ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ އެލަވަންސް ޕޮލިސީއެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި ވާތީ ގިނަ މުވައްޒަފުން މުހިންމު މަސައްކަތެއް އޮތް ނަމަ ކުރަމުން އަންނަނީ ގޭގައި ތިބެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ނަމަވެސް ބައެއް ހާލަތްތަކުގައި މުވައްޒަފުން އޮފީހަށް ނުކުންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބަޔަކަށްވާތީ އެމީހުންގެ އެލަވަންސް ޕޮލިސީ ވީ އެންމެ އަވަހަކަށް ނިންމައި، ތަފްސީލުތައް ހާމަކުރައްވާނެ ކަމަށެވެ. އެ މީހުންގެ އިތުރު ގަޑީގެ ފައިސާ ބަރާބަރަށް ލިބޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް ރަނގަޅު އެހީއެއް ވެދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދާދި ފަހުން ވިދާޅުވިއެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އަށް ފަރުވާ ދިނުމަށް ދުނިޔޭގެ ސިއްހީ ދާއިރާގައި މަސަތްކަތް ކުރާ ގިނަ ނަރުހުންނާއި ޑޮކްޓަރުން ދަނީ ގިނަ މަސަތްކަތްތަކެއް ކުރަމުންނެވެ. ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް މި ވައިރަސް ޖެހި ބައެއް މީހުން ވަނީ މަރުވެފައެވެ.
ހެހެހެ. ހަމަ ކުއްލިއަކަށް މިހާރު؟؟ ނޫނޭވާ އޯގާތެރި ސަރުކާރެއް
މި ނާޒުކު ދަޑިވަޅުގައި އޭވިއޭޝަން އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެއްވެސް އަރާމެއްނެތި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަ ކުރަން. ބޭރުން ބަލިހިފައިގެން އަންނަ މީހާއާއި އެއްމެ ފުރަތަމަ ބައްދަލުވަނީ މިމީހުންނާ. އަދި ވަޒީފާ ގަޑި ނިންމާލުމަށްފަހު އަނބިދަރިން ކައިރިޔަށް ދާއިރު އެކަކަށްވެސް ޔަޤީން ކަމެއްނެތް ތިމާއަށް ބަލިނުޖެހޭތޯއާއި ތިމާގެ ފަރާތުން އަބިދަރިންނަށް މި ބަލިނުހޭނެތޯ. އެއަރޕޯޓްގައި މަސައްކަތް ކުރާފަރާތްތަކަށް ސާބަސް.