ނުރައްކާތެރި ވައިރަސް ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމާ އެކު އުފެދެމުން އަންނަ ގާނޫނީ ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން ބާ ކައުންސިލުން މަޝްވަރާކޮށްފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތި ފަސް ކުރަން ވަނީ ނިންމައިފައެވެ.

ގާނޫނީ ވަކީލުންނާއި ބެހޭ އެންމެހައި ފަންނީ ކަންކަން ބަލައި ރެގިއުލޭޓު ކުރުމަށް އެކުލަވާލައިފައިވާ ބާ ކައުންސިލުން އިއްޔެ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ވަނީ މިހާރު އެކި ފަރާތްތަކުގެ މަޝްވަރާ އަށް ބަލައި އެކަމާ ގުޅޭ ގޮތުން އެ ކައުންސިލުގެ ނިންމުމެއް އެކުލަވާލުމަށް މަޝްވަރާކޮށްފައެވެ.

ބާކައުންސިލުން ވަނީ މި ބައްދަލުވުމުގައި އިތުރު ކަންތައްތަކެއް ވެސް ނިންމައިފައެވެ.

އެގޮތުން ރާއްޖޭގެ ގާނޫނީ ގޮތުން މަތީ ތައުލީމްދޭ އެންމެހާ މަރުކަޒުތަކުގައި ހިންގާ ކޯސްތަކާއި، ޕްރޮގްރާމްތަކެއްގައި އަމަލުކުރުމަށް އެކައުންސިލުން އެކުލަވާލައިފައިވާ އެންމެހާ ސްޓޭންޑާޑްތަކެއްގައި އިންޓަނޭޝަނަލް އެކްސްޕާޓް ޖޫލިއަން ވެބުން ހުށަހަޅައިފައިވާ ރެކޮމަންޑޭޝަންތައް ތަންފީޒުކުރުމަށް ބޭނުންވާ ކަންކަން ފާސްކުރާނީ އެކައުންސިލުން ފާސްކުރާ ގަވައިދުތަކާއި އެއްގޮތަށް ކަމަށް ނިންމިއެވެ.

އަދި އެމެރިކަން ބާ އެސޯސިއޭޝަނުގެ އެހީއާއި އެކު އެ ކައުންސިލުން ފުރިހަމަ ކުރަމުން އަންނަ ސުލޫކީ މައްސަލަތައް ބަލާނެ އުސޫލުތައް ކަނޑައެޅުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭތީ މިހާރު ވަކީލުންނާއި ބެހޭގޮތުން އެ ކައުންސިލަށް ހުށަހަޅާ މައްސަލަތައް ބެލުން އަވަސްކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމުން ހިމެނެއެވެ.

މީގެ އިތުރުން ބާ އިމްތިހާނު ކުރިއަށް އޮތް ތަނުގައި ބޭއްވިދާނެތޯ މަޝްވަރާކޮށް އެކައުންސިލުގެ ގިނަ މެންބަރުންގެ އެއްބަސްވުމުގެ މަތީން ވަނީ މިއަހަރުގެ ތެރޭގައި ކުރިންވެސް އޮތް ގޮތަށް އިމްތިހާނު ބޭއްވުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަލަމާ

    ރައްޔިތުން ގައިގޯޅިވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުނ