މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމާ އެކީގައި މާލެ ސަރަހައްދު 24 ގަޑިއިރަށް ފުރަބަންދުކޮށްފިއެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގުން އަންގާ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މުހިންމު ތިން ފިޔަވަޅެއް އެޅުމަށް މައިމޫނާ ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ. އެ ތިން ފިޔަވަޅަކީ:
1- މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި އާންމުން ތަންތަނަށް ނުކުތުން މަނާކުރުން.
2- މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީގެ) ހިދުމަތް ހުއްޓައިލުން.
3- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުން.
މިއީ މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމި ފުރަތަމަ ފަހަރެވެ. މީގެކުރިން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މީހުން ބޭރަށް ނުނިކުމެވޭ ގޮތަށް ކާފިއު އިއުލާންކުރިއެވެ. އެކަމަކު، އެ ކާފިއުއަށް ގިނަ ބަޔަކު ބޯލެނބިއެވެ.
މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާކަން އިޢުލާނު ކުރަން.
މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް. pic.twitter.com/Lhp9EJNDxA— Health Protection Agency (@HPA_MV) April 15, 2020
މާލެ ސަރަހައްދު ފުރަބަންދު ކުރި ނަމަވެސް ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުތަކާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ އުޅަނދުތަކާއި އެމްބިއުލާންސް އާއި ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީހުން އިސްތިސްނާވާނެއެވެ.
ފިޔަވަޅުތައް ތަންފީޒު ކުރުމާއި ވަގުތަށާއި، ހާލަތަށް ރިއާޔަތްކޮށް، އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އަދި މި ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް، އެންމެހައި އިދާރަތަކަށާއި، ފަރާތްތައް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މިދިޔަ މަހުގެ 12 ވަނަ ދުވަހު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، އާންމު ސިއްހަތުގެ ގާނޫގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.
ރާއްޖެ އިން މިހާތަނަށް 21 މީހެއްގެ ގައިން ކޮވިޑް-19 ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ހަ ދިވެއްސަކު ވެސް ހިމެނެއެވެ. އެންމެ ފަހުން ރާއްޖެ އިން މި ބައްޔަށް ފައްސިވެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ.
ސާބަހެ
ވަގުތު ފާއިތުވީ ފަހުން ތިކަން ތިކުރެވުނީ
ވަގުތު ފާއިތުވީ ބޮޑު މީހާ މެންގެ ސަބަބުން. އަންގާ އެންގުންތަކަށް ގޮންޖަހައި، ބޯނުލެނބުމުގެ ނަތީޖާ.
އިނގިރޭސި ވިލާތުން އައި މީހުން ދޫކުރީ ނަސީދުގެ ނުފޫޒުގަ. ދެންތިބޭ
މިވީގޮތުން ޓެލެކިލާސް ވެސް ނުބޭއްވޭނެދޯ.
ދެން ކީއްކުރަން،800 މީހުން ދޫކޮއްލާފަ އެމީހުން ދާނެހާ ތާކަށް ގޮސް ދިމާ ވާނެހާ ބަޔަކާ ދިމާވެ ނިމުނީމަ.
ސުބްހާނަﷲ ކިޔާބަލަ. އަބަދު ކޮން ކޮވިޑެކޭ ކިޔާކަށް؟
ގޭގަ ތިބެގެން ހެޔޮ ރަގަޅު ޒިކްރުތައް ކިޔާ، ޑޮކްޓަރުންގެ ލަފާގެ ދަށުން އަމަލްކުރަމުން ގެންދަންވީ...
މަގޭ ކޮމެންޓް ޖަހާލާކަށް ނުކެރުނު................................
ﷲ އަކުބަރު ކިޔާފަ ކޮމެންޓެއް ކޮށްބަލަ ޖަހާނެ. ސައެންސް ކޮމެންޓެއް ނުޖަހާނެ.
ރުގްޔާ ނަމުގަ ކޮމެންޓް ކުރި މީހާ ޔަށް... މަތިވެރި ޒިކުރުތައް ވެސް އަދި ސައިންސް ކޮމެންޓް ވެސް ޖަހާ....
ކޮވިޑޭ ނުކިޔާށޭ ބުނީ މަ ދޯ.
ގޭގަ ތިބެގެން ހެޔޮ ރަގަޅު ޒިކްރުތައް ކިޔާ، ޑޮކްޓަރުންގެ ލަފާގެ ދަށުން އަމަލްކުރަމުން ގެންދަންވީ... އިރާދުކުރެއްވިއްޔާ ރަގަޅުވާނެ
ޕެނިކް މިވީ ރައްޔިތުންބާ! ތުއްތުކުދިން ކުރާގޮތަށް ކުޅޭކުޅޭ މިކުޅެވުނީޢެއްމެފަހުން! ލޮކްކުރަން ތިހާކުރުމުއްދަތެއްދިނީ ކޮންތާކުއޮތް ސަރކަޓްބްރޭކަރ ގާނޫނެއްގެ ދަށުންތޯ؟ ޜަޢްރަށުން އަންނާނެ !މުދާވައްދާނެ !ގޭގެއަށް އެބުރި ހުޅުމާލޭން ތިލަފުށިން ވިލިމާލޭން އެބުރިދާނެ ކަންވެސް ނޭގެނީބާ !މާސްކްގަޑެއްވެސް މިޖެހެނީ މަބުރޫކު ތައްޔާރުވިލެއް ބޮޑުކަމުން އަމިއްލަ އަށް ފަހަންތޯ؟ އަދިވެސް ފިލާވަޅުދަސްކުރައްވާ!
