ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމަހެއްޓުމަށް އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މާލެ އިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމުން އެޗްޕީއޭ އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާކަމަށެވެ.

މާލެ އިން މިއަދު ކޮވިޑް-19 އަށް މީހަކު ފައްސިވުމާއި ގުޅޭ ގޮތުން އެޗްޕީއޭ އިން ވިދާޅުވީ އޭނާއަށް ކޮވިޑް-19 ޖެހިފައި ހުރިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ޙަރަކާތްތެރިވާން ފަށާފައެވެ. "މިގޮތުން މިމަޢުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ޕޮޒިޓިވް ވިފަރާތް މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައެވެ." އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އޭނާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. ދެ މީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން ރާއްޖޭގައި މިހާރު ތިބީ ބަލި ޖެހިފައި ތިބި ތިން މީހުންނެވެ. އެތިން މީހުންނަކީ ވެސް ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މީހާ

    އައްޑޫގަ ތިބޭ ސިޔާސީ ގޮތުން ފުންނާބު އުސް މޑޕ ގެ ރޭގަނޑުގައާއި އެހެނިހެން ވަގުތުތަކުގައި އަންހެން ފިރިހެން މަސްހުނި ކޮށްގެން ތާސްކުޅޭ ގުރޫޕަށް ދަންނަވާލަން މިކަހަަލަ ކަންކަމުން އިބުރަތް ހާސިލްކޮށް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދު ތަކަށް ބޯލަނބައި ކިޔަމަން ވާން ދަސްކުރާށޭ އެބޭފުޅުންގެ ތެރޭގައި ކިތަންމެ ބިކަމެތި މީހަކު ވެސް ރަނގަޅު ނަސޭހަތެއް ދިނިއްޔާ ގަބޫލު ކުރާށޭ ތިބޭފުޅުންގެ ރައީސް މާލޭގައި ހުއްޓާ މާލެއިން މީހަކު ފައްސިވީ އެހެން ވީމަ ތިބޭފުޅުންގެ ރައީސަށް ލިބިގެންބާ ބާރެއްނޫން ބަލި އޭނަ ބޭނުން މީހަކަށް ޖެއްސުމަކީ ރައްކާވެ ތިބިއްޔާ ދަތުރު ކިބުރުވެރިވެ ބޮޑާވެގަތީމަ މައިތިރިވާނެ ކޮންމެވެސް ގޮތަކުން ރައްކާވެ ތިބިއްޔާ ދަތުރު