ފައްޔާޒް އިސްމާއިލް
ފައްޔާޒް އިސްމާއިލް

އަނިޔާގެ ކިއްލާ އެތެރެއަށް ފަޅަފަޅައިގެން ގޮސް ބަލިކުރެވޭ މަންޒަރު އެބަ ފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިރޭ އއ.ރަސްދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވާސިލްވާން ބޭނުން މަންޒިލަށް ވާސިލްވެވޭ ކަން މިހާ ސާފުކޮށް ނުފެންނަ ކަމަށާއި މިޖަލްސާގެ މަންޒަރު ފެނުނީމާ ހަމަޔާ އިންސާފަށް މަސައްކަތް ކުރާ މީހުން އެބަފެންނަ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ޤާނޫނު އަސާސީ ފުރިހަމަވެ ނިމިގެން އައިމާ މިހާރު ތިބި މީހުން މާޔޫސްވެ އެކަން އަތުލަން މަސައްކަތްކުރި ކަމަށެވެ.

"އެކަން ކާމިޔާބުކޮށްފައި, ޤާނޫނު އަސާސީ ނެތިކޮށްފި, އަދްލު އިންސާފް ނަގާލައިފި, ލާމަރުކަޒީ ނިޒާމް ފުނޑާލައިފި, ޔާމިން ވެގެން މިދިޔައީ ބަލި ހޯދަން ހަށިގަނޑަށް ދޫކޮށްލާ ފަދަ އެއްޗަކަށް, އެފަދަ އަނިޔާވެރިން މިއަދު އެނގިއްޖެ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިއީކީ ހަމައެކަނި ޔާމީންގެ ކަމެއް ނޫން ކަމަށާއި އެކަން ކުރާ މީހުން ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދާކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިކެންސަރު ނައްތާލެވޭނީ މާޒީއަށް އިންސާފް ލިބިގެން ކަމަށެވެ.

"މިއަނިޔާވެރިކަމުގެ ކިއްލާ މިދަނީ ފުނޑެމުން. މިހާރު މިވެރިކަން މިހިފަހައްޓަނީ ހާލަތުއް ޟަރޫރާއާއި ސިޔާމްގެ ފިސްތޯލައާއި ނަވާޒްގެ ފުށްދަޅު" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ "ވޯޓު އޮތަސް ނެތަސް ޝަރީފް ހުއްޓަސް ނެތަސް ޔާމީން ވެރިކަމުން ދުރުކުރާނެ" ކަމަށާއި އެކަމަށް ޝައްކު ނުކުރައްވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަހައްދާން ޖެހުނު ފިލި ނަސީދު

    ކޮންމެ ރެއަކު ކަލޭ މެން ޔާންޓެ ވެރިކަމުން އެބަވައްޓާލަމެއްނު... ހެނދުނު ވާއިރު ރައްޔިތުން ތިބެނީ ޔާންޓެ ވެރިކަމައް ހޮވާފަ.. ތާއީދު އޮތީ ކާކައް ބާ؟ މޑޕ އައް ތާއީދު އޮއްނަމަ ކަލޭމެން ކީއްވެ އައްނި އިންގިރޭސި ވިލާތައް މަހައް ފޮނުވައިގެން ތި އުޅެނީ..

  2. ފައްޔާޒް ކަންނެއްޔައް ދާންވީނޫންދޯ ؟

  3. ރަނގަޅު. އަނިޔާވެރިކަމުގެކަލޭމެންގެ ކިއްލާ ހަލާކުވެ މިހާރު މިތިބީ ހަމައާ އިންސާފުގެ ކިއްލާގައި.

  4. މީހުންގެ ތާއީދު ނުލިބުމުން ސަރުކާރާއި ފެޔަށް ޖެހޭމަންޒަރުވެސް އެބަ ފެނޭ.