ކިހާ ދެރަ. ފިހާރައަށް ވެސްް ނުދެވުނު. ގަޑިން 16:00 ވެއްޖެ.?
ކޮން ފިހާރައަކަށް ދާކަށް. ގޭގަ އިނދެ ޒިކުރު ކޮށްބަލަ
?????
އެންމެ ފަހުން ވިރިޑޭ ވައްޓާލީ މާލެއަށް!!!
ރާއްޖޭގަ ހުރިހާ ކަމެއްވެސް ރަނގަޅުވާނީ ރައްޔިތުންގެ ވިސްނުން ތަރައްޤީ ކުރިވިގެން.
ކުރިން އިއުލާން ކުރި ކާފިއު އުވާލީ ކެނެރީގޭ ނަޝީދުގެ ޕެރެޝަރާ ހެދި...ސާފް ތެދެެއްމީ...
އާދޭހާއެކު އެދެނީ، "އަޅުގަޑުމެންގެ ހުރިހާކަމެއް، (މީހުންމެރުމުގެ މައްސަލަތަކުން ފެށިގެން ޝަރްޢީ ދާއިރާއިން ބަލަހައްޓަމުން އަންނަ ކައިވެނީގެ_ ސެޓްފިކެޓް ހެދުންފަދަ ކަންތަކަށްދަންދެން) އަމިއްލައަށް حوال ވެގެން އުޅުއްވާ "عزةތެރި" ރައްޔިތުންގެ މަޖިލީހުގެ جلسة ތައް އެމަޖިލީހުގެ "عزةތެރި ރައީސު" އެދިވަޑައިގަންނަވާ މިންވަރްށް ބޭއްވޭ ގޮތަށް ތިޔަ "ލޮކްޑައުން" ހަމަޖެއްސުން ފެނޭ. ޢެއީ މިއަދު ތިޔަ ޕޮޒިޓިވްވީ މީހާވެސް ކޮއްމެވެސް ރަށެއްގެ ހެލްތް ސެންޓަރުގައި ބާއްވާގޮތައް އެ މަޖިލީހުގެ ޖަލްސާއްކުން ހަމަޖައްސަވައި ދެއްވަފާނެކަން يقين ކުރެވޭތީ އެ އެދުމުގައިހުރެ ދެންނެވީއެވެ.
ހޯރަފުށީ ދާއިރާގެ މެމ މްބަރު ސަލީ މު ގާތު އަހާބަލަ އޭނާ ނަ މަ ކިހިނެއްތޯ ހަދާނީ.
އެމީހަކު ފޭހުނު އިލޮށި ގަނޑު ހެރޭނީ އެމީހެއްގެ ލޮލަށް... މުޅި ދައުލަތް ފެއިލް....
ޒަަކާތު ފަންދުން ޚަރަދު ކޮށްގެން ސަރުކާރުގެ ނުފޫޒު ވަރުގަދަ މީހުންގެ އާޢިލާ ތަކުގެ މީހުން ރާއްޖެއިން ބޭރުން ގެނެސް 14 ދުވަހުގެ ލޮކް ޑައުން އަށް ނުގެންގޮސް ފޮނުވާލި ފޮނުވާލުން ތަޙްޤީޤް ކުރުމަށް ގޮވާލަން... މިކަމުގައި އިޙްމާލުވި ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށްވެސް ގޮވާލަން.
ބަލާބަލަ ތިމީހާއަށް ޑިޕްލޮމެޓިކް މަގަކުންވެސް ޕާރުސަލެއް ލިބުނުތޯ. ވީގޮތެއް އެގެންޖެހޭ. އެއިރުން އަހަރހމެނަށް ގެއިން ނިކުމެވިދާނެ
ހަގީގަތަކީދައުލަތުން ނިކަމެތިންނާއި ބޮޑުންނާ ދެމެދު މިގެންގުޅޭ ތަފާތުކުރުން ތަކުގެ ހިތިމުޅި ގައުމަށް އަދު ފެނިގެންދަނީ ބޮޑުންގެ ބަލާއާއި މުސީބާތް ތަކަކުގެ ސަބަބުން ހުރިހާ އަނިޔާއާއި ގެއްލުންތަށް މިވަނީ އާއްމު ފަރާއް ތަކަ ކަށެވެ. މިއަދު ޕޮ ޒިޓިއުވި ކަމަނާ އޭނަ ރާއްޖެން ބޭރަށްނުދިޔަސް ގޭގަހުއްޓާ ވައިލެސްކޮށް ކޮރޯނާ ވައިރެސް އެގެ ޔަށް ވަނީތޯއެވެ . ނުވަތަ ކޮވިޑު ޖެހުނު ރިސޯޓެއްގައި ތިބި އިގިރޭސި
ވިލާތުގެ ޓުއަރިސްޓުން ތަކެއް ނުވަތަ ސްޕެއިނުން އާބަޔަކު އޭނަ ބޮޑަކައް ވީތީ 14ދުވަހުގެ ކަރަންޓީނެއް ނެތި އެގެގައި މަޑުކުރީތޯއެވެ. މާލެތެރެޔަށް ކޮވިޑު ފެތުރުނު ގޮތާއި ބެހޭ ގޮތުންތަފާތު ވާހަކަތައް ދެކެވޭތީވެ. ނޫސް ވެރިން އެމީހުންގެ ޒިއްމާތައް ނަންގަވާ މިކަމުގެ ހަގީގައް ހޯއްދަވަން ތަހުގީގެށް ހިންގަވާށެވެ. ކޮވިޑަކީ ގިުޅުމެއް ނެތި ހިތަކައް ޖެހޭބައްޔެއްނޫނެވެެ.