މި ދަނޑިވަޅުގައި ކެތްތެރިވެ ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ބޯލެނބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސް ފައިސަލް ނަސީލް އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު މާލެއިން ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ވަގުތަކީ ހުރިހާ ރައްޔިތުންވެސް ކެތްތެރިވާންވި ވަގުތު ކަމަށެވެ. އަދި ކަމާއިބެހޭ އިދާރާތަކުން ކޮވިޑް-19 އާ ގުޅިގެން ދެމުން ގެންދާ އިރުޝާދުތަކަށް ބޯލެނބުމަށް ނާއިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މިކަމުން އަރައިގަނެވޭނީ އެންމެންގެ ވެސް އެއްބާރުލުން ލިބިގެން ކަމަށެވެ. އަދި މި ހާލަތުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ އެދިވަޑައިގެންފައެވެ. އަދި އެންމެން ގުޅިގެން މިކަން ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް މިފަދައިން ވިދާޅުވިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން މިކަމަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ގައުމާއި މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ޙާލަތަކަށް ސަރުކާރު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން އަންނަނީ މިފަދަ ޙާލަތަކަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު، އެކުގައި މަސައްކަތްކުރުމުން އެކަމުން އަރައިގަނެވޭނެ ކަމަށެވެ.

"ހުރިހާ ރައްޔިތުންގެ ކިބައިން އަޅުގަނޑު މި އެދެނީ އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުޢަމަލާތް ކުރުމަށް. އަދި ކެތްތެރިކަން އިސްކުރައްވައި އިސްލާމް ދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް،" ފެންކަޅިވެ ހުންނަވާ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ ކޮވިޑް-19 ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް، އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ވަނީ ކޮވިޑް-19 އަށް އަށް ފައްސިވެފައި ކަމަށެވެ. މިއީ މާލޭ ތެރެއިން ކޮވިޑް-19 ޖެހިފައި ހުއްޓާ ފެނުނު ފުރަތަމަ މީހާއެވެ. އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ފައްސިވި ހަވަނަ ވަނަ މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރޯ

    100 ޕަސެންޓ ސަރުކާރުގެ އިހުމާލު. ސަރުކާރުގެ މަތީ ފަޑި ގައި ތިބި މީހުންގެ އާއިލާ މީހުން ޔޫކޭއިން ސީދާ ގެއަށް ނިކަމެތި ރައްޔިތުމީހާގެ ދަރި ކަރަންޓީނަށް ކޮންމެވެސް ތަނަކަށް. މީ އަދުލު އިންސާފު ތޯ. ދެން ކަލޭ ކެއްތެރިކަމައި އެކު ޓޮއިލެޓް ޕޭޕަރ ރޯލާއި ކުޅޭ ކުޅޭ އޮވެބަލަ.

    29
  2. ހަޝީމް

    އާދެ.. ނައިބު ރައީސްހެން ޓޮއިލެޓްޕޭޕަރ ޗެލެންޖު ކުޅެން ގޭގަ ތިއްބަވާ.

    22
  3. އަލީ

    އަޅޭ ޓޮއިލެޓް ޕޭޕަރު ހުސްވީތޯ އެހެން ކަމަކާ ތި އުުޅެގަތީ؟

    20
  4. ބަކުރުބެ

    މީނާ މި ގައުމުގަ އެބަ އުޅޭތަ؟

    20
  5. ހަނިމް

    ބުނިގޮތައް އޭރުވެސް ގޭގައި. ފާޑު ފާޑު މީހުން ތަނައެ ދޮރެއް ނުބަލާ މާލެ އެތެރެވަމުން ދިޔައީ. އެރު މަގޭ އާދޭހަކީ އެކަން ހުއްޓުވައި ދިނުން. އެބަސް އެހި އެއްވެސް ތަނެއްނެއް. މިއަދުވެސް ހަމަ މަ ގޭގައި މަޑުކުރަން މިޖެހުނީ.

  6. ބޭކާރު

    ބޭކާރު އަނގަތަޅާ ބޭކާރު މީހަކު މިގައުމުގައި ހުރެގެން ދިމާވާހައި ކަންކަން. ބޭކާރު އަނގަތަޅާ ބޭކާރު މީހާ މިގައުމުން ބޭރުކޮށްގެން ނޫނީ ގައުމަށްވެސް ރައްޔިތަކަށްވެސް ހަމަޖެހުމެއް ނެތް.

    10
  7. މޫޓޯ

    މިނައިބުރައީސްކޮންކަމަކާހާސްވާންވީ ނިކަމެތިރައްޔެތުންގާތު ކަލޭމެންއުޅެނީވަރައްހާލުގައޭބުނި ކޮބާފުލެޓުތައްނުދީހިފަހައްޓަނީ މީގެކާރުތަކާގެތައްއޮތަސްމީހުންއުޅެނީވަރައްހާލުގައޭ