މާލެ އިން ލ.ކައްދޫއަަށް ދަތުރު ކުރަމުންދިޔަ މޯލްޑިވިއަން ފްލައިޓް ޑައިވާޓް ކުރީ މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި މީހާއާ ކޮންޓެކްޓްވި މީހެއް ހުރެގެންކަން "ވަގުތު"އަށް އެނގިއްޖެއެވެ.

"ވަގުުތު" އަށް އެނގިފައިވާގޮތުން މިހާރު އެ ފްލަައިޓް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައެވެ. އެނގިފައިވާގޮތުން، އެ ބޯޓު އަނބުރާ ވެލާނާ އެއާޕޯޓަށް ޖެއްސީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެދުމުންނެވެ.

މިއަދު މެންދުރު 12:30 ހާއިރު ފުރި ފްލައިޓް ކައްދުއަށް ޖައްސަން ކައިރިވެފައި ވަނިކޮށް، ފްލައިޓް އަނބުރާލީ ކައްދުއަށް ފްލައިޓް ޖެއްސުމުގެ ހުއްދަ ނުލިބުމުން ކަމަށް ފްލައިޓްގައި ހުރި ފަސެންޖަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ކޮވިޑް-19 އަށް ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި މީހެއް ނޫނެވެ. އޭނާ ފައްސިވުމާއި އެކު ފާއިތުވި ދެދުވަހު އޭނާ އާއި ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭ އިން ވަނީ ފަށާފައެވެ.

މިއަދު މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިވުމާއި އެކު ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ. ނަމަވެސް މިއީ ބަލި މީހަކާއި ބައްދަލުވެފައި ނުވާ މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯހަލާކު

    ހެލްތް މިނިސްޓްރީ އޮތީ މޮޔަވެފަތަ. ތި ފްލައިޓްގަ އެބަތިއްބޯ ހެލްތް މިނިސްޓްރީން ލާމު އަތޮޅަށް ޓްރެއިނިންގ ޕްރޮގްރާމަކަށް ދިޔަ ބޮޑު ޓީމެއް. މިދެން ކިހާދެރަކަމެއް. އޮފީސްތަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫނީ ނުކުރާށޭ ކިޔާފަ މިހުރީ އަދި ހެލްތް މިނިސްޓްރީން ކުރާ ކަންތައްތައް. އަދިވެސް އެހެން ބޭކާރު ކަންކަމުގަ މީހުން ފޮނުވާފަ ބަހައްޓާ. ބޮޑު ދުއްޕާނެއް. މިކަމުގެ ހަގީގަތް ބަލާދީބަލަ. ވަގުތޫ. ޕްލީޒް

    8
    8
  2. މަ

    5
    5
  3. ބޭކާރު

    ާބަލި ޖެހިފަ ހުރިމީހަކާ ކޮންޓެކްޓް ނުވެ ނުޖެހޭނެ