މާލޭގައި އާއްމު މީހަކަށް ނަސޭހަތް ދިން ޑޮކްޓަރަކަށް ހަމަލާދީފި އެވެ.
އެސްޓީއޯ ސުޕާމާކެޓް ކައިރީގައި އެ ޑޮކްޓަރަށް ހަމަލާ ދީފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.
މިހާރު އެ ސަރަަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި، އެ ޑޮކްޓަރަށް ހަމަލާދީފައި ވަނީ ދިވެއްސެކެވެ. އަދި އޭނާ އެ ޑޮކްޓަރަށް ހަމަލާދީފައި ވަނީ އެސްޓީއޯ ސުޕާމާޓަށް ވަނުމަށް މަގުމަތީގައި ކިއު ހަދާފައި އޮތުމުން، ތިން ފޫޓު ދުރުގައި ހުރުމަށް ބުނުމުން ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާއި ގުލޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
"ވަގުތު"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ އާ ގުޅިގެން 49 އަހަރުގެ ދިވެހި ފިިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާ ޑޮކްޓަރަކާއި މާރާމާރީ ހިންގުމުން ކަމަށެވެ.
މިރާއްޖޭގެ ހާލަތު ، ދެންވިސްނާ ވާނެގޮތް
އަދުލުއިންސާފު ނެތްތާކު ތިހުރިހާކަމެއް ހިނގާނެ
އަދުލުއިންސާފު އެކަންޏެއް ނޫން ނެތިގެން މިއުޅެނީ. ނެތިގެން މިއުޅެނީ ގޮތެއް ފޮތެއް ނެތުން. އަދަބެއް ސަދަބެއް ނެތުން. މިކަން ހައްލުވާނީ ދަނޑިބުރިން. ކޮންމެ ފުލުހެއްގެ އަތަށް ދަނޑިބުރިއެއް ދީފައި މަގުމައްޗަށް ނެރޭއިރަށް މައްސަލަ ހައްލުވާނެ. ފުލުހުންނަށްވެސް މައްސަލަ ހައްލުކުރަންވީ ގޮތް ނޭނގިގެން ނޫޅޭ. އެކަމަކު ޑިމޮކްރަސީއޭ ކިޔައިގެން ގައުމު ހަލާކޮށްފައި ފުލުހުންނާއި އަދުލުއިންސާފު ގާއިމުކުރާ މީހުންނަށް ހެއްދެވި ނެހެއްދެވިއަށް ގޮވިޔަސް ހައްލެއް ނުވާނެ. ޑިމޮކްރަސީގެ މުސީބާތުން ސަލާމަތްވީމާ ސަލާމަތް އޮތީ. ޗައިނާއިން އެފެނުނީ އެ މަންޒަރު. އޭގެ އަނެއްކޮޅު އެމެރިކާއިން އެފެންނަނީ.
ދިވެހިންގެ ވިޔާނުދާ ކަން.
ދިވެހިންގެ ވިޔާ ނުދާ ކަމެއްނޫން. ސަރުކާރުގެ ވިޔާނުދާކަން. މީ ސީދާ ސަރުކާރުން މިރާއްޖެ އެތެރެކުރި ބައްޔެއް.
ބޭފުޅާ މޮޔަފުޅުވީތޯ?
ސަރުކާރަށް އިންސާފު ގާއިމު ނުކުރެވެންޔާ މިކަހަލަ ޖަރީމާ ހިންގަން މީހުން ބިރެއް ނުގަންނާނެ
ގޮތް ކުޑައީ..
ދިވެހިން ދިވެހިންގެ ގޮތްކުޑަކަންމަތީ އަބަދަށް
1 އަހަރު ދުވަހަށް ޖަލަށް ލާފަ ބަހައްޓާ!
ސަރުކާރު ވަރަށް ބޮޑަށް ތައްޔާރުވެފަ
އެވާނީ މަޑުކަށީގެ މިނިވަނަކަށް.
އަދުގެ ޙާލަތު
ދެން ބުނޭ ސަރުކާރު ފެއިލް ވީއޭ. ޔާމީން ދޫކުރާށޭ..?
މީހަމަސީދާ ސަރުކާރުގެ ފޭލިވުމެއް. ބޭރުގައުމުތަކުގައި ތިބި މީހުން ރާއްޖެ ގެންނާތީ އެމީހުންގެ ފަރާތުން ބަލިޖެހި ފެތުރެނީ.
އެމީހުން ނުގެނައިނަމަވެސް ސަލާމަތެއްނެތް، މިބަލި މިރާއްޖޭގައި ނުފެތުރިގެން ގަޔަށްހިނިއަރައިގެންއުޅުނުމީހުންނާއި ބަލިންރައްކާތެރިވުމަށް ކުރިއާލާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއިމެދު ނުރުހި ހިތްހަމަނުޖެހިގެން އުޅުނުމީހުންތައް މިއަދު ސަރުކާރުބަދުނާމްވާގޮތަށް ވާހަކަދެއްކުން މާރީއްޗެއްނުވާނެ
ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ހަދަން ދިވެހިންނަށް އިނގޭނީ. ޕިސް ޕިސް..
ކިތަންމެ ރުޅިޔަސް ޔާމީނު ދުލެއް ނުކުރެވޭނެ.
ޖަލަށް ގަޅާލާ. ތިކަލޭގެ މައްސަލަ ބަލާނީ ކޮވިޑް ކޮޅެއްގައި ޖެހުނީމާ.
ބޮޑުބަލާއެއް. ސްމާރޓްފޯން އިން ތަރައްގީވެ ސިނކުނޑީގައި ތެތްކަމެއްނެތް ދިވެހިން
ޖިންސުބުރި ލައިގެން އެހުރީ ޖެހި މީހާ..ޖެހިތަން އެން މެ ގާތުން ފެނުނު ގޮތް އެ ކިޔައި ދެނީ އަޅުގަޑު..ފޮޓޯ އިން މަންޒަރު ފެންނަ ގޮތުން މީހުން ގުޅާ ވަރުން ބުނެލީ
ތިވާނީ ހަމަ އެމްޑީޕީ މީހަކަށް ތިކަހަލަ އަށްސި އަރާ ހުރިހާމީހުން ތީސަރުކާރަށް ތާއީދު ކުރާމީހުން
އާންމުކޮށް މަގުމަތީ މާރާމާރީ ހިންގާ، ވަނަމަކަށް ސްމިތު ކިޔާ، ކުރިން ބޯ ދިގު މިހާރު ކޮށާފަ ހުރި މީހަކު އުޅޭ. އޭނައެއް ނޫންބާ!
މާލަސްވީ މި ލޮކިޑައުންއެއްކިރަން މީގެ 2 ހަފުތާ ކުރިން ކުރިނަމަ ސަރުކާރައް ތާއީދު ކުރީމުސް.
އޭޓީއެމް ކިއޫފަޅާލާފަވަންނަމީހާ ހިފަހައްޓާމީހާކުއްވެރިވާ ގަެުމެއްމީ އެހެންވެ ޖެހިމީހާސަލާމަތްވާނެކަން ޔަގީން.
ތިކަހަލަމީހުންނާމެދު ތަންކޮޅެއް ހަރުކަށިފިޔަވަޅުއަޅަންޖެހޭ މިވަގުތަކީ ކޮންމެމީހަކުވެސް ސިއްހީއެހީތެރިންގެނަސޭހަތްއަޑުއަނހާ އެމީހުންނައް އިހްތިރާމްކުރަންޖެހޭވަގުތު ތިޔަމައްސަލަ ލުއިކޮށްނިންމާލައިފިނަމަ ތިބާވަތުގެއިތުރު މައްސަލަތައް ފެންމަތިވާނެ
14 ދުވަހައް ކަރަންޓީން ކުރާނެވާހަކަ އަސްލު ރައްދު އެކުރަނީ ހަކުރު ސިކް ގައި ތިބޭ މީހުން އެ ހޯދަން މަގު މައްޗައް ނުކުންނާނެކަން އިނގޭތީ ނިން މާގިތެއް އަސްލުއެއީ.
ތިޔަ ކަހަލަ މީހުންނަށް ކޮން ނަސޭހަތެއް ދޭކަން. ހޭހަންކޮށް ފިރުމާކަން ނުޖެހޭ. ވަގުތުން އަދަބު ތަންފީޒުކުރީމާ ނިމުނީ. އަވަށްޓެރި ގައުމުތަކުގައި އެހަދާހެން ފުލުހުން ލަޓިބުރިއެއް ހިފައިގެން ގޮސް އަނގަމަތީގައި ދެތިން އެތިފަހަރު ޖެހީމާ ދެވަނަ ފަހަރަށް ނަސޭހަތް ދޭ މީހާ ގައިގައި ނުޖަހާނެ.
ތިން ފޫޓު ފާހަގަ ކޮށްފައި ހުންނަ ނަމަ ތަޅައެއް ނުގަންނާނެ ކަންނޭލާއި.