އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިވާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފި އެވެ.

ރައީސް މިގޮތަށް އެދިވަޑައިގެންފައި ވަނީ މާލެ އިން ކޮވިޑް-19ޖެހިފައިވާ މީހަކު ފެނުމާއި ގުޅިިގެން ގައުމާއި މުހާތަބު ކުރައްވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ، މިކަމާއި ގުޅިގެން އާއްމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާއި ކުރިމަތިވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރުމުން އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނެ". ރައީސް ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުންގެ ކިބައިން މި އެދެނީ އެކަކު އަނެކަކާއި މެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މަސައްކަތް ކުރުމަށް". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކާބޯތަކެއްޗާއި، ބޭހާއި ޒަރޫރީ ތަކެއްޗާއި، އަދި މި ނޫންވެސް ތަކެތީގެ ސްޓޮކް ރަނގަޅު މިންވަރަކަށް އެބަ ހުރި ކަމަށެވެ. އަދި މިފަދަ ހާލަތުގައި ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތްތައް އިދާރާތަކުން ވަނީ ރާވާފައި ކަމަށް ރައީސް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ގޭގެ ކުލި ކުޑަކޮށްދީ

  2. ޕަޕެޓ

    ފެނުނީ ކީރިތި ކުރެއްވި މަންޒަރު. ނަސީބެއްނު ނެޕީ ޖައްސާފަ ފޮނުވިކަން. ދެންވެސް ނިކަން ފިރިހެންވެބަލަ! ހޫނ އުޅޭ ވައްތަރު

  3. crocodile tears

    އެކަކު އަނެކަކަށް އެހީތެރިވުމަށް ފުރަތަމަ މަނިކުފާނު ނަމޫނާ ދައްކަބަލަ

    ސިޔާސީ ހަސަދަ ފިލުވުމަށް ޖަލަށްލާ އަނިޔާ ކުރަމުން ދާފަރާތްތަކަށް ދެމުންދާ އަނިޔާއާއިމެދު ވިސްނަލަބަލަ

    ކޮންމެ ކަމަކުންވެސް ފެނިގެންދަނީ މަކަރާއި ހީލަތް، މިއީ ހިންދީ ފިލްމެއްތަ؟؟؟

    crocodile tears