ކޮވިޑް-19 އާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑް ނެތްކަން ޔަގީންވާ ނަމަ، ސަވައިލަންސް ހަރަކާތެއް ނުހިންގާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ނުފެތުރޭ ކަމުގެ ނިޝާނެއް މިހާތަނަށް އައި އިރު ނުފެންނަ ކަމަށެވެ. އެކަމަކު، އެޗްޕީއޭ އާއި ކަމާގުޅޭ އިދާރާތައް ގުޅިގެން މޮނިޓަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

"ކޮމިއުނިޓީ ސްޕްރެޑް ވެސް އަޅުގަނޑު ދެންނެވީ އަދި އަޅުގަނޑުމެންނަކަށް އިޝާރާތެއް ނެތޭ ކޮމިއުނިޓީ ސްޕްރެޑް އުޅޭ ކަމަކަށް. ނަމަވެސް އަޅުގަނޑުމެން އަބަދުވެސް ދިޔައީ މޮނިޓާ ކުރަމުން. އަދި އިތުރަށް ބެލުމަށްޓަކައި، ތަފްސީލްކޮށް ބެލުމަށްޓަކައި އަޅުގަނޑުމެން އެކްޓިވް ސަވައިލެންސް ހަރަކާތެއް ހިންގާ ވާހަކަ ވެސް ރޭގަ އަޅުގަނޑު ބުނެފައި އޮންނާނީ. ކޮމިއުނިޓީ ސްޕްރެޑް ނެތް ކަން ޔަގީންވާ ނަމަ އަޅުގަނޑުމެން ނުޖެހޭނެ މިކަހަލަ ހަރަކާތެއް ހިންގާކަށް،" ނަޒްލާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެކަނި ބަލި ފެތުރުމުގެ ބިރު އޮތްއިރު އަތޮޅު ތެރޭގައި ސްކޫލްތައް ނުފަށަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ.ނަޒްލާ ވިދާޅުވީ ގިނަ ގައުމުތަކުގައި މީހުން އެއްވެ އުޅުން މަނާކުރަނީ މީހުން އެއްވާ ތަނަކުން މީހަކު ފައްސިވުމުން ކަމަށެވެ.

އެ ހިސާބުން އެ ބަލި ޖެހުނު މީހުންނާ ބައްދަލުވި މީހުން ހޯދުމަކީ ދަތި ކަމެއް ކަމަށާއި ރާއްޖޭގައި ދުރާލާ މީހުން އެއްވުން މަނާ ކުރީ އެފަދަ ގޮތަކަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރަން ކަަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

"މިސާލަކަށް އެހެން ގައުމުތަކުގައި ގިނަ މީހުން އެއްވެ އުޅުން މަނާ ކުރަނީ، ދެއްތޯ؟ މަނާ މިކުރީ ވަރަށް ބައިވަރު މީހުން ފެތުރި، ގިނަ މީހުން އެއްވި ތަންތަނަށް ވެސް ދިޔަ މީހަކު ޕޮޒިޓިވް (ފައްސި) ވެގެން އޭގެ ފަހުން. ދެން އެއަށް ފަހު މިޖެހެނީ، ސޯޅަހާސް މީހުން، އެއްލައްކަ މީހުން، ބައެއް ގައުމުތަކުގައި އެބަ ހުރި އެއްލައްކަ މީހުން އެއްވި ތަންތަނުގައި ވެސް ޕޮޒިޓިވްވި މީހުން ފެނިފައި. އެހެންވީމަ ދެން އޭގެ ފަހުން އަނބުރާ އެއަށް ކެޗަޕް ކުރުމަކީ ވަރަށް އުދަނގޫ ކަމެއް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކޭޓްރީ މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމީ ގައިދުރުކުރުން ފަރިތަކުރުން ކަމަށެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މީގަ މިހެން މަގު ހުރަސްކޮށް ދެ މީހުން ވައި އެޅިލާފަ ދާ މީހާ އާއި އެއްގަޑި އިރު ވަންދެން ޖެހިގެން ތިބޭ މީހާ އާއި ބަލާ އިރުގައި ޖެހިޖެހިގެން ތިބޭ މީހުންގެ ދޭތެރޭގައި މި ބަލި ފެތުރޭ. ބަލި މީހަކު އިނދެއްޖެ ނަމަ، ބަލި ފެތުރުމުގެ ޗާންސް މި ބޮޑުވަނީ. އެގޮތަށް ތިބޭ ތަންތަން ހުއްޓުވުން (ބޭނުމަކީ)" މަބްރޫކް ވިދާޅުވިއެވެ.

