މާލެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސިއްހީ ހިދުމަތްތެރިން ކުރީ ސަފަަށް ނުކުތުމަށް ތައްޔާރުވުމަށް ސަރުކާރުން އެދިއްޖެއެވެ.

ސަރުކާރުން މިހާރު ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، މާލޭގެ މުޖުތަމައުގައި ވައިރަސް އިތުރަށް ފެތުރެން ފެށިއްޖެ ހާލަތެއްގައި އެހީތެރިވުމަށް ސިއްހީ އެހީތެރިން ތައްޔާރުވެ ތިއްބެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އަމީން ވިދާޅުވީ، މާލެއަކީ މުޅި ރާއްޖޭގެ ނާރެސް ކަމަށްވުމުން، މިހާރު ބަލި ފެނުމުން އޭގެ ނުރައްކާ އިތުރުވެގެންދާނެ ކަމަށް ވިސްނަން ޖެހޭ ކަމަށެވެ. އެހެން ކަމުން ސިއްހީ ހިދުމަތްތެރިންނަށް ގޮވާލާ ވަގުތައް ތައްޔާރު ވެގެން ތިބުމަށް އަމީން ވަނީ އެދިލައްވާފައެވެ.

"މާލެއަކީ އަޅުގަނޑުންގެ ރާއްޖޭގެ ހުރިހާ ކަމެއްގެ ނާރެސް. އެހެން ކަމުން މާލެއިން ބަލި ފެނުމުން އޭގެ ނުރައްކާ އިތުރުވެގެންދާނެ ކަމަށް ވިސްނައިގެން އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެނީ. އެހެންކަމުން ރާއްޖޭހެ ހުރިހާ ހިސާބެއްގައި ތިއްބެވި ސިއްހީ ހިދުމަތްތެރިންނަށްވެސް މިއަދު އަޅުގަނޑު އިލްތިމާސް ކުރަނީ މި މަސައްކަތުގެ ފްރޮންޓް ލައިނަށް ހުރިހާ އެންމެން ނިކުތުމަށް އަޅުގަނޑުމެން ގޮވާލާ ވަގުތަށް ތައްޔާރުވާށޭ" އަމީން ވިދާޅުވިއެވެ.

މީގެ ތެރޭގައި ހިދުމަތުގައި ތިއްބެވި ބޭފުޅުންނާއި ކުރިން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި ސިއްހީ ހިދުމަތައް ތަމްރީނުވެފައިވާ ބޭފުޅުން އެހީތެރިވުމަށް ތައްޔާރުވުމަށް އަމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް-19 އަށް ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެއިން ދިވެހި އަންހެނަކު ފައްސި (ޕޮޒިޓިވް) ވުމާއި ގުޅިގެން ސަރުކާރުން މިހާރު ވަނީ 24 ގަޑިއިރަށް މާލެ ފުރަބަންދު ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 21 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ޠައްރިބުމެން ލޫކަސްމެން ކަހަލަ އުޑެއްބުޑެއް ވަކިވުނާ މީހުންނާގެން މުޅިގައުމު ޑެފިސިޓްވާއިރު މިއަދު ކުރިޔަށް މި ނުކުންނަންޖެހެނީ ސިއްހީ މާހިރުން! ސަރުކާރެއް މުނާފިގުވާނީ ތިހާވަރަށް!

    17
    3
  2. މާމިގިލީ މީހާ

    މާލެއިން ރާއްޖެތެރެއަށް ދަތުރު ކުރުން ހުއްޓުވާ ބަލަ. އެހެން ނޫނީ ރާއްޖެތެރެއަށް ފެތުރޭނެ. ރަށް ރަށު ކައުންސިލު ތަކުން އެރަށެއްގެ ބަޔަކުވެސް މާލޭއިން އަންނަ ނަމަ، ރަށައް ނޭރުވުން ރަނގަޅީ. މިވަގުތު. ނޫނީ ރަށް ރަށުގަ ތިބި މީހުންނައް މިބަލި ފެތުރިދާނެ...

    14
    2
    • ރަސްރަނި

      ތީ ކޮންކަހަލަ ވިސްނުމެ.ރައްރަށުގެ މީހުން ރަށަށްއެރިޔަނުދީ ކަނޑުމަތިކުރަންވީތަ...ރައްރަށުގެ ރައްޔިތުން އެ މީހަކު އަންނަރަށަކަށް އައުމަކީ މުޅިރަށަށް ބަލިފެތުރޭނެކަމެއްތަ..ޓެސްޓްކިޓްހުރީ ކަމެވެގެންދޯ އުފައްދާފަ..

      1
      7
  3. ފައްސަންގަ

    ސިއްހީ އެހީތެރިން ތިބިކަމާއި އެމީހުންގެ ބޭނުން އިހުސާސްވަނީ މިހާހިސާބަށް ދިޔައީމާތޯ؟ސިއްހީ ހިދުމަތުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައިމުޅި ހަޔާތްރޯގާތަށް ކޮންޓްރޯލްކުރުންފަދަ ކަންކަމުގައި ގުރުބާންކުރި މީހުން ނާއި މެދު ދައުލަތް ހިންގަވަން ތިއްބެވިފަރާތް ތަކުން ކަންކަން ކޮށްފައިވާ ގޮތް އިހަށް ހަދާން ކުރަމާބަހީ! ޜާއްޖޭގެ ސިއްހީހާލަތު މިހިސާބަށް އައީ އޭގެޒާތުގައޭ ބުނިއަގަތަށް ކޮބައިތޯ؟

    13
  4. އަލީ

    ކޮބާ އެއްކަލަ ޔާމީނު އެޅި 25 ބުރީގެ ކޮތަރު ކޮށީގެ ބޭނުން ޖެހުނީދޯ؟ ކޮރަޕްޝަނޭ އަނެއްކައްޗޭ ކިޔާ ހަޅެއްލަވާ ވެރިކަމަށް އަހަރު ވިއިރު ދަށްކޮއްޓާ އިލޮށްޓެއް ވެސް ނުހޯދުނު.

    13
    1