މިއަދު މާލެއިން ކޮވިޑް-19އަށް ފައްސި (ޕޮޒިޓިވް)ވި މީހަކީ ރާއްޖެއިން ބޭރުން އައި މީހަކާއި ކޮންޓެކްވި މީހެއްކަން އަދި އެނގިފައިވާ ނުވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަަރ އަމީން ވިދާޅުވީ، މާލެއިން މި ބަލި ފެނުމުގެ ކުރިންވެސް އަދި އޭގެ ކުރިންވެސް މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއި، މި ބަލި އަޅުގަނޑުމެންގެ ތެރެއިން ފެތުރި ފެނިއްޖެ ހިނދެއްގައި ފެތުރިގެން ދިއުން ލަސް ކުުރެވޭނެ ގޮތަކަށް މަސައްކަތްތައް އަމާޒު ކުރެވިގެން ދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިހާތަނަށް އެއް ކުރެވުނު މައުލޫމާތު އެ މީހާއަކީ ކޮވިޑް-19ގެ ކޭސްްއަކާއި، އަދި ރާއްޖެއިން ބޭރުން އައި މީހާއަކާއި، ސީދާ ގުޅުން ހުރި މީހެއް ކަމެއް ކަމަށް ނުބެލޭ ކަމަށެވެ. އަދި މި ފަރާތަކީ ފަހުގެ ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމަށްވެސް އަމީން ވިދާޅުވިއެވެ.

"މިއަދު މި ފެނުނު ކޭސްއަކީ މިހާތަނަށް އަދި ބެލި ބެލުމުން، ރާއްޖެއިން ބޭރުން ރާއްޖެއަށް އައި، ނުވަތަ ރާއްޖެއިން ބޭރުން އައި މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހަކާއި، ސީދާ ގުޅުން ހުރި މީހެއްކަން އަދި އެނގިފައެއް ނެތް، ފާހަގައެއް ނުކުރެވޭ". އަމީން ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅޭ ގޮތުން ސަރުކާރަށް ލަފާދިނުމަށް އެކުލަވާލާފައި އޮންނަ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އިސް ޑޮކްޓަރ އަލީ ލަތީފް ވިދާޅުވީ މިއަދު ފައްސިވި މީހާއަށް ބަލި ޖެހުނީ ކާކުގެ ކިބައިންކަން އަދި ދެނެގަނެވިފައި ނުވާ ކަމަށާއި ނަމަވެސް އުއްމީދަކީ ކޮންޓްރެކްޓް ޓްރޭސިން ނިމޭއިރު ބަލި ޖެހުނު ގޮތް ދެނެގަނެވުން ކަމަށެވެ.

ޑޮކްޓަރ އަލީ ލަތީފް ވިދާޅުވީ ކޮމިއުނިޓީ ޓްރާންސްމިޝަން ހިނގީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހެއްގެ ކިބައިން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޭޗާރާ

    ރާއްޖެއިން ބޭރުން އައިސް އެކަކު އައިސޮލޭޓް ނުވެ އުޅުނު ވާހަކަ މި ނޫންތަކުގައި ހުއްޓެއް ނޫންތޯ. އެމީހާގެ ބޫޓުގައި އުނގުޅިގެން އައި ވައިރަސް ފެތުރުނީ ކަމަށް ވެދާނެ. ސައިންސް ވެރިން އެބަ ބުނޭ ބޫޓުގައި އުނގުޅިގެން ވައިރަސް ފެތުރޭ ކަމަށް.

  2. Anonymous

    ކިހާ ބޮޑު އަޖާއިބެއް އަޅެ ފަހެ!!! ކޮނއޓެކްޓެއް ނެތިސް ކިހިނެއްތޯ ޕޮޒިޓިވް ވާނީ!! ސުބުޙާނަﷲ މި ވެރިން މިއުޅެނީ ކީއްކުރަންތަ!! އެހެންވިއްޔާ ޗައިނާގެ ވުހާންގަ ފެތުރުނުގޮތަށް އަލަށް މިތާނގަ އުފެދުނު ވައިރަހެއްތާ ތީ!!!!

  3. ހުސޭނުބޭ

    އެޗްޕީއޭ އަށްވެރެވެސް މަތީގައި ހުންނަނީ ބުއްޅަބޭ! ބުއްޅަބޭގެ ބަހަށް އިގިރޭސިވިލާތުން އަންނަ މީހުން މާލެތެރެއަށް ،ިނިވަންކަމާއެކު ދޫކޮށްލާފައި ތިހެން ކިޔާލަކިޔާލަ ތިބޭ!

  4. ފަގީރުސޮރު

    ސުޕެއިން އާމީހަކާއި ކޮންޓެކުޓްވީވާހަކަ އެބަކިޔާ