވޭ ރިޕޯޓަކަށް އަންދާޒާ ކިޔަނީ މިވެނިކަމެއް މިހެން ވެއްޖެނަމަ މިހެން ވެދާނެ .އަންދާޒާ އާއި ދިރާސާ އަކީ ދޭއްޗެއް.

  11
  1
 12. ސާބަހޭ

  ދެން މީއަރަތެއްދޯ....އެމަކުނުފާނު ދެންއެކިޔާއެބާލަނީ ކޮންތާކުން ހޯދައިގެން އުޅޭ އަދަދުތަކެއްތަ....

  12
 13. މާލެ ބޭބެ

  ތިޔަ ސަރވޭ އެއްކުރަން ސުވާލްކުރީ ޖިއްނިތަކާއިތޯ..
  ކޮމިއުނިޓީ ސްޕްރޭޑް އެސެސްމަންޓް ހެދީ ކޮންގޮތަކަށް ކޮންސާމްޕަލެއް ނަގައިގެންތޯ..... މިފަދަ ހޭލުންތެރި ޒަމާނެއްގައި ރައްޔިތުން ބިރު ނުގަންނަވާ... ތިއީ މިސްކިތްތައް ބަންދުކުރަން ރާވާފައިވާ ޕްލޭނެއް..އަލީ ވަހީދު ވިދާޅުވަނީ 3 މަސްތެރޭ މުޅިން ކޮރޮނާ ފްރީ ތަނަކަށް ރާއްޖެ ހެދޭނެޔޭ...އެކަމަކު މިހާރު މިއީ ކޮންކަމެއް..ތިއީ ހައްތާވެސް ރޯނު އެދުރުން ...

  11
 14. ކައިޒީން

  އެލެކުސް މީ ދެން ކިހާބޮޑު ނުހޮރުއްޕާނެއްތަ

 15. ގލ

  ރައްޔިތުނގެ މަޖިލީހާއި ސަރުކާރު އޮޅި ކަންކަން ގޯހުން
  ގޯހަށް ހިނގައްޖެއެވެ ރާއްޖެއަށް ދިމާވެފައިވާ ވެރިކަމުގެ
  ނިޒާމް ބޮއްސުންލައި ރައްޔިތުންނަށް މަގުއޮޅިއްޖެ މިހާލަތު
  މަޖިލިސް އުވާލަން ޖެހެއެވެ. އަދި އެތާގެ ވެރިމީހާ ހައްޔަރު
  ކުރަން ޖެހެއެވެ.

 16. ގެރިދީދި

  ތީޝައްކެތް އޮތްކަމެއްނޫން ތިއުޅެނީ މިސްކިއްތަކައް ޙަމަލާދޭންވެގެން އެއީ މިވެރިން އެންމެބިރުގަންނަ އެއްތަން

 17. ހާރޫނު

  ޜައީސް ނަޝީދު އެ ކިޔެވި އެއްޗެއް ކިޔަވައިގެން ރާއްޖެ އައިސް ޓްރާންސްޕޯރޓް މިނިސްޓްރީގެ ވަޒީފާ ހަމަޖެހެންދެން ރައީސް ނަޝީދުގެ މައިންބަފައިން އޭނާ ބެލެހެއްޓީ މޮޔަދަރިޔަކު ބަލަހައްޓާގޮތަށް. މިހާރު މިޒިންމާ އުފުލަން މި ޖެހެނީ ދިވެހި ރައްޔިތުންނަށް.
  މިދިޔަ ކެމްޕޭންތެރޭ ނަޝީދު ބުނެފައިވާނެ، ތިމަންނާގެ ކިބައިން ދިވެހި ރައްޔިތުންނަކަށް ސަލާމަތެއް ނުވެވޭނެއޭ. ކޮންމެ ރޮނގަކުން ބެލިޔަސް މިއީ ޙައްޤު ތެދު!

 18. މކޖު

  މިތަނުގައި މަބޮޑޭވެގެން އެއުޅެނީ ކާކުތަ އުގައިލް މީހުން މަރުވާނެ ކަމަށް ބުނުމުން މީހުންތަށް ހީވީ ގަޔަތް ބޮލަށް އަރާފާނެ ހެން އެކަމު މަޖިލީހުގައި މިއުޅޭ ބޯހަމަ ނުޖެހޭ މީހާ އެހެން ބުނުމުން ވީ ރަގަޅު ކަމަކަށް ޑިމޮކްރަސީ މިއޮންނަނީ އެންމެ މީހަކަށްތަށް