ދިވެހިންގެ އާދަތަކުގެ ތެރޭގައި ގައިދުރު ކުރުން ހަރުނުލައިފި ނަމަ، ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި، ވެންޓިލޭޓަރު ބޭނުންވާ މީހާ އޮންނަން ޖެހޭނީ ވެންޓިލޭޓަރެއް ނުލިބި މަގުމަތީގައި ކަމަށް މަބްރޫކް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮވިޑް-19 އެއްފަހަރާ ގިނަ މީހުންނަށް ޖެހިޔަ ނުދިނުމަށް ގައިދުރު ކުރުން މުހިއްމު ކަމަށް މަބްރޫކް ތަކުރާރުކޮށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަޒޫރާ

    މިއޮއް ކުޑަކުޑަ މާލޭގަ ކިހިނެއް ގައިދުރުކޮށްގެން އުޅޭނީ ދައްކާ ވާހަކަ

    2
    7
  2. ޕާޕަރުބޮޑި

    މާލެ މިއޮތީ ތޮށްޖެހިފައި އޮތްވަރު!ތޮއްޖެއްސުވީ ރަން ތިރީސް އަހަރުގެ ބާނީގެ މޮޅު ސިޔާސަތުން! އެކަން ހައްލު ކުރުމަށްގެނައި މީހާ މަށަކަށް މިކަމެއްނުވާނޭ ބޮލުގައި ބަޑިޖައްސަނީއޭ ކިޔާފައިފޭބީ!ދެން އައިމީހާ ރަށްތަކެއް މާލެގޮތަށް ތައްޔާރުކުރަން އުޅުނީމާ އެކަން މާލޭގެ ގެދޮރު ހުރިމީހުންގެ ކުލި ދަށްވެދާނެތީ އެމީހާ ބޮލުގައިވަގޭ އަނިޔާވެރިޔޭ ކިޔާ އެހެރީ ޖަލުގައި! މިހާރު މިދަނީ އޮޔާދާ ގޮތަށް! ތޮއްޖެހުމަށް އޮތް ހައްލަކީ މާލެކަހަލަ ދެތިން ރަށެއް އުފެއްދުން!

    11
    1
    • ކ

      މާލެ ނޫން އެހެން ތަނެއް

  3. ހަޖސނިސހ

    ފުރަބަންދުލުރަން އަދިވެސަ ތައްްޔާރު ނުވެ އޮތްކަން މި ހާމަވަނީ.. މިހާރޔ ދެން ކޮން މަޝްވަރާއެއްތަ . މިހާލަތު އައީމަ ހަދަންޖެހޭގޮަތް އޮންނަންވާނީ 1 މަސް ކުރީން މަޝަވަރާ ކުރެވިފައެއްނުން. އަދިވެސް މަޝަވަރާއޭ ތިކުރަނީ. އިންޑިޔާގެ ހެދިހެން ބަންދުކޮއްފަ ދުޗަހުގެ ވަކި ވަގުތަކު ގެއިން އެކަކައް ކާބޯތަކެތި ހޯދަން ނިކުމެވޭގޮތައް ބަންދުކޮއަބަލަ. ކިހާ ދެރަކަމެއްތަ ދެން މީ.. އަދިވެސަ ކޮތަރުތަކެއްހެން މަޝްވަރާކުރަން ތިބެންވީކީއެއްނޫނޭ..

  4. އެމަންޖެ

    ސަރުކާރު ފެއިލް.

    4
    1