ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ގައުމާއި މުހާތަބު ކުރައްވަން ހަމަޖެހިފައި ވަނީ އަސަރު ނަމާދަށް ފަހު އެވެ.

ރައީސް ޤައުމާއި މުޚާތަބު ކުރައްވާނެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައެވެ.

ހޫދު ވިދާޅުވީ އަސުރު ނަމާދަށް ފަހު ރައީސް ޤައުމާއި މުޚާތަބުކުރައްވާނެ ކަމަށެވެ.

މާލެ ސިޓީ 24 ގަޑިއިރަށް ފުރަބަންދު (ލޮކްޑައުން) ކުރިކަން ސަރުކާރުން ވަނީ މިހާރު އިއުލާންކުރައްވާފައެވެ.

އަދި 03:30ގެ ކުރިން އެބަޔަކު ދިރިއުޅޭ ގެޔަށް ވަނުމަށްވެސް ފުލުހުން ވަނީ އަންގާފައެވެ.

އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ، ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތްއަށް ލިބިދޭ ބާރުގެ ދަށުން، މި އެންގުން އަންގާ ހިސާބުން ވަކި ގޮތެއް އަންގަންދެން 24 ގަޑިއިިރަށް މާލެ ސިޓީގައި ވަކި ވަކި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ އެންގުމުގައި ވާގޮތުން މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން މަނާކުރުމާއި، މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ޚިދުމަތް ހުއްޓައިލުމާއި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، މާލެ ސިޓީ 24 ފުރަބަންދުކުރި ނަމަވެސް ސަލާމާތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުއައްޒަފުންނާއި، އެ މުއައްޒަފުން ދުއްވާ އުޅަނދުތަކާއި، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުތައް، އެމްބިއުލާންސް އާއި ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ މީޑިއާތައް އިސްތިސްނާ ވާކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.ދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ވެރިން

  ވާނެ ހާ އެއްޗެއްވެ ނިމުނީމަ ކިއްކުރަން ކުރާކަމެއް، ތިކަންވެސް ކުރަން މަޖިލީސް ރައީސް އާ ނޫނީ އަލީ ވަހީދުއާ ހަވާލުކުރިނަމަ

  21
 2. ރަސް ޖައލ

  ހަރާން ވެރިކަމެއް ތިކުރަނީ. ވޯޓްތައް އަންދާލީ ގާނޫނާ ހިލާފަށް. ކަލޭތީ ރައީސްއެއްނޫން.

  12
 3. މައިކް

  މީނައަގަފެޅީތަ ހޮރުންނިކުތީތަ؟ މިމީހުން ގަތްގަޑު ގެނަތީޖާމީ

  10
 4. އެމަންޖެ

  އިގެންބޭނުން ވަރަށްގިނަ ކަންކަން އެބަހުރި އެކަމަކު ތިޔަބޭފުޅާއަކައް އެ އެއްވެސް ކަމަކައް ޖަވާބެއްނުދެވޭނެ އެހެންވީމަ ކޮނމެހެން ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެއް ގައުމަކާ.

 5. Anonymous

  މީނަގެ ދަރިވެސް ވަގަށް އެތެރެކުރި ވާހަކަ އެބަ ކިޔާ